Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަހެލި 2022

"މިޔަހެލި 2022"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖް 2022" ހުޅުވާލެވިފައިވަނީ މަދަނީ ޖަމްއިއްޔާތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 12:47
މިޔަހެލި 2022 ޚާއްސަ ކުރެވެނީ މަދަނީ ޖަމްއިއްޔާތަކަށް

މިޔަހެލި 2022 ޚާއްސަ ކުރެވެނީ މަދަނީ ޖަމްއިއްޔާތަކަށް

މިޔަހެލި 2022ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"މިޔަހެލި" އަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީ މޯލްޑިވްސްއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެހެނިހެން ފަރާތްތަކުގެ އެހީއާއެކު ޒުވާނުން ބާރުވެރިކުރުވައި އިޖުތިމާއީ ކަންކަމަށް ހައްލުހޯދުމުގެ މަގުސަދުގައި ބާއްވާ ސޯޝަލް އިނޮވޭޝަން ޗެލެންޖެކެވެ. މިހާތަނަށް އިންތިޒާމުކުރެވުނު މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖުތަކަކީ ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގާފައިވާ ޕްރޮގްރާމްތަކެކެވެ. އަދި ކޮންމެ އަހަރަކުވެސް މިޔަހެލި ކާމިޔާބުކުރާ ޒުވާނުންނަށް އެފަރާތްތަކުން ހުށަހަޅާފައިވާ މަސައްކަތްތައް ހަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ޕައިލެޓް ކުރުމަށް ސީޑް ފަންޑިންގ ފޯރުކޮށްދެވިފައިވެއެވެ.

މިޔަހެލި 2022ގައި އައު އީޖާދުތަކާއި ހައްލުތައް ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ "ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެގޮތުން ބަދަލުތައް ގެންނާނެ މީހުންނާއި ތަޖުރިބާކާރުންނާއި، ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ޚިޔާލުތައް އެއްތަންކުރުމުގެ ނިޔަތުގައި މަސައްކަތްކުރުމެވެ. އަދި މި ސޯޝަލް އިނޮވޭޝަން ޗެލެންޖުގެ މަގުސަދަކީ މި ޕްރޮގްރާމުގެ ބައިވެރިންގެ ފަރާތުން، މުޖުތަމައުގައި ހަވާސާކުރެވިފައިވާ ފަރާތްތަކަށް އެއްހަމައެއްގައި ފުރުސަތުތައް ހޯދައިދީ، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ސައިންސަށް ބިނާކޮށް، ތިމާވެއްޓަށާއި މުޖުތަމައުއަށް ދިމާވާ މައްސަލަތަކަށް ފައިދާހުރި ހައްލު ހޯދުމުގެގޮތުން އައު ވިސްނުމެއްގައި މަސައްކަތްކުރުމެވެ.

ކުރިން އަހަރުތަކާއި ޚިލާފަށް، މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖް 2022 ހުޅުވާލެވިފައިވަނީ މަދަނީ ޖަމްއިއްޔާތަކަށެވެ.

މިޔަހެލި ކޭމްޕްގައި ބައިވެރިވުމަށް 13 ޖަމްއިއްޔާ ހޮވުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވާ ޖަމްއިއްޔާތަކުގެ ތެރެއިން 3 ޖަމްއިއްޔާއަކަށް އެ ފަރާތެއްގެ އީޖާދީ ހައްލުތައް ޕައިލެޓްކުރުމަށް ސީޑް ފަންޑިންގ ދޫކުރެވޭނެއެވެ. މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް އެ ޖަމްއިއްޔާތަކުން ހުށަހަޅާފައިވާ ތަސައްވުރު 6-8 މަސްދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޕައިލެޓްކުރުމަށް 300،000 ދިވެހި ރުފިޔާގެ ސީޑް ފަންޑިންގ ފޯރުކޮށްދީ، މަޝްރޫއުތައް ސްކޭލްކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. މިޔަހެލި ކާމިޔާބުކުރާ 3 ޖަމްއިއްޔާގެ ތެރެއިން 2 ޖަމްއިއްޔާ ހޮވާލެވޭނީ މާލެ ސިޓީ ނޫން އެހެން ސަރަހައްދުތަކުގައި އިދާރީ މަސައްކަތްތައް ހަމަޖެހިފައިވާ މަދަނީ ޖަމްއިއްޔާތަކަށް އިސްކަންދީގެންނެވެ. 

މިޔަހެލި 2022 ރޭވިފައިވަނީ މަދަނީ ޖަމްއިއްޔާތަކަށެވެ. އަދި މިފުރުސަތުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ މަދަނީ ޖަމްއިއްޔާތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިޔަހެލި ކޭމްޕްގައި ބައިވެރިވުމަށް ހޮވާލެވޭ ކޮންމެ ޖަމްއިއްޔާއެއްގެ 3 މަންދޫބުން (ރައީސް/ޗެއާޕާސަން/ބޯޑު މެމްބަރު، ޖެނެރަލް ސެކެޓްރީ/ސީއީއޯ އަދި ޑެޑިކޭޓެޑް ޕްރޮގްރާމް ސްޓާފެއް) ބައިވެރިވާނެއެވެ.

މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 17ން 20ށެވެ. މިޔަހެލީގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް، ކޭމްޕް އޮންނާބެ ތަން، ފެށޭ ތާރީޚާ ކައިރިކޮށްފައި ހާމަކުރެވޭނެއެވެ. މިޔަހެލި 2022ގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2 ނޮވެމްބަރ 2022ގެ 23:59އެވެ.

މަދަނީ ޖަމްއިއްޔާތައް މިޔަހެލި 2022ގައި ބައިވެރިވުމަށް ފޯމު ހުށަހަޅާއިރު، އިޖުތިމާއީގޮތުން ރާއްޖޭގައި ކުރިމަތިވާ ކޮންމެވެސް މައްސަލައަކަށް ހައްލެއް ހޯދައިދެވޭފަދަ އީޖާދީ ޚިޔާލެއް ނުވަތަ ޕްރޮޖެކްޓެއް ހިމަނަންވާނެއެވެ. ޚިޔާލު ހުށަހަޅާއިރު ފުރިހަމަ ހައްލެއް ހުށަހަޅާކަށްނުޖެހެއެވެ. ނަމަވެސް، މަދަނީ ޖަމްއިއްޔާތަކުން ޚިޔާލު/ޕްރޮޖެކްޓު ހުށަހަޅާއިރު، އެޚިޔާލުން ހައްލުކުރަން މަސައްކަތްކުރާ މައްސަލައާއި، ޚިޔާލު/ޕްރޮޖެކްޓު އަމާޒުކުރެވޭ ފަރާތްތަކާއި، ޚިޔާލު/ޕްރޮޖެކްޓުގެ ސަބަބުން ކުރާނޭ އެދެވޭ އަސަރުތަކާއި، ޕްރޮޖެކްޓް ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އަޅާނޭ ފިޔަވަޅުތައް، ހެކި/މިސާލާއެކު ޚުލާސާކޮށް ބަޔާންކުރަންވާނެއެވެ.

ފޯމު ހުށަހަޅާއިރު އިސްވެދިޔަ މައުލޫމާތު ޚުލާސާކޮށް ބަޔާންކުރަންވާނެއެވެ. އަދި ޝޯޓްލިސްޓުވެގެން މިޔަހެލި 2022ގައި ބައިވެރިވާ 13 މަދަނީ ޖަމްއިއްޔާއަކުން، އެފަރާތްތަކުން ހުށަހެޅި އިޖާދީ ޚިޔާލު/ޕްރޮޖެކްޓް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރާނެއެވެ. އަދި މި މަސައްކަތުގައި ފަންނީ މާހިރުންނާއި، ފެސިލިޓޭޓަރުންނާއި، މެންޓަރުންގެ އެހީ ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު