Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމިއްލަ ފަރާތްތަކުން ތަރައްގީކުރާ އެޕާޓްމަންޓް

އަކުއަވިޓާ، ކޭ ޕާކު، ދަ ގާރޑެންސް އަދި އައިރާ އެޕާޓްމަންޓްތައް ނިންމަން އަނެއްކާވެސް އާ ތާރީޚުތަކެއް!

19 އޮކްޓޯބަރު 2022 | ބުދަ 15:16

އެންސިސްގެ އައިރާގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ މަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 އޮކްޓޯބަރު 2022 | ބުދަ 15:16
ހުޅުމާލޭގައި ނުނިމި ހުރި އެޕާޓްމަންޓްތައް

ހުޅުމާލޭގައި ނުނިމި ހުރި އެޕާޓްމަންޓްތައް

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރަމުން އަންނަ އެޕާޓްމަންޓްތައްކަމަށްވާ، އަކުއަވިޓާއާއި ކޭޕާކާއި ދަ ގާރޑެންސްއާއި އައިރާގެ މަސައްކަތް ނިންމައި، އެ ތަންތަން ގަނެފައިވާ ފަރާތްތަކާ ހަވާލުކުރަން އަނެއްކާވެސް އާ ތާރީޚުތަކެއް ދީފިއެވެ.

މި ތަންތަނުގެ މަސައްކަތް ލަސްވެ، އެޕާޓްމަންޓުތައް ގަނެފައިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެތަންތަނުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޮޕަރޭޝަނުން ވަނީ އެ ތަންތަން މީޑިއާތަކަށް ދައްކާލައި، ކުންފުނިތަކުގެ ފަރާތުން މީޑިއާތަކާ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން، އެވްރެޖުކޮށް ހުރިހާ ތަނެއްގެވެސް 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެތަންތަނުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ހިސާބުގައި ހަދަމުން އަންނަ އަކުއަވިޓާ ރެޒިޑެންސަކީ 9 ނޮވެމްބަރު 2015ގައި އެންޕީއެޗް ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އެޕާޓްމަންޓުތަކެކެވެ. މިކްސްޑް ރެޒިޑެންސް އެޕާޓްމަންޓުތައް އެކުލެވޭ މި އިމާރާތުގެ 95 އިންސައްތަ ނިމިފައިވާކަމަށް މައުލޫމާތުދެއެވެ. އެތަނުގެ މަސައްކަތް ލަސްވީ ކޮވިޑާގުޅިގެން ސައިޓު ކަރަންޓީންކުރަން ޖެހުމާއި، މެޓީރިއަލް އިމްޕޯޓުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށް، އެތަނުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މައުލޫމާތުދެއެވެ.

އަކުއަވިޓާގެ މަސައްކަތް ނިންމުމަށް 4 ފަހަރު އެކްސްޓެންޝަން ދީފައިވާއިރު، އެތަނުގެ މަސައްކަތް ނިމޭނެކަމަށް ކޮންޓްރެކްޓަރު ލަފާކުރަނީ ޑިސެމްބަރުގެ ނިޔަލަށެވެ.

ޖާހް އިންވެސްޓްމަންޓް ނުވަތަ ކުރީގެ ނަމުންނަމަ ޖައުސާއިން ސެންޓްރަލް ޕާކު ކުރިމަތީގައި ހަދަމުން އަންނަ ދަ ގާރޑެންސްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެ ކުންފުންޏަށް މަސައްކަތް ނިންމަން 4 ފަހަރު އެޗްޑީސީން އެކްސްޓެންޝަން ދީފައިވާއިރު، މިހާރު ލަފާކުރާގޮތުގައި ހުރިހާ އެޕާޓްމަންޓެއް ނިންމައި ވެރިފަރާތްތަކާ ހަވާލުކުރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ. ނަމަވެސް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 6-18 އެޕާޓްމަންޓުގެ މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި އެޕާޓްމަންޓުތައް ހަދަން ޖާހާ ހަވާލުކޮށްފައިވަނީ 15 ޖެނުއަރީ 2017ގައެވެ. އެ ކުންފުނިންވެސް މަސައްކަތް ލަސްވުމުގެ ސަބަބެއްކަމަށް ބުނަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކެެވެ.

ހުޅުމާލޭގައި އެޕާޓްމަންޓްތައް އެޅުމަށް އެންސިސް ފިޝަރީޒްއާ ހަވާލުކޮށްފައިވަނީ 1 އޮގަސްޓް 2016ގައެވެ. އެ ކުންފުނީގެ އެޕާޓްމަންޓްތައްކަމަށްވާ އައިރާ ކޮންޑޯމީނިއަމްގެ 92 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެ ތަނުގެ މަސައްކަތް ނިންމަން އެންސިސްއަށް ފަސް ފަހަރު ވަނީ އެކްސްޓެންޝަން ދީފައެވެ.

އެންސިސްއިން މައުލޫމާތުދޭގޮތުގައި އައިރާއިން އެޕާޓްމަންޓު ގަތް ފަރާތްތަކަށް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެތަނަށް ވަދެވޭނެއެވެ. އެ ކުންފުނިންވެސް ޕްރޮޖެކްޓު ލަސްވުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑް 19 ބުނެފައިވާއިރު، ކޮންޓްރެކްޓަރ ފައިނޭންސްގައި ވެސް މައްސަލަތަކެއް ހުރިކަމަށް ވަނީ ބުނެފައެވެ.

ހަތަރު ތަނުގެ ތެރެއިން އެންމެ ފަހަތުގައި އޮތީ ހަންބޯ ކޮމްޕެނީއާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ މަސައްކަތެވެ. އެތަނުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ހުރިހާ މަސައްކަތެއް ނިންމައި އެޕާޓްމަންޓުތައް އަންނަ އަހަރުުގެ ދެވަނަ ކުއާޓާގެ ކުރިން ހަވާލުކުރެވޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ހަންބޯއާ އެތަން ހަވާލުކުރީ 9 އޮކްޓޯބަރު 2016ގައެވެ. އެތަނުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް އެޗްޑީސީން ވަނީ ހަތަރު ފަހަރު އެކްސްޓެންޝަން ދީފައެވެ. އެ ކުންފުނިން ބުނާގޮތުގައި މަސައްކަތް ލަސްވީ ޗައިނާއިން ލޭބަރުން ނުގެނެވިގެންނެވެ. އެތަނުގައި މިހާރު މަސައްކަތްތައްކުރަނީ 20 ލޭބަރުން ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވިގޮތުގައި، ޕްރޮޖެކްޓުތައް ނުނިމުނު ނަމަވެސް ކޮންޓްރެކްޓް ބާތިލުނުކޮށް އެކްސްޓެންޝަން ދެނީ ކޮންޓްރެކްޓް ބާތިލުކުރުމަކީ ހައްލެއްކަމުގައި ނުފެންނާތީއެވެ. އަދި އެޗްޑީސީން ލިބެންޖެހޭ ހުރިހާ ހުއްދަތަކެއް ޕްރޮޖެކްޓުތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

މި ޕްރޮޖެކްޓުތައް ތާރީޚަށް ނުނިމި ލަސްވުމުގެ ސަބަބުން އެތަންތަނުން އެޕާޓްމަންޓު ގަނެފައިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ދެ ތަނަކުން ވަނީ ކޮމްޕެންސޭޝަން ދޭން ނިންމާފައިވާކަމަށް ބުނެފައެވެ. އެގޮތުން، ކޭޕާކުން އެޕާޓްމަންޓް ގަތް ފަރާތްތަކަށް ކުރިން އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޮމްޕެންސޭޝަން ދޭން ނިންމާފައިވާއިރު ޖާހުން އެކަން ކުރުމަށް ނިންމާފައިވަނީ ޕްރޮޖެކްޓް ނިންމައި ހަވާލުކުރުމަށްފަހުއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖޫން 2018

ވިންޓާ ޕާކު އީދު ދުވަހު ހުޅުވާނެ: ހައުސިން މިނިސްޓަރު

12 ޖޫން 2018
ވިންޓާ ޕާކު އީދު ދުވަހު ހުޅުވާނެ: ހައުސިން މިނިސްޓަރު
26 މެއި 2018

ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ

26 މެއި 2018
ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ
18 މެއި 2018

ކޮލަންބޯގައި ދިވެހިންނަށް ޚާއްސަކޮށް ހެދި ޕާކު ހުޅުވައިފި

18 މެއި 2018
ކޮލަންބޯގައި ދިވެހިންނަށް ޚާއްސަކޮށް ހެދި ޕާކު ހުޅުވައިފި
14 މެއި 2018

ދެވަނަ ފަހަރަށް މާލޭ ސިޓީ ޕާކު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

14 މެއި 2018
ދެވަނަ ފަހަރަށް މާލޭ ސިޓީ ޕާކު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ
18 އެޕްރީލު 2018

ހަލާކުވެ ވީރާނާވެފައިވާ ސިޓީ ޕާކު އަނެއްކާ ވެސް ތަރައްގީ ކުރަނީ!

18 އެޕްރީލު 2018
ހަލާކުވެ ވީރާނާވެފައިވާ ސިޓީ ޕާކު އަނެއްކާ ވެސް ތަރައްގީ ކުރަނީ!
18 އެޕްރީލު 2018

ރަސްރަނި ބަގީޗާގެ ވިންޓަރ ޕާކު ހިންގާނެ ފަރާތެއް ހޯދަނީ!

18 އެޕްރީލު 2018
ރަސްރަނި ބަގީޗާގެ ވިންޓަރ ޕާކު ހިންގާނެ ފަރާތެއް ހޯދަނީ!
15 އެޕްރީލު 2018

މެރީބްރައުންއިން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލާއި ހަމައަށް ބޭރުމަގުގައި ޕާކުރުން މަނާކޮށްފި

15 އެޕްރީލު 2018
މެރީބްރައުންއިން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލާއި ހަމައަށް ބޭރުމަގުގައި ޕާކުރުން މަނާކޮށްފި
13 އެޕްރީލު 2018

ސެންޓްރަލް ޕާކުގައި ރިވާސް ވެންޑިންގ މެޝިނެއް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

13 އެޕްރީލު 2018
ސެންޓްރަލް ޕާކުގައި ރިވާސް ވެންޑިންގ މެޝިނެއް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ
24 އޮކްޓޯބަރު 2017

ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ

24 އޮކްޓޯބަރު 2017
ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ
29 ޖޫން 2017

އަށާރަ ސަތޭކައިގެ އަހަރުތަކުގެ ރިހި ފައިސާ ފޮތިތަކެއް ސަލްޓަން ޕާކުން ފެނިއްޖެ

29 ޖޫން 2017
އަށާރަ ސަތޭކައިގެ އަހަރުތަކުގެ ރިހި ފައިސާ ފޮތިތަކެއް ސަލްޓަން ޕާކުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް