Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުފްތީ މެންކު

މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގައި މުފްތީ މެންކް ހުކުރު ކުރައްވާނެ: އިސްލާމިކް މިނިސްޓަރު

ޚުތުބާ ދިނުމަށް ހަމަޖެހިފައިވާ މަޢުޟޫ ޢަކީ މާތް ﷲ އާ އޮންނަ ގުޅުން ބަދަހިކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޮކްޓޯބަރު 2022 | އަންގާރަ 18:40
މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ

މިމަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި މުފްތީ މެންކް ޚުތުބާ ދިނުމަށް ހަމަޖެހިފައިވާ މަޢުޟޫ ޢަކީ މާތް ﷲ އާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އިސްމާއިލް އަފްރާހު ވަނީ މި މަހުގެ 28ން 31ށް މުފްތީ މެންކު ރާއްޖެއަށް ކުރާ ދަތުރުފުޅުގައި 4 ތަނެއްގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހުގެރޭ އަލިމަސް ކާނިވަލުގައި ދަރުސް ދެއްވާއިރު، 29 ވަނަ ދުވަހުގެރޭ ފުވައްމުލަކު ސިޓީގައި، 30 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އަދި 31 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ދަރުސް ދެއްވަން ވަނީ ހަމަޖެހިފައެވެ.

އަފްރާހު ވިދާޅުވީ ދަރުސްތައް ކުރިއަސްދާނީ ވަކި މައުޟޫއަކަށް ވާހަކަދައްކަވާ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ދަރުސް ކުރިއަށްދާނީ ސުވާލު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި، ދަރުސްތަކުގައި އާންމުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ގެނެސްދެެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މުފްތީ މެންކު ރާއްޖެއަށް ކުރައްވާ މިފަދަ ތިންވަނަ ދަތުރުފުޅެވެ. މުފްތީ މެންކު އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އެ ދަތުރުފުޅުގައި ދަރުސް ދެއްވީ ހދ. ކުޅުދުއްފުށީގައެވެ.

މުފްތީ މެންކް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
10 ޖޫން 2024

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
09 ޖޫން 2024

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
29 އޮކްޓޯބަރު 2023

ފަލަސްތީނުގެ މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ ބީރުކަންފަތެއްދީގެން: އިސްލާމިކް މިނިސްޓަރު

29 އޮކްޓޯބަރު 2023
ފަލަސްތީނުގެ މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތިބީ ބީރުކަންފަތެއްދީގެން: އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު