Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯއަށް ގެއްލުންވުން

2016ން 2021ށް މިފްކޯއަށް 1 ބިލިއަން ރުފިޔާގެ ގެއްލުން

2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 6.9 ބިލިއަން ރުފިޔާ ލިބިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 08:15
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 1،072 މިލިއަން ރުފިޔާ ނުވަތަ 1 ބިލިއަން ރުފިޔާގެ ގެއްލުން މިފްކޯއަށް ލިބިފައިވާކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިފްކޯގެ އޮޑިޓުގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 6.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ވިކުނު މުދާ އުފެއްދުމަށް ހިނގި ހަރަދު، އެ މުދާ ވިއްކުމުމުން ލިބުނު އާމްދަނީ އަށްވުރެ އިތުރުކަމަށެވެ. އެގޮތުން ކޮސްޓް އޮފް ސޭލްސްގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

Advertisement - newsAdvertisement

މި ހަރަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިންގެ އަތުން މަސް ގަތުމުގެ ހަރަދާއި އަދި އެ މަސް އެކްސްޕޯޓް ކުރުމަށްޓަކައި މިފްކޯގެ ފެކްޓަރީތަކުގައި މަސް ޕްރޮސެސް ކުރުމުގެ ހަރަދު ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް، 2017 ވަނަ އަހަރުގެ ފިޔަވައި ހިމެނޭ ހުރިހާ އަހަރުތަކެއްގައި ވެސް މަހުގެ އުފެއްދުންތައް ވިއްކުމުން ޖުމްލަ 250 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.

މިފްކޯގެ އަހަރީ ރިޕޯޓްތަކުން އެނގޭގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއިން މަސްވެރިންގެ އަތުން އެވްރެޖްކޮށް މަސް ގަނެފައިވަނީ ދުނިޔޭގެ ބާޒާރުގައި މަސް ވިއްކެން ހުރި އަގަށްވުރެ މަސްޓަނަކުން 7458 ރުފިޔާ ކުޑަ އަގުގައެވެ. އެގޮތުން މި މުައްދަތުގެ ތެރޭގައި އެވްރެޖްކޮށް މަސްޓަނެއް 24،845 ރުފިޔާއަށް ވިއްކާފައިވާ އިރު، މަސްވެރިންގެ އަތުން މަސް ގަނެފައިވަނީ ޓަނަކަށް 17،387 ރުފިޔާއަށް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

މިފްކޯއަށް މަސްގަންނަ ރޭޓާއި ވިއްކާ ރޭޓާ ދެމެދު 7458 ރުފިޔާގެ ޕްރޮފިޓް މާޖިންއެއް ހުރި ނަމަވެސް، މަސް ގަތުމަށް ހިންގާ ހަރަދުގެ އިތުރުން މަސް ފިނިކޮށް ރައްކާކުރުމަށާއި، ޕްރޮސެސް ކުރުމުގެ ހަރަދު ހިމެނުމުން، މަސް ޓަނަކަށް ޖެހޭ އަގު ދުނިޔޭގެ ބާޒާރުގައި މަސްވިއްކާ ރޭޓަށްވުރެ ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިދާރީ ހިންގުމަށާއި، ހިންގުމުގެ އެހެނިހެން ހަރަދުތައް ހިމެނުމުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 1072 މިލިއަން ރުފިޔާގެ ސާފު ގެއްލުން މިފްކޯއަށް މި މުއްދަތުގެ ތެރޭގައި ލިބިފައިވެއެވެ.

މިފްކޯއަށް ގެއްލުންވަމުންދާ ސަބަބުތަކުގެ ތެރޭގައި، މަސްވެރިންގެ އަތުން މަސް ގަތުމަށް ސަރުކާރުން ކަނޑައަޅާ ރޭޓަކީ، މަސް އެކްސްޕޯޓް ކޮށްގެން ލިބޭ އަގާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަގަކަށްވުމާއި، ކުންފުނިން ކުރާ ބައެއް އިންވެސްޓްމަންޓްތަކުން ގެއްލުންވަމުން ދިއުމާއި، ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން، އެކްސްޕޯޓްކުރާ މަގުގެ ޝިޕްމެންޓުތަކުގައި ހުންނަ މަހުން ބައެއް ގަންނަ ފަރާތްތަކުން އެކި ސަބަބުތަކާހުރެ ގަބޫލުނުކޮށް ދޫކޮށްލުމުންނާއި، އަދި އެކްސްޕޯޓްކުރާ މަހުގެ ސައިޒާއި ބާވަތްތައް ތަފާތުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ނިސްބަތް އިތުރުވުން ހިމެނެއެވެ.

މިގޮތުން މިފްކޯއިން ކޮށްފައިވާ އިންވެސްޓްމަންޓުތަކުން 60.1 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، 2016ން 2021 ވަނަ އަހަރުގެ ނިޔަލަށް އެކްސްޕޯޓްކުރި މަހުގެ ޝިޕްމެންޓްތަކުން 290 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. މިއީ އެވްރެކްޖޮށް އަހަރަކަށް ލިބެންޖެހޭ އާމްދަނީގެ 6 އިންސައްތައެވެ. އަދި އިންޑަސްޓްރީގެ އެވްރެޖް ގެއްލުމުގެ ރޭޓްކަމުގައި ބަލާ 2.5 އިންސައްތައާއި އަޅާބަލާއިރު 166 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިފްކޯފިނޭންސް މިނިސްޓްރީމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު