Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަޑިއޯ މާނޭ

މާނޭގެ އިންސާނިއްޔަތުކަމުގެ އަގު ކުޅިވަރުގެ އެންމެ ބޮޑު ސްޓޭޖުން ވަޒަންކުރުން!

ސަޑިއޯ މާނޭ އަކީ އެތައް ގޮތަކުން ވެސް ޚާއްސަ ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޮކްޓޯބަރު 2022 | އަންގާރަ 04:50
ސޮކްރޭޓްސް އެވޯޑާއެކު މާނޭ

ސޮކްރޭޓްސް އެވޯޑާއެކު މާނޭ

ސެނެގާލަށް އުފަން ސަޑިއޯ މާނޭ އަކީ އެތައް ގޮތަކުން ޚާއްސަ ކުޅުންތެރިޔެކެވެ.

ފުޓުބޯޅަ ކުޅުމުގައި އޭނާ އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކުޅުންތެރިންނަކީ ކުޅުމުގެ އިތުރުން އެހެނިހެން އިޖުތިމާއި ކަންކަމާއި، އިންސާނިއްޔަތުގެ ކަންކަމުގައި ޝާމިލުވާ ކުޅުންތެރިންނެވެ. އެ ހުރިހާ ކުޅުންތެރިންގެ ތެރެއިން މާނޭ އަކީ ޚާއްސަ ނަމެކެވެ. ކުޅިވަރަށް، ޚާއްސަކޮށް ފުޓުބޯޅަ އަށް ލޯބިކުރާ އެންމެން އިޙްތިރާމު ކުރާ ކުޅުންތެރިޔެކެވެ. ފަހަތުގައި އޮތީ އެތައް އެތައް ސަބަބެވެ.

މާނޭ އުފަން ސެނެގާލް އަކީ ނިސްބަތުން ދިރިއުޅުމުގެ ފެންވަރު ދަށް ޤައުމެކެވެ. އަސާސީ ޚިދުމަތްތަކުން ގިނަ ފަހަރު އެ ޤައުމުގެ ރައްޔިތުން ތިބެނީ މަހުރޫމުވެފައެވެ. ތައުލީމުން ފެށިގެން ގޮސް، ޞިއްޙީ ޚިދުމަތުން ބެލި ނަމަވެސް އެކަން އޮތީ އެގޮތަށެވެ.

މާނޭ އަކީ އިންސާނިއްޔަތުކަމުގެ ލާމަސީލު ނަމޫނާއެކެވެ. މާނޭ ވަނީ ސެނެގާލްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް މަދަރުސާ އެއް ބިނާކޮށްފައެވެ. ނިސްބަތުން ފެންވަރު ރަނގަޅު މި މަދަރުސާ ބިނާ ކުރުމަށް 270،000 (ދެ ލައްކަ ހަތް ދިހަ ހާސް) ޔޫރޯ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ 530،000 (ފަސް ލައްކަ ތިރީސް ހާސް) ޕައުންޑުގެ ހޮސްޕިޓަލެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ކޮންމެ އާއިލާ އަކަށް މަހަކު 70 ޔޫރޯ އޭނާ ހަދިޔާ ކުރާ ވާހަކަ އަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ކުޑަކުދިންނަށް މާނޭ އަންނަނީ ހިލޭ އަންނައުނު ފޯރުކޮށްދެމުންނެވެ. އިންޓަނެޓުގެ ޚިދުމަތް ދިނުމަށް 4ޖީ ނެކްޓޯކު ވެސް މާނޭ ވަނީ ޤާއިމުކޮށްދީފައެވެ.

މީގެ އިތުރުން މާނޭ އަކީ ހިތްތިރި ކުޅުންތެރިޔެކެވެ. ޗުއްޓީ އަށް އޭނާގެ ޤައުމަށް ގޮސް އުޅޭ ދުވަސްތަކުގައި މާނޭ ވަނީ މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރާ މާނޭ އަކީ އަގު ބޮޑު ތަކެތި ގަނެ، މުއްސަނދި ދިރިއުޅުމަށް ލޯބި ކުރާ ކުޅުންތެރިޔެއް ނޫނެވެ. މާނޭ ބުނާ ގޮތުގައި އޭނާގެ އެންމެ ބޮޑު އިސްކަމަކީ ސެނެގާލްގެ ރައްޔިތުން ތިބެނީ ކައިގެން ބޮއިގެންތޯ ބެލުމާއި، ރަނގަޅު ތައުލީމާއި، ޞިއްޙީ ޚިދުމަތް ލިބޭތޯ ބެލުން ކަމަށެވެ.

މާނޭގެ މި ޚިދުމަތް ކުޅިވަރުގެ އެންމެ ބޮޑު އެއް ސްޓޭޖުން ވަނީ ފާހަގަކޮށްފައެވެ. ބެލެންޑޯ އެވޯޑުގެ 66 ވަނަ ހަފްލާގައި ވަނީ މާނޭ އަށް ޚާއްސަ އެވޯޑެއް ދީފައެވެ. މިއީ މުޅިން އަލަށް ތައާރަފުކުރި އެވޯޑެކެވެ. އިންސާނިއްޔަތާއި އިޖުތިމާއީ މަސައްކަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔާ އަށް ދޭ މިއެވޯޑަކީ މާނޭ އަށް ޚާއްސަ އެވޯޑެކެވެ. މާނޭގެ އިންސާނިއްޔަތުކަމަކީ އެތައް ހާސް ބަޔަކު އޭނާ ދެކެ ލޯބިވާ ކަމެކެވެ.

ފްރާންސް ފުޓުބޯޅަސަޑިއޯ މާނޭސެނެގާލް ކުޅިވަރު

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
25 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟
20 ޖުލައި 2024

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
02 ޖުލައި 2024

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

02 ޖުލައި 2024
ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން
11 ޖޫން 2024

ކޮޕާ އެމެރިކާ: ނަގާކިޔާނެ ޒުވާން ކުޅުންތެރިން

11 ޖޫން 2024
ކޮޕާ އެމެރިކާ: ނަގާކިޔާނެ ޒުވާން ކުޅުންތެރިން
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
04 މެއި 2024

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

04 މެއި 2024
ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
30 އެޕްރީލު 2024

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

30 އެޕްރީލު 2024
އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު