Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގެ އިގްތިސާދު

އިގްތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރީ %37، ނަމަވެސް %41.6 ކުރި އެރި - އަމީރު

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުގެ އަންދާޒާއަކީ 41.6 އިންސައްތަ މިދިޔަ އަހަރު ރާއްޖޭގެ ގްރޯތް އައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2022 | ހޯމަ 09:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަމީރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަމީރު

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރިވަރަށްވުރެ 4.6 އިންސައްތަ، އިގްތިސާދު ކުރި އެރިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު އަންދާޒާއަކަށްވީ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިޔައީ ގާތްގަނޑަކަށް 37 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް މިހާރު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ އަންދާޒާއަކީ 41.6 އިންސައްތަ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދަށް ގްރޯތް އައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ރައްޖޭގެ އިގްތިސާދު، އަންދާޒާ ކުރި މިންވަރަށްވުރެ ރަނގަޅަށް ޕަރފޯމް ކުރަމުންދާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖެހީ ގާތްގަނޑަކަށް 1.6 މިލިއަން ޓުއަރިސްޓުން މިއަހަރު އަންނާނެކަމަށާއި، ނަމަވެސް މިހާރު ގާތްގަނޑަކަށް 1.2 މިލިއަން ޓުއަރިސްޓުން އަތުވެއްޖެ ކަމަށެވެ. މިދިޔަ އަހަރު ނިމުނު އިރު އަންދާޒާއަކަށްވީ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިޔައީ ގާތްގަނޑަކަށް 37 އިންސައްތަ ކަމަށާއި، ނަމަވެސް އެއަށްވުރެ ކުރިއަރައި ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ފަހުގެ ފިޗްގެ ރޭޓިންއަށް ބަލާލާއިރު، ފިޗުން ވެސް ފާހަގަކޮށްފައި ހުރީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ރެސިލިއަންސް އަދި ކޮންސްޓްރަކްޝަންއާއި އެހެނިހެން ދާއިރާތައް ވެސް ރަނގަޅުކަން ކަމަށެވެ.

އެކަމަކު ދުނިޔޭގެ އެހެނިހެން އިގްތިސާދުތަކަށް އަންނަ ލޮޅުންތަކާ އެކު އައުޓްލުކް ނެގެޓިވް ކަމަށެވެ. ނަމަވެސް އައިއެމްއެފް އަދި ވޯލްޑް ބޭންކުން ނެރޭ ރިޕޯޓްތަކުގައި ވެސް ރާއްޖޭގެ އިގްތިސާދުގެ ރެޒިލިއަންސްއާއި، ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު އެބޭފުޅުން ވެސް ވަރަށް ރަނގަޅަށް ފާހަގަކޮށްފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ ވެސް އަންދާޒާއަށްވުރެ ރަނގަޅު ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ސަރވިސްކުރުމުގައި މިހާތަނަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި، މިދިޔަ އަހަރުތަކުގައި ސަރުކާރުން ވަނީ ކުރީގެ ފަސް އަހަރުގެ ތެރޭގައި ނަގާފައި ހުރި ދަރަނިތައް އެންމެ އުނދަގޫ ދަނޑިވަޅުގައި ދައްކާފައި ކަމަށެވެ.  

މިނިސްޓަރު ވިދާޅުވީ މިހާރު ހުށަހަޅަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ފިސްކަލް ސްޓްރެޓަޖީގައި ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ޕޮލިސީޓަކެއް ފާސްކޮށްފައި ވާނެ ކަމަށެވެ. އަދި އާމްދަނީން 3 އިންސައްތަ ހޯދުމާއި، ޖީޑީޕީގެ ނިސްބަތުން 3 އިންސައްތަ އަދި ހަރަދު ޖީޑީޕީގެ ނިސްބަތުން 3 އިންސައްތަ ކުޑަކުރުމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ދައްޗެއް ނެތި ދަރަނި ދެއްކޭނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ނަގާފައި ހުރި ދަރަނި ވެސް މި ސަރުކާރުން ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިގްތިސާދުފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު