Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗުގެ ޚިދުމަތްތައް

ހިޔަލަ ވިންގުން ދެމުން އައި ބައެއް ޚިދުމަތްތައް ދަރުމަވަންތައަށް ވަގުތީގޮތުން ބަދަލުކޮށްފި

17 އޮކްޓޯބަރު 2022 | ހޯމަ 02:14

ޚިދުމަތްތައް ބަދަލުކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16، އަދި 17ވަނަ ފަންގިފިލާއަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 އޮކްޓޯބަރު 2022 | ހޯމަ 02:14
ދަރުމަވަންތަ ހޮސްޕިޓަލު

ދަރުމަވަންތަ ހޮސްޕިޓަލު

މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް އައިޖީއެމްއެޗުން ހާއްސަ ކޮށްފައިވާ "ހިޔަލަ" ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އާދީއްތަ ދުވަހު އައިޖީއެމްއެޗް އިން ބުނީ ހިޔަލަ ވިންގުގެ ބަލި މީހުން އަރައިފޭބުމަށް ބޭނުންކުރާ ލިފްޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ އެ ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ހިޔަލަ ވިންގުގެ ޚިދުމަތްތައް ބަދަލުކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16، އަދި 17ވަނަ ފަންގިފިލާއަށެވެ.

Advertisement - newsAdvertisement

އެ ވިންގުގެ ދެވަނަ ފަންގިފިލާއިން ދެމުން ގެންދިޔަ އިމަޖެންސީ ހިދުމަތްތައް މިހާރު ލިބޭނީ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމެންޓުގެ އައިސޮލޭޝަން އޭރިއާއިން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ހިޔަލަ ވިންގުގައި އެޑްމިޓް ކުރަންޖެހޭ ބަލި މީހުން ދެން އެޑްމިޓް ކުރަން ހަމަޖައްސާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17ވަނަ ފަންގިފިލާގައެވެ.

އެ ވިންގުގެ ފުރަތަމަ ފަންގިފިލާއިން ދެމުން ގެންދިޔަ އޯޕީޑީގެ ހިދުމަތައް އެއްވެސް ބަދަލެއް ނުގެނެެއެވެ. އަދި 10 ވަނަ ފަންގިފިލާއިން ދެމުން އަންނަ އެންއައިސީޔޫގެ ހިދުމަތަށް ވެސް ބަދަލެއް ނުގެނެއެވެ.

އައިޖީއެމްއެޗް އިން ބުނި ގޮތުގައި އެ ބަދަލުތަކާއެކު، ބެޑްކެޕޭސިޓީ ދަށްވެ އެޑްމިޓް ކުރާ މީހުންގެ އަދަދު މަދުކުރެވުމުން ބައެއް ހިދުމަތްތައް ދިނުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދުރާލައި ތާވަލު ކޮށްފައިވާ ބައެއް ސާޖަރީތައް ވެސް މަޑުޖައްސައިލަން މިހާރު ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ލިފްޓަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވީހާވެސް އަވަހަކަށް އަލުން ހިދުމަތްތައް ހިޔަލަ ވިންގަށް ބަދަލު ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަލްއައިޖީއެމްއެޗް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
16 އޮކްޓޯބަރު 2025

މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

16 އޮކްޓޯބަރު 2025
މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް