Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިނަށް ސައޫދީ އެހީ

ސައޫދީ އަރަބިއްޔާއިން ޔޫކްރެއިނަށް 400 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

މި އެހީ ވެގެންދާނީ ހަނގުރާމައިގެ ސަބަބުން ދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޮކްޓޯބަރު 2022 | އާދީއްތަ 08:55
ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން

ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން

އިންސާނިއްޔަތަށްޓަކައި ވެދޭ އެހީއެއްގެ ގޮތުގައި ސައޫދީ އަރަބިއްޔާއިން ޔޫކްރެއިނަށް 400 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ސައޫދީ ސްޓޭޓް ނިއުސް އެޖެންސީ އިން ބުނެފިއެވެ. މިއެހީ ދިނުމަށް ނިންމުމާ ގުޅިން ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް ސައޫދީ ނޫސް އެޖެންސީ އެސްޕީއޭ ބުނެފައިވެއެވެ. މި ފޯން ކޯލުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ހަނގުރާމަ އަވަހަށް ނިންމުމަށް ކުރެވޭ މަސައްކަތާ އަދި ހަނގުރާމަ އިތުރަށް ގޯސްވިޔަނުދިނުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އިންސާނިއްޔަތަށްޓައި ފޯރުކޮށްދެވޭ އެހީގެ ޕެކޭޖުތަކުގެ ސަބަބުން، ހަނގުރާމައިގެ ދަތިކަން ތަހައްމަލު ކުރަމުންދާ ޔޫކްރެއިންގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ލިބިގެންދާނެއެވެ.

މުހައްމަދު ބިން ސަލްމާން އާއެކު ބޭއްވެވި ފޯނު ބައްދަލުކުރެއްވުމުގައި ރައީސް ޒެލެންސްކީ ވަނީ ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު ކަމަށް މުހައްމަދު ބިން ސަލްމާން މިދިޔަ މަހު އައްޔަން ކުރެވުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި ރަޝިޔާ އިން ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ ގުޅާލުމަށް ހިންގި އަމަލު ކުށްވެރިކޮށް އދގެ ޖެނެރަލް އެސެމްބްލީގައި ބުދަ ދުވަހު ނެގި ވޯޓުގައި ރަޝިޔާއާ ދެކޮޅަށް ރިޔާޟުން ވޯޓު ދީފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން 142 ގައުމަކުން ވަނީ ރަޝިޔާގެ އަމަލު ކުށްވެރިކޮށް ވޯޓުދީފައެވެ.

ރައީސް ޒެލެންސްކީ އިތުރަށް ވިދާޅުވީ ހަނގުރާމައިގައި ހިފެހެއްޓިފައިވާ ޔޫކްރެއިން ހަނގުރާމަވެރިން މިނިވަން ކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމުގައެވެ.

ރަޝިޔާގައި ހިފެހެއްޓިފައި ތިބި ހަނގުރާމައިގެ ކުށްވެރިންގެ ތެރެއިން ދިހަ މީހުންނާއި އެމެރިކާގެ ދެ ރައްޔިތުން މިދިޔަ މަހު ދޫކޮށްލާފައިވެއެވެ. މިކަމުގައި ވެސް މުހައްމަދު ބިން ސަލްމާން އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

ސައޫދީ އަރަބިއްޔާޔުކްރެއިން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު