Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

އާސެނަލުން ލީގަށް ވާދަކުރޭ، ލިވަޕޫލް އަދި ލީގު ރޭހުން ބޭރުނުވޭ: ގާޑިއޯލާ

އަބަދުވެސް އޭނާ ދެކޭ ގޮތުގައި ލިވަޕޫލް އަކީ ލީގަށް ވާދަކުރާނެ ޓީމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޮކްޓޯބަރު 2022 | އާދީއްތަ 03:38
ސިޓީގެ ކޯޗު ގާޑިއޯލާ

ސިޓީގެ ކޯޗު ގާޑިއޯލާ

މި ސީޒަންގެ ޕްރިމިއާ ލީގަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި އާސެނަލް ހިމެނޭ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއާއެކު އެ ޓީމަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. ލީގު ވާދަވެރިކޮށްދާއިރު، މިވަގުތު އެއް ވަނައިގައި އާސެނަލް އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ. ދެ ވަނައިގައި އޮތީ ޗެމްޕިއަން ސިޓީއެވެ. ގާޑިއޯލާ ބުނީ އެތައް އަހަރެއް ވަންދެން ލީގު ރޭހުން ބޭރުގައި އޮތުމަށްފަހު، މިހާރު އާސެނަލް އޮތީ ރޭހުގައި ކަމަށެވެ. ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި އާޓެޓާ ބަދަލުކުރީ ހަމައެކަނި ޓީމެއް ނޫނެނެވެ. އޭނާ ވަނީ މުޅި އާސެނަލް ބަދަލުކޮށްފައި ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ޓޮޓެންހަމާއި ޗެލްސީގެ އިތުރުން ލިވަޕޫލް ވެސް ލީގު ރޭހުގައި އޮތް ކަމަށެވެ. އޭނާ ބުނީ މިދަޔަ ސީޒަންގައި ކަންތައް ވެގެންދިޔަ ގޮތަށް މި ސީޒަން ނުފެނިދާނެ ކަމަށެވެ. ނަމަވެސް އަބަދުވެސް އޭނާ ދެކޭ ގޮތުގައި ލިވަޕޫލް އަކީ ލީގަށް ވާދަކުރާނެ ޓީމެކެވެ. ގާޑިއޯލާ ބުނީ އަދި ކުޅެވުނީ ސީޒަންގެ އެއްބައި ކަމަށާއި، ކުރިއަށް ބައިވަރު މެޗުތައް އޮތް އިރު އެތައް ކަމެއް ބަދަލުވެދާނެ ކަމަށެވެ.

އިތުރަށް އޭނާ ބުނީ އަބަދުވެސް ޕްރިމިއާ ލީގަކީ އެތައް ޓީމެއް ޗެމްޕިއަންކަމަށް ވާދަކުރާ ލީގެއް ކަމަށެވެ. އޭނާ ބުނީ ނިމުނު ސީޒަންގައި ލީގަށް ވާދަކުރީ ސިޓީ އާއި ލިވަޕޫލް އެކަނި ކަމަށެވެ. ގާޑިއޯލާ ބުނީ އޮކްޓޫބަރު މަހު ތެރޭގައި އަދި ލީގު ޗެމްޕިއަން ޓީމު ކަނޑައަޅައި، ލީގު ރޭހުން ބޭރުވާނެ ޓީމެއް ކަނޑނޭޅޭނެ ކަމަށެވެ. އެއީ އެކަމަށް މާ އަވަސް މުއްދަތެއް ކަަަމަށް އޭނާ ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް ސިޓީ ނުކުންނައިރު، މިއީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. ލީގު އެއް ވަނައިގައި އޮތް އާސެނަލާ ވާދަކުރާ ސިޓީ އަށް މޮޅެއް މުހިންމުއިރު، ލީގުގައި ލިވަޕޫލް އޮތް ހިސާބުން އަރައިގަތުމަށް އެ ޓީމަށް ވެސް މޮޅެއް މުހިންމެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީލިވަޕޫލްއާސެނަލްޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު