Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ކަވަރޭޖްގެ ޓައިޓަލް ސްޕޮންސްރަކަށް އުރީދޫ

މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ރާއްޖެޓީވީ މެދުވެރިކޮށް ދިވެހީންނަށް ބެލޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 15 އޮކްޓޯބަރު 2022 | ހޮނިހިރު 14:38
ވޯލްޑް ކަޕް ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދާ މޯލްޑިވްސްއާއެކު ސޮއިކުރުން

ވޯލްޑް ކަޕް ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދާ މޯލްޑިވްސްއާއެކު ސޮއިކުރުން

މިއަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ރާއްޖެއަށް ފެންނާނީ މީޑިއާނެޓް މެދުވެރިކޮށް ރާއްޖެ ޓީވީ އަދި އައިލެންޑް ކޮމިއުނިކޭޝަންސް އެންޑް އެންޓަޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑް 'އައިސް ޕްލަސް' އިންނެވެ. މެޗުތައް ފެންނާނީ މި ދެޗެނަލް މެދުވެރިކޮށް މީޑިއާނެޓުގެ ނެޓްވޯކުންނެވެ. ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާ، މީޑިއާނެޓް، ރާއްޖެޓީވީ އަދި އައިސް ޕްލަސްއާއެކު ސޮއިކުރީ ހޮނިހިރު ދުވަހުގެ ހަވީރު ސޮލައިޓް ރެސްޓޯރެންޓުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެއްސުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މަސްވެރިކަން ފިޔަވާ ދިވެހީން އެންމެ ގަޔާވަނީ ފުޓްބޯޅައަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ވޯލްޑް ކަޕްގެ ފޯރި ގަދަކުރުމަށް ގިނަ ކަންތައްތަކެއް ރާވަމުންދާކަން ފާހަގަކުރެއްވިއެވެ.

ރާއްޖެ ޓީވީއަށް ދިން އިންޓަރވިއުއެއްގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވީ ފުޓްބޯޅައަކީ ދިވެހީންގެ މެދުގައި ވަރަށް މަގްބޫލު ކުޅިވަރަކަށްވުމާއި، އުރީދޫގެ އިންޓަރނޭޝަނަލް ބްރޭންޑް އެމްބަސެޑަރުން ކަމުގައިވާ މެސީ އަދި ނޭމާއަކީވެސް ފުޓްބޯޅަ ކުޅުންތެރިންނަށްވުމުގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕް އޮންނަނީ އުރީދޫގެ ހެޑް ކުއާޓާ ހުންނަ ގަތަރުގައި ކަމަށް ވުމުން މިފަހަރުގެ ވޯލްޑް ކަޕަކީ ހުރިހާ ގޮތަކުންވެސް އުރީދޫއަށް މުހިންމު ވޯލްޑް ކަޕެއް ކަމަށެވެ.

ވޯލްޑް ކަޕަކީ ކޮންމެ ފަހަރަކުވެސް ވަރަށް ފޯރިގަދަކޮށް މީޑިއާނެޓުން ގެނެސްދޭ އިވެންޓެއްކަން ފާހަގަކޮށް ރާއްޖެ ޓީވީއަށް ދިން އިންޓަރވިއުއެއްގައި މީޑިއާނެޓް ކޮމާޝަލް ޑިވިޝަންގެ ކޮންޓެންޓް އެންޑް ވީޑިއޯ ކްލަބްގެ އެޗްއޯޑީ ޒިހުނީ ރަޝީދު ވިދާޅުވީ މިފަހަރުގެ މުބާރާތަކީ ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން ދިވެހީންނާއި ހަމައަށް ވޯލްޑް ކަޕް ގެނެސްދޭ ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މިފަދަ އިވެންޓެއް ރާއްޖެއަށް ގެނައުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް ޒިހުނީ ވަނީ އުރީދޫގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕް އޮންނާނީ ގަތަރުގައެވެ. މުބާރާތް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ރާއްޖެޓީވީ މެދުވެރިކޮށް ދިވެހީންނަށް ބެލޭނެއެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރިއުރީދޫފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ރާއްޖެޓީވީ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު