Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރުޑީސީ އުވާލުމުގެ މައްސަލަ

2018 ވަނަ އަހަރު އެމްއާރުޑީސީ އުވާލަން ނިންމިއިރު ކުންފުނީގެ ފައިސާ ދިޔައީ ނަހަމަގޮތުގައި ބޭނުންކުރަމުން - އޮޑިޓް

ކުންފުނި އުވާލުމަށް އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރުޑީސީގެ މުދަލާއި ދަރިނަތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރުކޮށްފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 07:14
އެމްއާރްޑީސީ - ކުންފުންނަށް އެތައް ފައިސާއެއް ނުލިބި އެބަހުރި

އެމްއާރްޑީސީ - ކުންފުންނަށް އެތައް ފައިސާއެއް ނުލިބި އެބަހުރި

2018 ވަނަ އަހަރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލަން ނިންމި އިރު، އެ ކުންފުނީގެ ފައިސާ ނަހަމަގޮތުގައި ތަކުރާރުކޮށް ބޭނުންކުރަމުން ދިޔަކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަންކޮށްފައިވާ މީހާ ނުވަތަ މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ތަފްސީލް ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދާ ރައްކާތެރިކުރުމާއި، އެކި ފަރާތްފަރާތުން ކުންފުންޏަށް ލިބެން ހުރި ދަރަނިތައް ހޯދުން ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތް އެމްއާރުޑީސީ އުވާލުމަށް 22 ޖެނުއަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީ އިން ނިންމާފައިވާ ކަމަށެވެ. އެ ސިތީގައި ކުންފުނި އުވާލަން ނިންމާފައިވަނީ އެމްއާރުޑީސީ އާއި ހަވާލުކުރެވިފައިވާ މަޝްރޫއުތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންގޮސްފައި ނުވާތީއާއި، އެހާތަނަށް ވަރަށްގިނަ ފުރުސަތު ދީފައިވީނަމަވެސް، ބޮޑެތި މަޝްރޫއުތައް ނުނިންމާ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

އަދި ކުންފުނީގެ ފައިސާ ނަހަމަގޮތުގައި ތަކުރާރުކޮށް ބޭނުންކުރަމުންދާތީ، އެވަގުތު ސަރުކާރަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިނިސްޓްރީ އޮގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ ޕަބްލިކް ވޯކް ސަރވިސަސް އާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެމްއާރުޑީސީ އުވާލުމަށް ނިންމުމާއި ގުޅިގެން، ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް 20 މެއި 2018 ގައި އެ ކުންފުންޏާއި ލިކުއިޑޭޝަންގެ މަސައްކަތް ކުރާ ފާމާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި އުވާލާ ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓްތައް ހިފަހައްޓައި އަދި ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރުޑީސީގެ މުދަލާއި ދަރިނަތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރުކޮށްފައި ނުވެއެވެ.

އެމްއާރުޑީސީ އުވާލުމާ ހަމައަށް ކުންފުންނަށް ލިބެންޖެހޭ ފައިސާގެ ތަފްސީލެއް ލިކުއިޑޭޓަރު ތައްޔާރުކޮށްފައި ނުވެއެވެ. އެމްއާރުޑީސީގެ އެންމެ ފަހުން އޮޑިޓްކުރެވިފައިވާ 31 ޑިސެމްބަރު 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް 171.7 މިލިއަން ރުފިޔާ ކުންފުންޏަށް ލިބެން ހުރިކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ކުންފުނި އުވާލުމަށް ނިންމި ފަހުން ވެސް ކުންފުންޏަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

2017 ވަނަ އަހަރުގެ އެމްއާރުޑީސީގެ އޮޑިޓްކޮށްފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓުގެ ނޯޓް 16 "ޓްރޭޑް އެންޑް އަދަރ ރިސީވަބަލްސް" ގައި ފާހަގަކުރެވިފައިވާ ތަފްސީލުތަކަށް ބަލާއިރު، އާންމު ފަރާތްތަކުން ކުންފުންޏަށް ލިބެންޖެހޭ 21.5 މިލިއަން ރުފިޔާ ހުއްޓެވެ. އަދި ރިލޭޓެޑް ޕާޓީސް އިން ލިބެންޖެހޭ 74.5 މިލިއަން ރުފިޔާ ހުރި އިރު، ޕްރޮވިޝަން ފޮރް ޑައުޓްފުލް ޑެބްޓްސްގ ގޮތުގައި 2.1 މިލިއަން ރުފިޔާ ހިމެނެއެވެ.

އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ 26.5 މިލިއަން ރުފިޔާ ހުރި އިރު، ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި އެޑްވާންސް ފައިސާގެ ގޮތުގައި 51.1 މިލިއަން ރުފިޔާ ހިމެނެއެވެ. އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމެނެނީ ރިޓެންޝަނަށް ވާ 18.1 މިލިއަން ރުފިޔާ، ރިފަންޑަބަލް ޑިޕޮސިޓްއަށްވާ 8.1 މިލިއަން ރުފިޔާ އަދި މިސެލޭނިއަސްގެ ގޮތުގައި ލިބެންޖެހޭ 235،897 ރުފިޔާ ހިމެނެއެވެ.

އޮޑިޓް ރިޕޯޓުގައި މިކަންކަން އިސްލާހުކުރުމަށް ލަފާދީފައިވާ ގޮތަކީ ކުންފުނި އުވާލުމުގައި، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާކުރުމާއި، އަދިވެސް ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަށް ސަރުކާރުގެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އަންގާފައިވެއެވެ. އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށްވެސް ވަނީ އަންގާފައެވެ.

އެމްއާރްޑީސީމިނިސްޓްރީ އޮފް ހައުސިން އޮޑިޓަރ ޖެނެރަލް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު