Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަސްތުގައި ގޯސް މައުލޫމާތު ފެތުރުން

ގަސްތުގައި ގޯސް މައުލޫމާތު ފަތުރާނަމަ ތުރުކީގައި ތިން އަހަރުގެ ޖަލު ހުކުމެއް

14 އޮކްޓޯބަރު 2022 | ހުކުރު 02:22

ތުރުކީގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ގޯސް މައުލޫމާތު އޮންލައިންކޮށް ފަތުރާނަމަ އެމީހަކަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 އޮކްޓޯބަރު 2022 | ހުކުރު 02:22
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން 

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން 

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތުރުކީގައި އޮތް މިންވަރާމެދު ކަންބޮޑުވުންތައް ފާޅުކުރަމުންދަނިކޮށް ގަސްތުގައި ގޯސް މައުލޫމާތު ފަތުރާ ނޫސްވެރިންނާއި ސޯޝަލް މީޑިޔާގައި އެފަދަ ގޮތަކަށް މައުލޫމާތު ފަރާތްތަކަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ޕާޓީ ކަމަށްވާ އޭކޭ ޕާޓީ އާއި އެޕާޓީ އާ ގުޅިފައިވާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ގާނޫނު ހަދާ މަޖިލީހުން ގާނޫނަށް މިބަދަލު ގެނެސްފައިމިވަނީ އިދިކޮޅު މެމްބަރުންނާއި ޔޫރަޕްގެ ގައުމުތަކުންނާއި މީޑިޔާގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އެބަދަލު ނުގެނައުމަށް ގޮވާލަމުންދަނިކޮށެވެ.

ގާނޫނުގެ 29 ވަނަ މާއްދާއަށް ގެނައި މިބަދަލާއެކު އެންމެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާމެދުއެވެ. އެމާއްދާގައި ބުނެފައިވަނީ ތުރުކީގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ގޯސް މައުލޫމާތު އޮންލައިންކޮށް ފަތުރާ ބިރުވެރިކަން އުފައްދާ އަދި އާންމު އެންގުންތަކަށް ހުރަސްއަޅާނަމަ އެމީހަކަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށެވެ.

މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ ގާނޫނުގައި ސާފުކޮށް ގޯސް މައުލޫމާތު ނުވަތަ އޮޅުވާލައިގެން މައުލޫމާތު ފެތުރުމަކީ ކޮބައިކަން ބަޔާންކޮށްފައިނުވާކަމަށެވެ. އަދި މިއީ އެކަމުގެ ސަބަބުން ގާނޫނުގެ ބޭނުން ނަހަމަގޮތެއްގައި ކޯޓުތަކުގައި ހިފޭނެކަމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އުރުދުޣާންގެ ޕާޓީން ބުނާގޮތުގައި ގާނޫނަށް ގެނައި ބަދަލާއެކު ގޯސް މައުލޫމާތު ފެތުރުމާއި ސޯޝަލް މީޑިޔާގައި ގަސްތުގައި ފަތުރާ ތެދު ނޫން ޚަބަރުތަކަށް ޒިންމާދާރުކުރެވޭނެކަމަށެވެ. އަދި މިއާއެކު އިދިކޮޅުގެ އަޑު މަޑުވެގެން ނުދާނެކަމަށް ވެސް އުރުދުޣާންގެ ޕާޓީން ބުނެއެވެ.

ގާނޫނަށް ގެނައި މިބަދަލު މިހާރު އޮތީ ރައީސްގެ މޭޒުކޮޅުގައި އެއާމެދު ގޮތް ނިންމާ ހިސާބުގައެވެ.

އަންނަ އަހަރު އެގައުމުގައި އޮންނަ ރިޔާސީ އިންތިޚާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއެކު ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ހުރަސްތަކުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ. ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާގޮތުން އުރުދުޣާން އަށް ތާއީދުކުރާ ފަރާތްތައް ތުރުކީގައި އަންނަނީ މަދުވަމުންނެވެ.

މެއިން ސްޓްރީމް ބޮޑެތި މީޑިޔާތައް ތުރުކީ ސަރުކާރުގެ ބާރުގެ ދަށުގައި އޮތްއިރު މިނިވަންކަމާއެކު ހިންގާ ކުދިކުދި މީޑިޔާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ފަދަ ކަންކަން އަންނަނީ އެފަރާތްތަކަށް ކުރިމަތިވަމުންނެވެ.

ތުރުކީތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
21 އޯގަސްޓު 2025

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
15 މެއި 2025

ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ

15 މެއި 2025
ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ
18 އެޕްރީލު 2025

މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ

18 އެޕްރީލު 2025
މިސައިލް ފޮނުވާ މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަނީ
13 އެޕްރީލު 2025

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި

13 އެޕްރީލު 2025
މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
24 އޮކްޓޯބަރު 2024

ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައިމަރުކަޒަށް ދިން ހަމަލާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައިމަރުކަޒަށް ދިން ހަމަލާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް