Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއާ ކްރައިމިއާ ގުޅުވައިދޭ ބްރިޖް ގޮއްވާލި މައްސަލައިގައި ރަޝިޔާއިން 8 މީހުން ހައްޔަރުކޮށްފި

ކްރައިމިއާ ބްރިޖް ގޮއްވާލުމަށް 22 ހާސް ޓަނުގެ ގޮވާތަކެތި ބޭނުންކުރިކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 އޮކްޓޯބަރު 2022 | ބުދަ 13:50
ރަޝިޔާގެ ރައީސް ޕޫޓިން، އަދި ކްރައިމިއާ ބްރިޖް ގޮވާ މަންޒަރު

ރަޝިޔާގެ ރައީސް ޕޫޓިން، އަދި ކްރައިމިއާ ބްރިޖް ގޮވާ މަންޒަރު

ރަޝިޔާއާއި ކްރައިމިއާ ގުޅުވައިދޭ ބްރިޖް ގޮއްވާލި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފައިވާކަމަށް ރަޝިޔާގެ އެފްއެސްބީ ސެކިއުރިޓީ ސަރވިސަސްއިން ބުދަ ދުވަހު ބުނެފި އެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ، ރަޝިޔާގެ 5 މީހުންނާއި ޔޫކްރެއިންގެ 2 މީހުންނާއި އަދި އެމެރިކާގެ ރައްޔިތެއްކަމަށްވެއެވެ.

ހޮނިހިރު ދުވަހު ގޮއްވާލި ބްރިޖަކީ ރަޝިޔާއަށް ވަރަށް މުހިންމު ބްރިޖެކެވެ. އެހެނީ ޔޫކްރެއިންގައި ހަނގުރާމަކުރަމުންދާ ސިފައިންނަށް ހަނގުރާމައިގެ ބޭނުމަށް މިލިޓަރީ އިކުއިޕްމަންޓާއި އެހެންވެސް ސާމާނު ފޮނުވަން ޖެހެނީ މި ބްރިޖް ހުރަސްކޮށް ކަމަށްވާތީއެވެ. އަދި ބްރިޖް ހުޅުވައިދެއްވީ 2018 ވަނަ އަހަރު، ރައީސް ވްލަޑިމިއަރ ޕޫޓިންއެވެ.

ބްރިޖް ގޮއްވާލި ހަމަލާގައި 3 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

ބްރިޖް ގޮއްވާލުމާ ގުޅިގެން ރަޝިޔާގެ އެފްއެސްބީ ސެކިއުރިޓީ ސަރވިސަސްއިން ކުރި ތަހުގީގުގައި ވަނީ ގޮއްވާލުމަށް ބޭނުންކުރި ގޮވާތަކެތި އުފުލި ތަންތަނަށް ދަންދެން ހާމަކޮށްފައެވެ. މިގޮތުން ގޮވާތަކެތި އުފުލި ގައުމުތަކާއި، އުފުލީ އެއްގަމުންތޯ ނުވަތަ ކަނޑުމަގުންތޯ މިފަދަ މައުލޫމާތުވެސް ހާމަކޮށްފައިވެއެވެ. ބްރިޖް ގޮއްވާލުމަށް 22،700 ކިލޯގްރާމްގެ ގޮވާތަކެތި ބޭނުންކޮށްފައިވާކަމަށް އެފަރާތުން ބުނެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ބްރިޖް ގޮއްވާލީ ޔޫކްރެއިނުންކަމަށް ރަޝިޔާއިން ބުނާއިރު، ޔޫކްރެއިނުން ތުހުމަތުކުރަނީ އެއީ ރަޝިޔާއިން ހިންގި އަމަލެއްކަމަށެވެ.    

އަނެއްކޮޅުން ޚަބަރުލިބޭގޮތުގައި ޔޫކްރެއިންގެ ޑޮނެސްކްގެ މާރުކޭޓަކަށް ބުދަދުވަހު އަނެއްކާވެސް ރަޝިޔާއިން މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން މަދުވެގެން 7 މީހުން މަރުވެފައިވެއެވެ. މަރުވި މީހުންގެ އިތުރުން 6 އަހަރުގެ ކުޑައަންހެން ކުއްޖަކު ހިމެނޭގޮތުން 3 މީހުންނަށް ސީރިއަސް ޒަަަަަަަޚަމްތައް ލިބިފައިވާކަމަށް ޚަބަރުލިބެއެވެ.

ރަޝިއާދުނިޔެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު