Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދައްޔުގެ މަރުގެ މައްސަލަ

އުދައްޔު އަށް ހަމަލާ ދިން މީހުން ތިބީ މަސްތުގައި، ހަމަލާ ދިން މަންޒަރު ފެނުނު - ސިއްރު ހެކި

އުދައްޔު އަށް ހަމަލާ ދިނީ 2021 ވަަނަ އަހަރުގެ 8 ފެބުރުވަރީ ވަނަ ދުވަހުގެ ރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އޮކްޓޯބަރު 2022 | ބުދަ 13:25
އުދައްޔުގެ މަރުގެ ޝަރީއަތް

އުދައްޔުގެ މަރުގެ ޝަރީއަތް

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔު އަށް ހަމަލާ ދިން މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި، އޭނާ އަށް ހަމަލާ ދިން މަންޒަރު ފެނިފައިވާ ކަމަށް އެ މައްސަލައިގައި ހެކި ބަސް ދިން ސިއްރު ހެކިވެރިޔަކު ބުނެފިއެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.

މި މައްސަލަ އާއި ގުޅިގެން ބުދަ ދުވަހު ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާ 4 ސިއްރު ހެއްކިވެރިންގެ ހެކި ބަސް ވަނީ ނަގާފައެވެ. މި މައްސަލައިގައި ބުދަ ދުވަހު ހެކި ބަސް ދިން އެންމެންވެސް ހެކިބަސް ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެނެވެ. ބުދަ ދުވަހު ހެކި ބަސް ދިން އެކަކު ވަނީ އޭނާ އަށް އުދައްޔު އަށް ހަމަލާ ދިންތަން ފެނިފައިވާ ކަމަށް ހެކިބަސް ދީފައެވެ. ހަމަލާ ދީފައި ވަނީ އޭނާގެ ބުރަކަށްޓާއި ދިމާލަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ހަމަލާ ދިން އިތުރު މީހަކު ވަނީ ހަމަލާ ދިން މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އެ މީހުން ހަމަލާ ދިނުމުގެ ކުރިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައެވެ. އަދި ހަޑި ހުތުރުބަހުން މުއާމަލާތްކޮށްފައިވާ ކަަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހަތަރު މީހަކު ވެގެން އުދައްޔުގެ ބޭބެ އަށް ހަމަލާދިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބުދަ ދުވަހު ހެކި ބަސް ދިން އިތުރު މީހަކު ބުނި ގޮތުގައި ހަމަލާ ދިން ދުވަހުގެ ރޭ އޭނާ އަށް މި މައްސަލައިގައި ތުހުމަތު ކުރާ ދެ މީހެއްގެ އަތުން ތޫނު އެއްޗެއް ވަނީ ފެނިފައެވެ. އެ މީހުންގެ އަތުގައި ހުރި އެއްޗެހި ހުރީ ތިރިއަށްވާ ގޮތަށް ކަމަށާއި، ގޮށްމުށްކަވާ އޭގައި ހިފާފައި ހުރި ގޮތުން އެއީ ވަޅި އެއް ކަމަށް ބެލެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ވަނީ މާޒިން މާރާމާރީ ހިންގަނިކޮށް ފެނުނުކަމަށާއި އުދައްޔުގެ ބޭބެ އަށް މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހަމަލާ ދިން މަންޒަރު ފެނުނު ކަމަށް ވެސް ބުނެފައެވެ.

މި މައްސަަލައިގެ ހެކިބަސް ނެގުން ކުރިއަށްދާއިރު މީގެ ކުރިން ވެސް މި މައްސަލައިގެ ހެކިބަސް ނަގާފައިވެއެވެ. މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ ބުރާސްފަތި ދުވަހު ކަމަށާއި އެ އަޑުއެހުމުގައި ވެސް އޮންނާނީ ހެކިބަސް ނެގުން ކަމަށެވެ. އަދިވެސް ދައުލަތުގެ 2 ހެއްކެއްގެ ހެކިބަސް ނުނެގި އެބައޮތެވެ.

2021 ވަަނަ އަހަރުގެ 8 ފެބުރުވަރީ ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ވަނީ ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.

ކްރިމިނަލް ކޯޓްމާރާމާރީޕޮލިސް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު