Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލަންޑް ބަޑީގެ ހަމަލާ

ތައިލަންޑްގައި ބަޑިގެންގުޅެވޭ އުސޫލުތައް ހަރުކަށިކޮށްފި

ތައިލަންޑްގައި އެކަކު ހަމަލާ ދީ 36 މީހުން މަރާލާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 އޮކްޓޯބަރު 2022 | އަންގާރަ 18:42
ތައިލަންޑްގައި މީހުންތަކެއް މަރާލެވުނު ޑޭކެއަރ ސެންޓަރު

ތައިލަންޑްގައި މީހުންތަކެއް މަރާލެވުނު ޑޭކެއަރ ސެންޓަރު

ތައިލަންޑްގައި އޮކްޓޯބަރ 6 ވަނަ ދުވަހު ހިންގުނު ގަތުލުއާންމަށްފަހު، ބަޑިގެންގުޅުމަށް ހުއްދަދެވޭ އުސޫލުތައް އިތުރަށް ވަރުގަދަކޮށް، އަދި މަސްތުވާތަކެއްޗާ ދެކޮޅަށް އެޅޭ ފިޔަވަޅުތައްވެސް އިތުރުކޮށް ވަރުގަދަކުރުމަށް އެގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ އަމުރުކުރައްވައިފިއެވެ.

ބެންކޮކާ 500 ކިލޯމީޓަރު ދުރުގައި ހުންނަ ޑޭކެއަރ ސެންޓަރއަކަށް ބަޑިހިފައިގެން ވަން ކުރީގެ ޕޮލިސް އޮފިސަރަކު ވަނީ، ބަޑިންނާއި ވަޅިން ހަމަލާދީ 36 މީހުން މަރާލާފައެވެ. މީގެތެރޭގައި 24 ކުޑަކުދިން ހިމެނެއެވެ. މިދިޔަ ހަފުތާގައި ހިނގި މި ހާދިސާއަކީ އެކަކުގެ ހަމަލާއިން މިހާގިނަ ކުދިންނާއި މީހުން މަރާލި ހާދިސާއެކެވެ.

ހޯމަ ދުވަހު ނެރުއްވި އަމުރުގައި ޕްރަޔުތު ވަނީ، އޮފިޝަލުންނާއި ކޮމިއުނިޓީތަކުގައި މަސްތުވާތަކެތި ގެންގުޅުން ހުއްޓުވުމަށް އަމުރު ކުރައްވާފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ކަންތައް ވަރުގަދަކުރުމަށްވެސް އަމުރުކުރައްވާފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ.

އަދި ބަޑިގެންގުޅުމުގެ ހުއްދަ ދެވިފައިވާ މީހުންގެ ތެރެއިންވެސް، މުޖުތަމައަށް ނުރައްކަލަކަށް ވެދާނެކަމަށް ފެންނަ މީހުންގެ ލައިސަންސް އަތުލުމަށާއި، އަދި ގަވާއިދާ ޚިލާފަށް ބަޑިވިއްކައި، އަދި ގެންގުޅޭ ފަރާތްތަކާމެދުވެސް ފިޔަވަޅުއެޅުމަށް ވަނީ އަމުރުކުރައްވާފައެވެ. ފުލުސް އޮފިސަރުންގެ ތެރެއިންވެސް ބަޑިގެންގުޅުމުގައި އެއްވެސް ވަރަކަށް ގަވާއިދާ ޚިލާފަށް ބަޑި ގެންގުޅެފިނަމަ، އެމީހުންގެ އަތުން ބަޑި އަތުލުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެއިތުރުން ބަޑި ގެންގުޅުމުގެ ހުއްދަ ދެވޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ގަވާއިދުން ޗެކްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ޚަބަރުލިބެއެވެ.  

ތައިލެންޑް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު