Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާބޯތަކެތީގެ ޔަގީންކަން

ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަން ޖެހޭ – ޝާހިދު

ކާބޯތަކެތީގެ މައްސަލައިގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2022 | އަންގާރަ 07:47
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކޮށް، ކާރިސާއިން އަރައިގަތުމަށް ދާއިމީ ޙައްލުތަކަށް ރިޢާޔަތްކޮށް، އިސްނެގުން އިތުރުކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވި، ފުޑް ސެކިއުރިޓީ ކޮމިޓީގެ 50 ވަނަ ހުޅުވާލެވިފައިވާ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ، މުޅި ދުނިޔެއަށް ވެސް އެތައް ކާރިސާތަކެއް ކުރިމަތިވެ، އެއް ބަޔަކު އަނެއް ބަޔަކަށް އޭގެ ނޭދެވޭ އަސަރުކޮށް، އެ ކާރިސާތަކެއްގެ އިތުރަށް ބޮޑުވެގެންދާ ދަނޑިވަޅެއް ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ހީނަރުކަމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަފަދަ ހަމަނުޖެހުންތައް ހިމެނޭ ކަމަށެވެ.

އަދި މިކަންކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ނުރައްކަލަށް ހުށަހެޅި، ޖީލަކަށް ފަހު ޖީލެއްގައި ދިރިއުޅުމުގެ އެންމެ ބޮޑު ޚަރަދެއް ކުރަންޖެހިފައިވާ ކާރިސާގެ ގޮތުގައި ވަނީ ހަދާފައި ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ކާބޯތަކެތީގެ މައްސަލައިގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާކަން ޤަބޫލު ކުރެވޭތީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން ވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާބެހޭ ކޮމިޓީއާއީ ބައްދަލުކޮށް، "ޓައިމް ޓު އެކްޓް ޓު ގެދަރ: ކޯޑިނޭޓިންގ ޕޮލިސީ ރެސްޕޮންސެސް ޓު ދަ ގްލޯބަލް ފުޑް ކްރައިސިސް" ގެ ނަމުގައި، 18 ޖުލައިގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އަދި މި ޙަރަކާތުގެ ސަބަބުން، މެންބަރު ޤައުމުތަކާއި، މަދަނީ ޖަމާޢަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި، ކަމާބެހޭ އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ޢަމަލުކުރާނެ ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެންދިޔަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށްކުރާ އަސަރުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ އެހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑު އަސަރެއްކޮށްފައިވާ ކަމަށެވެ. އަދި އެންމެ ނިކަމެތިން ޙިމާޔަތް ކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ސްކީމްތައް ހުރިއިރު، އިތުރު އާމްދަނީ ނުލިބި އެ ސްކީމްތައް ދެމެހެއްޓޭކަށް ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުޑް ސެކިއުރިޓީއާ ބެހޭ ހައި-އެލް އީވެލް ސްޕެޝަލް އިވެންޓް ބޭއްވި ފަހުން، މި ކާރިސާއިން އަރައިގަތުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ބްލެކް ސީ އިނީޝިއޭޓިވް ކަމަށެވެ. އަދި އެކަން އެކުލަވާލުމާއި ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ސެކްރެޓަރީ ޖެނެރަލްއަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މި އިސްނެގުމުގެ ސަބަބުން ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުން އަލުން ފެށުމަށް މަގުފަހިވެ، ރަޝިޔާގެ ކާބޯތަކެއްޗާއި ތަރުކާރީ ދުނިޔޭގެ ބާޒާރުތަކަށް ވާސިލުވުމުގެ މަގު ފަހިވެގެން ދިޔަ ކަމަށެވެ. އުންމީދަކީ، މިކަމުގެ ސަބަބުން އަގުތައް ހަމައަކަށް އެޅި، މިއަދު އެތައް މިލިއަން ބަޔަކަށް މި ކާރިސާއާއި ބަނޑުހައިހޫނުކަމުގެ އަސަރު ފޯރާ، ކާރިސާތަކަށް ޙައްލެއް ލިބިގެން ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި، ކުރިމަތީގައި އެތައް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަންދާޒާ ކުރެވޭ ގޮތުގައި ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ 135 މިލިއަނުން 276 މިލިއަނަށް އިތުރުވެފައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2022 ވަނަ އަހަރު މި އަދަދު 323 މިލިއަނަށް އަރާނެ ކަމަށް ބެލެވޭ ކަމަށާއި، މި އަހަރުގެ ގޮންޖެހުމަކީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށްވާއިރު، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް އިތުރަށް ހީނަރުކަމެއް އަންނަނަމަ، އަންނަ އަހަރަކީ ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ އަހަރަކަށްވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުތަކާއި، ރަސްމީ މަލްޓިލޭޓަރަލް ބޮޑީތަކުގެ އިތުރުން، ޕްރައިވެޓް ސެކްޓަރާއި، މަދަނީ މުޖްތަމަޢުގެ ބައިވެރިވުން ވެސް އަޅުގަނޑުމެން ބޭނުންވާ ކަމަށެވެ. ފުރިހަމަ ހައްލުތައް ހޯދައި ބެލެހެއްޓޭނީ، ފުލް ސްކޭލްއެއްގައި، ކޯޑިނޭޓް ކުރެވިގެން ކުރިއަށް ގެންދެވޭ މޮބިލައިޒޭޝަންއަކުން ކަމަށާއި، އެއް ރޫޙުގައި، އެންމެން އެކަތިގަނޑަކަށްވެ، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި، އާ ޢަޒުމަކާއެކު މަސައްކަތްކޮށް، ދުނިޔޭގެ ކާބޯތަކެތީގެ ނުތަނަވަސްކަން ކުޑަކޮށް، ބާކީ ހުރި ހުރިހާ ގޮންޖެހުންތަކެއް ޙައްލުކުރުމަށް ޢަޒުމް އާކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްދުނިޔޭގެ ކާނާގެ ރައްކާތެރިކަންފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވަން ހިންގާ "މުކައްބަ" ކެމްޕެއިން އިފްތިތާހްކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވަން ހިންގާ "މުކައްބަ" ކެމްޕެއިން އިފްތިތާހްކޮށްފި

26 ޑިސެމްބަރު 2023
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު