Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ސިއްޙަތު

ވަށާޖެހޭ ނަފްޞާނީ ޞިއްޙަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން - ރައީސްގެ އަނބިކަނބަލުން

10 އޮކްޓޯބަރު 2022 | ހޯމަ 08:29

މުޅި ހޮސްޕިޓަލް ޝާމިލްވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޮކްޓޯބަރު 2022 | ހޯމަ 08:29
ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ވާހަކަފުޅުދައްކަވަނީ

ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ވާހަކަފުޅުދައްކަވަނީ

ވަށާޖެހޭ ނަފްޞާނީ ޞިއްޙަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު ރަސްމީގޮތުން ހުޅުވައިދެއްވައި ދައްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހުޅުވިގެންދާއިރު، އެކަމަނާ ދެކެން ބޭނުންވާ އެންމެ މުހިންމު އެއްތަނަކީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތު ސެންޓަރުގެ ޒިންމާއެއްކަމުގައި ނުބަލައި، ހޮސްޕިޓަލްގެ އެހެން ހުރިހާ މުވައްޒަފުން ވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ، އެކަމަށްޓަކައި ގުޅިގެން މަސައްކަތްކުރާތަން ދުށުން ކަމުގައެވެ.

އެގޮތުން، މުޅި ހޮސްޕިޓަލް ޝާމިލްވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ވަކިން ޚާއްޞަކޮށް ހޮސްޕިޓަލަކީ އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅާލާ ނަމޫނާ ދައްކުވައިދޭ ތަނަކަށް ހެދުމަށް ހުރިހާ މުވައްޒަފުން ވެސް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ މި ފަހުން އެކަމަނާ ބަޙްރައިންއަށް ކުރެއްވި ދަތުރުފުޅުގައި ބަޙްރައިންގެ ކިންގް ޙަމަދް ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތަޖުރިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުގައި ވެސް ތަފާތު އެކި ޑިޕާޓްމަންޓްތައް ގުޅިގެން ޝާމިލުކަމާއެކު ނަފްސާނީ ޞިއްޙަތުގެ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ހުޅުމާލޭ ހޮސްޕިޓަލް ވެސް ނަމޫނާ ނެގޭނެކަމުގައި ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ " މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ.

ނަފްސާނީ ދުޅަހެޔޮކަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުހުޅުމާލެ ހޮސްޕިޓަލް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި

09 ޑިސެމްބަރު 2025
ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި
23 ނޮވެމްބަރު 2025

ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ބަންދު ކޮށްފައި ހުންނަތާ 10 މަސް، ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: ހުޅުމާލެ ހޮސްޕިޓަލް

23 ނޮވެމްބަރު 2025
ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ބަންދު ކޮށްފައި ހުންނަތާ 10 މަސް، ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: ހުޅުމާލެ ހޮސްޕިޓަލް
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
08 ސެޕްޓެމްބަރު 2025

މިއަދު ފަސް ގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ލޭނު ބަންދު ކުރަނީ

08 ސެޕްޓެމްބަރު 2025
މިއަދު ފަސް ގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ލޭނު ބަންދު ކުރަނީ
17 ޖުލައި 2025

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި
10 ޖުލައި 2025

ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އާސަންދަ އޮފީހަށް ދިމާވި އިންޓަނެޓް މައްސަލަ ހައްލުކޮށް ޚިދުމަތް ދޭން ފަށައިފި

10 ޖުލައި 2025
ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އާސަންދަ އޮފީހަށް ދިމާވި އިންޓަނެޓް މައްސަލަ ހައްލުކޮށް ޚިދުމަތް ދޭން ފަށައިފި
09 ޖުލައި 2025

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި

09 ޖުލައި 2025
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް