Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ ހޮސްޕިޓަލް

ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ބަންދު ކޮށްފައި ހުންނަތާ 10 މަސް، ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: ހުޅުމާލެ ހޮސްޕިޓަލް

އެ ލެބޯޓްރީ ބަންދުކުރީ ޓެކްނީޝަނެއް ނެތުމުން މި އަހަރު ފެބްރުއަރީ މަހު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 08:35
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ

ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ

ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ބަންދު ކޮށްފައި ހުންނަތާ 10 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޒަމާނީ ވަސީލަތްތަައް އެކުލެވޭ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލްތައް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް އިންޑިއާ ގެ ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދިން އެހީގައި ގާއިމްކުރި މި ލެބްގެ ޚިދުމަތް 9 އޯގަސްޓް 2023 ގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ. މީގެ ކުރިން މި ޚިދުމަތް ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. މި ލެބޯޓްރީ ގައިމުކުރުމާއެކު ގިނަ އަދަދެއްގެ ކުޑަ ކުދިން ހިމެނޭހެން ގިނަ ބަޔަކު މި ލެބޯޓްރީން ޚިދުމަތް ހޯދަމުން ދިޔަ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި މި ލެބޯޓްރީ ބަންދުކޮށް މިހާރު ރާއްޖެއިން މި ޚިދުމަތް ނުލިބޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

Advertisement - newsAdvertisement
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ

މި ލޯބްޓްރީ ބަންދުކޮށްފައިވާތީ މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމުން އެ ހޮސްޕިޓަލް ގެ މުވައްޒަފު މައުލޫމާތް ދެއްވަމުން ވިދާޅުވީ ، މި ލެބޯޓްރީ ބަންދުކުރީ މަސައްކަތް ކުރާނެ ޓެކްނީޝަނެއް ނެތުމުން ކަމަށެވެ. އަދި ޓެކްނީޝަނެއް ނެތުމުން ޚިދުމަތް ނުދެވޭތީ މި އަހަރުގެ ފެބްރުައަރީ މަހުން ފެށިގެން އެ ލެބް ބަންދު ކޮއްފައިވާ ކަމަށް އެ މުވައްޒަފު މައުލޫމާތް ދެއްވިއެވެ.

މި ލެބޯޓްރީން ވަރަށް ގިނަ މީހުން ޚިދުމަތް ހޯދިކަން ފާހަގަކުރައްވާ އެމުވައްޒަފު ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ މީހުން ޚިދުމަތް ހޯދަން އަންނަ ކަމަށެވެ. ނަމަވެސް ޚިދުމަތް ދެވޭނެ ދުވަހެއް ވިދާޅުވަން ނޭނގޭ ކަމަށާއި، މެނޭޖްމަންޓްގެ ފަރާތުން މިއަދާ ހަމައަށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށެވެ. އަދި ޓެކްނީޝަނެއް ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އެ މުވައްޒަފު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ

ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްސަ އެސިސްޓިވް ޑިވައިސްތައް ތައްޔާރު ކުރެވޭނެހެން ގާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މި ވަސީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތް ކުރެވިފައިވާ ކަަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ. އަދި މިފަދަ ވަސީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުސަތު ވެސް ފަހިވެގެން ގޮސްފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އަލަށް ރާއްޖޭގައި ގާއިމް ކުރެވޭ ޚިދުމަތެއްގެ ގޮތުގައި އަލުން ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީއެއް ގާއިމްކޮށް ހުޅުވުމަށެވެ.

ހުޅުމާލެ ހޮސްޕިޓަލްޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި

ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި

09 ޑިސެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު