Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ އޮފީހުގެ ޚިދުމަތް

ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އާސަންދަ އޮފީހަށް ދިމާވި އިންޓަނެޓް މައްސަލަ ހައްލުކޮށް ޚިދުމަތް ދޭން ފަށައިފި

މި މައްސަލަ ހައްލު ކޮށްފައިިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2025 | ބުރާސްފަތި 08:22
އާސަންދަ އޮފީސް

އާސަންދަ އޮފީސް

އާސަންދަ އޮފީހަށް ދިމާވި އިންޓަނެޓް މައްސަލަ ހައްލުކޮށް، ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އާސަންދަ އޮފީހުގެ އިންޓަނެޓް ޚިދުމަތް މެދުކެނޑިފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެކަމާ ގުޅިގެން ސަރވާ ޑައުންވެ، ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ.

ބުރާސްފަތި ދުވަހު މިމައްސަލައާ ގުޅޭގޮތުން ފަށާއިރު ޕްރޮގްރާމުން އާސަންދަ އޮފީހަށް ގުޅުމުން، އެ އޮފީހުގެ އޮފިޝަލެއް ވިދާޅުވީ އިންޓަނެޓަށް ދިމާވި މައްސަލަ ހައްލުކޮށް، ޚިދުމަތް ފަށާފައިވާ ކަަމަށެވެ. އަދި ސަރވާ ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލަ ހައްލު ކޮށްފައިިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މި ސަރުކާރުގައި އާސަންދައިން ޚިދުމަތް ލިބުން ވަރަށް ދަތިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޚިދުމަތް ލަސްވުމާއި، ފަރުވާއަށް އާސަންދަ ހަމަނުޖެހުމާއި، އާސަންދައިން ފައިސާ ދިނުން ލަސްވުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި އާސަންދައިން ބޭސް ލިބުން ދަތިވެ، ގިނަ ބޭސްތައް ރާއްޖެއިން ނުލިބޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ޚިދުމަތަށް ބުރޫ އަރަމުންދާއިރު، ޖޫން މަހުގެ 27 ވަނަ ދުވަހު ވެސް ހުޅުމާލެ ހޮސްޕިޓަލަށް ކަރަންޓުގެ މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަންޖެހުނެވެ. އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާއްމު ހާލަތަށް ގެނެވުނީ 6 ގަޑިއިރު ފަހުންނެވެ. އަދި ޖުލައި މަހުގެ 8 ވަނަ ދުވަހު 1 ގަޑިއިރަށް ޚިދުމަތް މެދުކެނޑިގެން ދިޔައިރު، އެހެން ދިމާވި ސަބަބަކީ ސަރވާއަށް ދިމާވި މައްސަލައަކުންކަން ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ހާމަކޮށްފައިވެއެވެ.

އާސަންދައިންޓަނެޓް މައްސަލަހުޅުމާލެ ހޮސްޕިޓަލްޚިދުމަތް މެދުކެނޑުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި

09 ޑިސެމްބަރު 2025
ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި
07 ޑިސެމްބަރު 2025

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް
04 ޑިސެމްބަރު 2025

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!
26 ނޮވެމްބަރު 2025

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް
23 ނޮވެމްބަރު 2025

ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ބަންދު ކޮށްފައި ހުންނަތާ 10 މަސް، ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: ހުޅުމާލެ ހޮސްޕިޓަލް

23 ނޮވެމްބަރު 2025
ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ބަންދު ކޮށްފައި ހުންނަތާ 10 މަސް، ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: ހުޅުމާލެ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު