Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮޓެލް އޭޝިއާ އެގްޒިބިޝަން

3 އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށައިފި

އެގްޒިބިޝަން ފައްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އޮކްޓޯބަރު 2022 | ހޯމަ 07:19
ހޮޓެލް އޭޝިއާ އެގްޒިބިޝަން

ހޮޓެލް އޭޝިއާ އެގްޒިބިޝަން

3 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ، "ހޮޓެލް އޭޝިއާ 2022" ފަށައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމަ ދުވަހު އެ އެގްޒިބިޝަން ފައްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް އެވެ. ހޮޓެލް އޭޝިއާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ ކަމަށްވާއިރު މިދިޔަ 3 އަހަރު އެ އެގްޒިބިޝަން ބާއްވާފައި ނުވަނީ މުޅި ދުނިޔެ އަށް ދިމާވި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. މިއީ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަން ކަމަށް ވާއިރު މި އެގްޒިބިޝަން ކުރިއަށް ދާނީ އޮކްޓޯބަރު 10, 11 އަދި 12 ގައެވެ.

Advertisement - newsAdvertisement

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) އަދި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (ލެކްސް) އަދި ބެސްޓެބައި މޯލްޑިވްސްއިން އިންތިޒާމް ކުރާ މި އެގްޒިބިޝަންގައި މި އަހަރު ހޮރެކާ އިންޑަސްޓްރީގެ މި ސަރަހައްދުގެ ލީޑަރުންނާއި، މުހިންމު ސްޓޭކް ހޯލްޑަރުން ބައިވެރިވެއެވެ. މިއަހަރުގެ އިވެންޓުގެ ރަސްމީ ލޮޖިސްޓިކްސް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރާނީ ޓީޓީއެސް މޯލްޑިވްސްއެވެ. އަދި އޮފިޝަލް ޑިޖިޓަލް ސަރވިސް ޕްރޮވައިޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ދިރާގުންނެވެ.

މި އެގްސިބިޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް)ގެ ޑިރެކްޓަރު އާސިމް މުޚުތާރު ވިދާޅުވީ މި ފަހަރުގެ އެގްޒިބިޝަން ބާއްވަނީ 3 އަހަރަށްފަހުކަމަށް ވުމާ އެކު މި އެގްޒިބިޝަން ކުރިއަށް ދާނީ ވަރަށް ފުޅާކޮށް ކަމަށެވެ. އެގޮތުން މި އެގްޒިބިޝަންގައި 175 އަށްވުރެ ގިނަ ބޫތާއި ސްޓޯލް ހުންނާނެ ކަމަށާއި އެ ސްޓޯލްތަކަކީ ތަފާތު ފެންނާނެ ސްޓޯލްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑުން ދިމާވި ގޮންޖެހުންތަކުން އަަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރައިގެންދާ އިރު މިއީ މުހިންމު އެގްޒިބިޝަން އެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަން ބޭއްވިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވުމާއެކު މި ދަނޑިވަޅުގައި ހޮޓެލް އޭޝިއާ އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު ބޭއްވުމަކީ އުފާކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ އެގްޒިބިޝަންއަކީ ކާމިޔާބު އެގްޒިބިޝަނަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަކީ ޑިމާންޑު ބޮޑު އެގްޒިބިޝަނެއް ކަަމަށާއި މިއީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފެންވަރު ރަނގަޅު އެގްޒިބިޝަނެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. ހޮޓެލް އޭޝިއާ ތެރެއިން ކުރިއަށްދާ އެންމެ މުހިންމު އެއް ހަރަކާތަކީ ހޮޓެލް އޭޝިއާ އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު ކަމަށް ވާއިރު މިއީ ރާއްޖޭގެ މީހުން ކަލިނަރީ ޕްރޮފެޝަނަށް ވަނުމަށް ބާރު އެޅުމަށް ކުރިއަށްގެންދާ ޗެލެންޖެއް ކަަމަށާއި އެކަމުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް އެނާ ވިދާޅުވިއެވެ. ލިނަރީ ޗެލެންޖުގައި 20 ކެޓަގަރީއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 ޝެފުން ވާދަކޮށް 650 ވައްތަރު ހުށަހަޅާނެ ކަމަށް އާސިމް ވިދާޅުވިއެވެ. ކަލިނަރީ ޗެލެންޖު ފަށާފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ހޮޓެލް އޭޝިއާ

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2022

ހޮޓެލް އޭޝިއާއާއި ކަލިނަރީ ޗެލެންޖް ދަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން: އެލެން ޕާމަރ

13 އޮކްޓޯބަރު 2022
ހޮޓެލް އޭޝިއާއާއި ކަލިނަރީ ޗެލެންޖް ދަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން: އެލެން ޕާމަރ
10 އޮކްޓޯބަރު 2022

މިފަހަރުގެ ކަލިނަރީ ޗެލެންޖުން ވެސް ތަފާތު ފެނިގެން ދާނެ

10 އޮކްޓޯބަރު 2022
މިފަހަރުގެ ކަލިނަރީ ޗެލެންޖުން ވެސް ތަފާތު ފެނިގެން ދާނެ
01 ސެޕްޓެމްބަރު 2022

3 އަހަރަށްފަހު ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ

01 ސެޕްޓެމްބަރު 2022
3 އަހަރަށްފަހު ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު