Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ކާޑިޒްއާ އެއްވަރުވެ އެސްޕަންޔޯލް ރެލިގޭޝަނުން ކުރިއަށް

މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޮކްޓޯބަރު 2022 | ހޯމަ 02:29
އެސްޕަންޔޯލުން ކުޅުނު މެޗުގެ ތެރެއިން

އެސްޕަންޔޯލުން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ އެސްޕަންޔޯލް ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކާޑިޒްގެ ދަނޑުގައި އެ ޓީމަށް ދެކޮޅަށް ނުކުތް އިރު، އެސްޕަންޔޯލް އޮތީ ރެލިގޭޝަން ޒޯންގައެވެ. ނަމަވެސް އެ މެޗު އެއްވަރުވުމުން އެސްޕަންޔޯލް ވަނީ ފައިދާ ގޯލުން ކުރިއަށް ޖެހިލައިފައެވެ. މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކާޑިޒް އިންނެވެ. އެއީ 41 ވަނަ މިނެޓުގައި ޗުސްޓު ޖެހި ލަނޑެކެވެ. ނަމަވެސް ދެ ވަނަ ހާފުގައި އެސްޕަންޔޯލުން ވަނީ ދެ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ޖޮސެލޫއެވެ. އެއީ 51 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، 67 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. ލީޑުގައި އޮވެ އެސްޕަންޔޯލުން ކުޅެމުން ދަނިކޮށް، ޕެރޭޒް ވަނީ 78 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކާޑިޒްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާއާއެކު އެސްޕަންޔޯލް މިހާރު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ. އެއީ އަށް މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ކާޑިޒް އޮތީ އަށް މެޗުން ފަސް ޕޮއިންޓާއެކު ރެލިގޭޝަން ޒޯންގައެވެ. އެސްޕަންޔޯލާ ސެވިއްޔާ ޕޮއިންޓުގެ ގޮތުން އެއްވަރުވާއިރު، ފައިދާ ގޯލުން އެސްޕަންޔޯލް ކުރި ހޯދައެވެ. މިވަގުތު ސެވިއްޔާ ވެސް އޮތީ ރެލިގޭޝަން ޒޯންގައެވެ.

ސްޕެނިޝް ލީގުެއެސްޕަންޔޯލް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު