Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް ރ އަތޮޅަށް ކުރައްވާ ދަތުރުފުޅު

ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި، އެހެން ރަށްތައް ގުޅާލެވުމުން ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާނެ: ނައިބުރައީސް

9 އޮކްޓޯބަރު 2022 | އާދީއްތަ 10:34

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ސްޕެޝަލައިޒް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުން މުހިންމު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޮކްޓޯބަރު 2022 | އާދީއްތަ 10:34
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން

ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި، އެހެން ރަށްތައް ގުޅާލެވުމުން މިހާރު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީވެސް ސްޕެޝަލައިޒް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސީއެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ފަދަ އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްދިނުމަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެންމެ ގިނައިން ދިމާވާ އެއްކަމަކަށް ފާހަގަކުރެއްވީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން މާލެ ފޮނުވަންޖެހުމެވެ. އަދި، ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ އިތުރުވަމުންދާއިރު އެއާ އެއްވަރަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަ ކުރެެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕީޓަލުގެ ޚިދުމަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރުކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކި ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި، ބައެއް ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އަދި، ހޮސްޕިޓަލް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަށް ޒިޔާތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އުނގޫފާރު ރީޖަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަކީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި ޢިމާރާތުގައި އާ ޚިދުމަތްތައް ޤާއިމުކުރުމާއި، މިހާރު ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާވެ ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް