Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާންގައި ކުރަމުންދާ މުޒާހަރާތައް

އީރާންގައި ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތައް ފުޅާވަނީ

މުޒާހަރާ ކުރާ މީހުންނަށް ފުލުހުން ބަޑިން ހަމަލާ ދިނުމުގެ ސަބަބުން 154 މީހުން ވަނީ މަރުވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2022 | އާދީއްތަ 09:56
އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ

އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ

އީރާންގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރިޔަށްގެންދާ މުޒާހަރާތައް އިތުރަށް ފުޅާވަމުން ދާކަމަށް ޚަބަރު ލިބެއެވެ.

ބުރުގާ އަޅާފަ ހުރިގޮތް ކަމުނުދާކަމަށް ބުނެ ހައްޔަރު ކުރި 22 އަހަރުގެ ނޫސްވެރިޔާ، އޭގެ ދެދުވަސް ފަހުން ކުއްލިއަކަށް މަރުވެފައިވާތީ އެކަމާއި ދެކޮޅުހެދުމަށް އީރާންގެ ހައި ސްކޫލް އަންހެން ކުދިންވަނީ އިހުތިޖާޖުގެ ހަރަކާތްތަކެއް ހިންގަން ފަށާފައެވެ. މި ހަރަކާތްތަކަށް ހޮނިހިރު ދުވަހަށް ތިން ހަފްތާ ފުރިހަމަވެފައިވާ އިރު ހޮނިހިރު ދުވަހު ވެސް އީރާންގެ އެތައް ސިޓީތަކާއި އަވަށްތަކެއްގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު، ޚާއްސަކޮށް އަންހެނުންނާއި އަންހެން ކުދިން ނުކުމެ އަޑު އުފުލާފައިވެއެވެ. އެއާއެކު ސަލާމަތީ ބާރުތަކުން ނަހަމަ ބާރު ބޭނުންކޮށް އެމީހުން މައިތިރިކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވެއެވެ.

22 އަހަރުގެ މާޝާ އަމީނީ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އީރާންގެ "މޯރަލް" ޕޮލިސް ކިޔާ ބަޔަކު އޭނާ ހައްޔަރު ކުރީ އޭނާ ބުރުގާ އަޅާފައި ހުރީ އަޅަން ޖެހޭ ގޮތަށް ނޫން ކަމަށް ބުނެއެވެ. އެއާއެކު އޭނާގެ ބޮލަށް އަނިޔާކޮށް މަރާލީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ލީކުވެފައިވާ މެޑިކަލް ރިޕޯޓުން ވެސް އޭނާގެ ބޮލަށް އަނިޔާވެފައިވާ ތަން ފެންނަ ކަމަށް ވެއެވެ.

ސަރުކާރުން ބުނަނީ އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް އެކަން އޭނާގެ އާއިލާއިން ވެސް އަދި އާންމުންގެ މީހުން ވެސް ގަބޫލެއް ނުކުރެއެވެ.

މިއާއެކު ބުރުގާ ނާޅާ ބޭރަށް ނުކުންނަ ސްކޫލް ކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބުރުގާ އަންދާލުމާއި އަދި އިސްތަށިގަނޑު ކޮށާލުން ފަދަ ހަރަކާތްތައް ވެސް އިހުތިޖާޖު ކުރާ ޒުވާނުން ދަނީ ކުރަމުންނެވެ.

ހޮނިހިރު ދުވަހު އިހުތިތާޖުގެ އެއްވުންތައް ބޭއްވި ބޮޑެތި ސިޓީތަކުގެ ތެރޭގައި ތެހެރާން، ކަރާޖް، އިސްފަހާން، މަޝާދް، ޤަޒްވިން، ކަރްމާންޝާހް، އަދި ޝިރާޒް ހިމެނޭ ކަމަށް އޭއެފްޕީ އިން ރިޕޯޓުކޮށްފައިވެއެވެ. ނޫސްވެރިންނާއި ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނެފައިވާ ގޮތުގައި އެމީހުން މިހާރު ވަނީ ބިރު ފަހަނަ އަޅާ ގޮސްފައެވެ. އަދި އަންހެނުންނަށް ފުރިހަމަ މިނިވަންކަން ލިބެންދެން މި އިހުތިތާޖުގައި ދެމި ތިބޭނެ ކަމަށް އެމީހުން ބުނެފައިވެއެވެ. އަދި މިފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް ވެސް އެމީހުން ދަނީ އުފުލަމުންނެވެ.

މުޒާހަރާ ކުރާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ބަޑި ޖަހާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ. ފުލުހުންގެ ބަޑީގެ ހަމަލާތަކުން  މިހާތަނަށް 154 މީހުން މަރުވެފައިވާ ކަމަށް އީރާންގެ ހިއުމަން ރައިޓްސް އިދާރާއިން ބުނެފައިވެއެވެ. އަދި އެތައްހާސް ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.

އިހުތިތާޖުތަކުގައި އޮހޮރެމުންދާ ލޭ ރަމްޒު ކުރުމަށް ތެހެރާންގެ ބައެއް ފެންއަރުވާވަޑާންތަކަށް އިހުތިޖާޖުކުރާ ފަރާތްތަކުން ހުކުރު ދުވަހު ވަނީ ރަތް ދަވާދު އަޅާފައެވެ.

މީގެއިތުރުން ޚަބަރު ލިބޭ ގޮތުގައި އީރާންގެ ސްޓޭޓް ޓެލެވިޜަންގެ ލައިވް ފީޑު ހެކުކޮށް، ލައިވް ޚަބަރު ކުރިޔަށް ދަނިކޮށް ސްކްރީނަށް ވަނީ އެނޯނިމަސްގެ މާސްކު ވެސް އަރުވާފައެވެ. އަދި އިހުތިޖާޖު ކުރާ ފަރާތްތަކުގެ މެސެޖުތައް އާންމުކޮށްފައި ވެސް ވެއެވެ. މިކަން ސަރުކާރުން ވަނީ ވަގުތުން ބަންދުކޮށްފައެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު