Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބުޅާތަކަށް ޚާއްސަ ފެސިލިޓީއެއް ހެދުން

މަގުމަތީގައި އުޅޭ ބުޅަލަށް އަޅާ ނުލާ މައްސަލައިގައި މުއިއްޒުގެ ނުރުހުން މުއައްސަސާތަކަށް

9 އޮކްޓޯބަރު 2022 | އާދީއްތަ 07:52

މި މަޝްރޫއު އަށް ހޭދަވާނެ ސީދާ އަދަދު އަދި ނޭނގޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 އޮކްޓޯބަރު 2022 | އާދީއްތަ 07:52
ބުޅާ

ބުޅާ

މާލޭގެ މަގުތަކުގައި ދިރިއުޅޭ ބުޅަލާ މެދު އަޅާލަން ޖެހޭ މުއައްސަސާތަކުން އެކަމާއި އަޅާ ނުލާ ކަަމަށް ފާހަގަކުރައްވާ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ބައެއް އިދާރާތަކާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަރަދުގައި ބުޅާ ފެސިލިޓީއަކާއި ވެޓް ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރަން އެ ކައުންސިލުގެ އާންމު ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ.މުއިއްޒު އާދިއްތަ ދުވަހު ވިދާޅުވީ، އެގޮތަށް މަގުމަތީގައި އުޅޭ ބުޅާތަކުގެ ސާފުތާހިރުކަން ކުޑަވެ މަގުމަތީގެ އާއްމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ މިންވަރަށް ބުޅާ ދިރިއުޅޭ ބައެއް ސަރަހައްދުތަކުގެ ސާފުތާހިރުކަން ދަށް ވެފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން އިސްނަގައިގެން އެފަދަ މަސައްކަތެއް ކުރަން ޖެހުނު ސަބަބަކީ އެއީ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ކަމާއި ބެހޭ އެހެން އިދާރާތަކުން އެކަމާ މެދު އަޅާ ނުލަނީ ކީއްވެގެންތޯ މޭޔަރު ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement

އެޗްޑީސީން އިސްނައިގެން ބުޅާ ގެންގުޅޭ ފެސިލިޓީ ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކަމަށް މިދިޔަ އަހަރުގެ ޖޫން މަހު އެ ދެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް 2ގެ ފަރުކޮޅުފުށީގައި ގާއިމުކުރާ މި ފެސިލިޓީގައި 3،000 ބުޅާ ބަލަހައްޓާނެ ކަމަށް އެޗްޑީސީން އޭރު ވަނީ ބުނެފައެވެ. އެ ފެސިލިޓީގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް އެޗްޑީސީން ހަމަޖައްސާނެ ކަަމަށް އޭރު ވަނީ ބުނެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ މިހާރު މި މަސައްކަތަށް އެޗްޑީސީގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އެޗްޑީސީއިން ބިމެއް ދީފި ނަމަ ވިލިމާލޭގައި އެފަދަ ފެސިލިޓީ އެއް ގާއިމްނުކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި އިމާރާތްކުރާ ބުޅާ ގެންގުޅޭ ފެސިލިޓީ އަށް ބުޅާ ގެންދާނީ ކިހިނެތްތޯ ނޫސްވެރިއަކު ސުވާލެއް ދެންނެވުމުން މުއިއްޒު ވިދާޅުވީ އަދި އެ އިންތިޒާމްތައް ހަމަޖައްސާނެ ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ.

މި މަޝްރޫއަށް އަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ އިރު އެ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ ބަޖެޓުންނެވެ. އެ ވަސީލަތް އެޅުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި 3000 އަކަފޫޓުގެ ބިމެއްގައި އިމާރާތެއް އަޅައިގެންނެވެ. ވިލިމާލޭގައި ބުޅާ ގެންގުޅޭ ފެސިލިޓީ އެއް ގާއިމުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނަމަވެސް ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އޭނާ މީގެ ކުރިން ވިދާޅުވީ ވިލިމާލޭގައި މީގެކުރިން ވެސް ވެޓް ކްލިނިކެއް ހިންގާފައިވާ ކަމަށާއި އެ ކަމުގެ ތަޖުރިބާ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެނގޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ އަމިއްލަ ހަރަދުގައި ބުޅާ ފެސިލިޓީ ގާއިމްކޮށްދޭނެ ބައެއް ހޯދަން އިއުލާނުކޮށްފައެވެ. ނަމަވެސް އެކަމަށް ތަރުހީބެއް ލިބިފައެއް ނުވެއެވެ.

މަގުމަތީގައި އުޅޭ ބުޅަލަށް އަނިޔާ ކުރުމަކީ ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް ފެންނަމުން އަންނަ ކަމެއް ކަމަށް ވާއިރު، ބުޅަލުގެ އާބާދީ އިތުރުވުމުން އާންމުންނަށް އުޅެން އުނދަގޫވެފައިވާ ކަމަށް ބުނެ ބުޅާތަކާ މެދު ރަހުމު ކުޑަ އަމަލުތައް ހިންގާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް