Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޮޅުވާލައިގެން ފައިސާ ހޯދުން

އެކައުންޓުގެ މައުލޫމާތު ލީކުވާ އެތައް ގޮތެއް، ސަމާލުވޭ!

9 އޮކްޓޯބަރު 2022 | އާދީއްތަ 02:33

ފޯން ކްލޯންކޮށްގެން ކަސްޓަމަރުގެ ޑޭޓާއަށް އެކްސެސްވެގެން ފައިސާގެ މުއާމަލާތްކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އޮކްޓޯބަރު 2022 | އާދީއްތަ 02:33
ބީއެމްއެލް

ބީއެމްއެލް

ހަލުވިކަމާއެކު ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މިޒަމާނުގައި އޮޅުވާލައިގެން ފައިސާ ހޯދުން ވެސް މިވަނީ ފަސޭހަވެފައެވެ. ކުރީގައި ހަމައެކަނި ކަރުދާހުގެ ގޮތުގައި ބަދަލުކުރެވުނު ފައިސާ މިހާރު އިންޓާނެޓުގެ ޒަރީޢާއިން ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭގޮތަށް އޮތުމާއެކު އޭގެ ނާޖާއިޒު ފައިދާ އެތައް ގޮތަކަށް އަންނަނީ ނަގަމުންނެވެ. މުޅި ދުނިޔޭގައި ވެސް މިކަމަކީ އާންމު ކަމެކެވެ. ރާއްޖެއަށް ބަލާލިނަމަވެސް އެކި ދުވަސްވަރު މަތިން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން އައީ ހިންގަމުންނެވެ. މިހާރު ޒަމާނީ ޓެކްނޮލޮޖީ އާއެކު އައު ގޮތްތައް އަންނަނީ މިކަމުގައި ވެސް ތައާރަފްކުރަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް މިކަމުގައި އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރަމުން އަންނައިރު ވެސް މިކަން ކުރާ މީހުން ތިބެނީ މާކުރީ ސަފުގައެވެ.

އެމީހުންގެ މަޅީގައި އެތައް ބަޔަކު ޖެހެމުން އަންނަކަން ކޮންމެ ދުވަހަކު ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމުތަކުގައި ހުންނަ ޕޯސްޓުތަކުން އެނގެއެވެ. މުޅި އުމުރު ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެފަދަ މީހުންގެ އަތްދަށަށް ދާއިރު، ޑޮލަރު ވިއްކާކަމަށް ބުނެ ވެސް އަންނަނީ ފައިސާ ހޯދުމުގެ ކަންކަން ކުރަމުންނެވެ.

މިކަމުގެ މާހިރުން ބުނާގޮތުގައި މީހެއްގެ ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ހޯދުމަށް ކަސްޓަމަރުންގެ މައުލޫމާތު މިހާރު ފަސޭހަކަމާއެކު ހޯދެއެވެ. ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ކޮންމެހެން ކަސްޓަމަރު ކައިރީގައި އަހާކަށް ނުޖެހެއެވެ. މީހާގެ އަތުގައި އޮންނަ ފޯނަށް ވަގުންނަށް އެކްސެސް ލިބޭއިރަށް އޮންނަނީ ބޭންކު އެކައުންޓަށް ވެސް ވަގުންނަށް އެކްސެސްވެވިފައެވެ. އެގޮތުން ފޯނު ކްލޯންކޮށްގެން ކަސްޓަމަރުގެ ޑޭޓާއަށް އެކްސެސްވެގެން ފައިސާގެ މުއާމަލާތްކުރެއެވެ. ފޯނު ކްލޯންކުރުމާއެކު ކަސްޓަމަރުގެ ފޯނުގައި ސޭވްކޮށްފައި ހުންނަ ޑޭޓާއަކަށް އެކްސެސްލިބިގެންދެއެވެ. އޭގެތެރޭގައި އީމެއިލްއަށް އެކްސެސް ލިބުމާއެކު އީމެއިލްގައި ހުންނަ ޑޭޓާތަކަށް އެކްސެސް ލިބެއެވެ. އަދި އިންޓާނެޓް ބޭންކިންގެ ޔޫސަރނޭމް އާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަނަމަ، ބޭންކު އެކައުންޓުން މުއާމަލާތްކުރެވެއެވެ. އެންމެ ގިނައިން މިގޮތަށް ބޭންކު އެކައުންޓުގެ މައުލޫމާތު އެފަދަ މީހުންނަށް ލިބިގެންދާ އެއް ކަމަކީ މިހާރު އީމެއިލްގެ ޒަރީޢާއިންކަމަށް މިކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އީމެއިލް ބްރީޗްވެފައިވޭތޯ ބެލޭނެ ގޮތްތައް ވެސް ހުންނައިރު އެގޮތަށް ބެލުން އެއީ މުހިންމު ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން އީމެއިލްގައި ވަރުގަދަ ޕާސްވޯޑެއް ޖެހުމާއި އެޕްލިކޭޝަންތަކުގައި އިންޓާނެޓް ބޭންކިން އާއި ކާޑުގެ މައުލޫމާތު ސޭވްނުކުރުމަށް ތަޖުރިބާކާރުން ލަފާދެއެވެ. މިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި އާންމުކަމަކަށްވާއިރު ރާއްޖޭގައި ވެސް މިގޮތަށް އީމެއިލް އަށް އެކްސެސްވެގެން ކަސްޓަމަރުންގެ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު ހޯދައެވެ. ފޯނު މީހާގެ އަތުގައި އޮންނައިރު އޭގައި ހިމެނޭ ޑޭޓާ ބޭނުންކޮށްގެން އެމީހުން މުއާމަލާތްކުރާއިރު މިކަމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ ތަފާތު ލިންކުތަކަށް ނުވަދުމާއި ފޯނަށް އަންނަ އޯޓީޕީ އެހެން މީހަކަށް ނުދިނުމެވެ.

ފޯން ކޯލާއި ޓެކްސްޓު މެސެޖު އަދި އީމެއިލްގެ ޒަރީޢާއިން މިފަދަ މުއާމަލާތްތައް ކުރަމުންދާއިރު ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮޅުވާލައިގެން ފައިސާ ހޯދާ ގޮތްތަކަށް ބަލާއިރު އީމެއިލް އަށް އެކްސެސް ލިބިގެން ކުރާ މުއާމަލާތްތައް ފާހަގަކުރެވޭކަމަށެވެ. އެކައުންޓުގައި ހުންނަ ފައިސާ މަދުވެގެން ކަސްޓަމަރުން ބޭންކް އޮފް މޯލްޑިވްސްއާ މެދު ހިތްހަމަނުޖެހުންތަކެއް ހުރިނަމަވެސް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތަކީ ބޭންކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތެއް ނޫންކަމަށެވެ. ކަސްޓަމަރެއްގެ ކާޑެއް ބޭނުންކޮށްގެން ބޭންކުގެ މުވައްޒަފަކަށް މުއާމަލާތްކުރެވޭ ވަރަށް އެމައުލޫމާތު ބޭންކުގައި ނުހުންނާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެކައުންޓުގައި ހުންނަ ފައިސާ މަދުވެގެން ބޭންކަށް ހުށަހަޅައިގެން އެކަންކަން ބަލާއިރު އާންމު ގޮތެއްގައި ފާހަގަވެފައި ހުންނަނީ ފޯނަށް އަންނަ އޯޓީޕީވެސް ޝެއަރ ކުރެވިފައި ހުންނަ ތަންކަމަށެވެ. ފޯނަށް އަންނަ ލިންކަކަށް ފިތާލުމާއެކު އެހެން މީހަކަށް ތިމާމީހާގެ ފޯނުގެ މުޅި އެކްސެސް ލިބިގެންދާއިރު ފޯނުގައި ހުންނަ ޑޭޓާތައް ލިބިގެންދެއެވެ. އެހެންކަމުން ލިންކަކަށް ފިތާއިރު އެކަންކަމަށް ވިސްނަންޖެހޭކަމަށާއި އެލިންކަށް ވަނުމަށްފަހު ކުރަން ބުނާ ހުރިހާ ކަމެއްކޮށް ޕާސްވޯޑް ޖަހާ ފޯނަށް އަންނަ އޯޓީޕީ އެމީހަކު އަމިއްލައަށް އަނެކާއަށް ދީގެން ވެސް އެކައުންޓުން މުއާމަލާތްތައް ކޮށްފައި އެބަހުރިކަމަށް ސައީދު ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ބޭންކަށް ހުށަހެޅުމުން އާންމު ގޮތެއްގައި ކަސްޓަމަރުން ބޭނުންވަނީ އެކަންކުރި މީހަކީ ކާކުތޯ ބެލުމަށްކަމަށާއި ނަމަވެސް އެމައުލޫމާތަކީ ހަމައެކަނި ތަހުގީގީ އިދާރާތަކާ ހިއްސާކުރެވޭ މައުލޫމާތުކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މުއާމަލާތްތައް ހިނގުމުން ޕޮލިހަށް މައްސަލަ ހުށަހެޅުމަށް އެދޭކަމަށް ސައީދު ވިދާޅުވިއެވެ.

ބޭންކު އެކައުންޓަށް އެކްސެސް ވާ މީހާގެ މައުލޫމާތު ފޯރުކޮށްނުދިނުމުން އެކަމުގެ ހިތްހަމަނުޖެހުން ކަސްޓަމަރުން ފާޅުކުރިނަމަވެސް އެކަމުގައި ބޭންކުން އަމަލުކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށާއި ތަހުގީގީ އިދާރާތަކަށް ބޭންކުން އެއްބާރުލުން ދެމުންދާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ މަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތަކެވެ. ބޭންކުތަކުން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ރައްކާތެރިކުރަން އަޅާ ފިޔަވަޅުތަކާއި އެ ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނެހެން ގާއިމުކުރާ ނިޒާމްތައް އަބަދުވެސް އެ ނެޓްވޯކުތަކުން މޮނީޓަރު ކުރަމުންދެއެވެ.

އޮންލައިން އަދި އޮފްލައިންކޮށް އީ-ކޮމާސް މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެފަދަ ކަމަކުން މާލީ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެ ހާލަތުގައި ކާޑު ހެއްދުމަށް އެއްވެސް ފީއެއް ވެސް ނުނަގާނެއެވެ.

ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ. ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދަން އެއްވެސް ތަނަކުން ނުގުޅާނެއެވެ. އެހެންނެއް ނޫނެވެ. ތިމާ ޚިދުމަތަށް އެދިއްޖެނަމަ ފަހަރުގައި އެތަނަކުން އެއީ ކޮން މީހެއްކަން ޔަގީން ކުރުމަށް މައުލޫމާތު ހިއްސާކުރަން އެދިދާނެއެވެ. އެހެންނަމަވެސް ކާޑުގެ މައުލޫމާތާއި، ސެކިއުރިޓީ ކޯޑު ހޯދާކަށް ނުގުޅާނެއެވެ. އަދި ތިމާ ޚިދުމަތަކަށް ނޭދޭހާ ހިނދަކު ވެސް އެމީހުން އެ މައުލޫމާތުތައް ހޯދާކަށް ނުގުޅާނެއެވެ. އެފަދަ ކޯލަކާ ދިމާވެއްޖެނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓުކުރުމަށް ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ. އެކި ސްކީމްތައް ހިންގާކަމުގެ ނަމުގައި ފޮނުވާ މެސެޖުތަކާއި ކުއްލިއަކަށް ފައިސާ ބޭނުންވެގެން އަންނަ ފޯނު ކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހެއެވެ. ކާޑުގެ މައުލޫމާތާއި އެކައުންޓުގެ މައުލޫމާތު ހޯދާކަށް ބޭންކުން ނުގުޅާނެކަން މިހާރަށް ވުރެ ބޮޑަށް ސިކުނޑީގައި ހަރުލައްވަންޖެހެއެވެ. ނޫނީ އުމުރު ދުވަހު ކުރި ބުރަ މަސައްކަތުން ހޯދި ފައިސާކޮޅު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެންދާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
06 އޯގަސްޓު 2017

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
31 ޖުލައި 2017

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް
21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
10 ޖުލައި 2017

ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

10 ޖުލައި 2017
ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް