Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނާ ދެކޮޅަށް ފިޔަވަޅުއެޅުން

އީރާންގެ އިސްވެރިން ކެނެޑާއަށް އެތެރެވުން އުމުރުދުވަހަށް މަނާކޮށްފި

8 އޮކްޓޯބަރު 2022 | ހޮނިހިރު 14:32

އީރާނުގެ އިސްވެރިންގެ 10 ހާހެއްހާ މެމްބަރުން މުޅި އުމުރަށް ކެނެޑާއަށް އެރުން ވަނީ މަނާކުރެވިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 14:32
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

އީރާންގައި ހައްޔަރުކުރި ޒުވާން އަންހެން ކުއްޖެއްގެ ކުއްލި މަރާގުޅިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރިއަށްދާ ހަރަކާތްތައް މަތަކުރުމަށްކަމަށް ބުނެ، ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތައް ކުށްވެރިކޮށް، ކެނެޑާއިން ރައްދު ފިޔަވަޅު އަޅައިފިއެވެ. މިގޮތުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހޮނިހިރު ދުވަހު ވަނީ، އީރާނުގެ ދިހަ ހާހެއްހާ އިސް ލީޑަރުން ހިމެނޭހެން އެގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯ، އަދި ޤުދްސް ފޯސްގެ ވެރިން ކެނެޑާއަށް އެތެރެވުން މަނާކޮށްފައިވާކަން އިއުލާންކުރައްވާފައެވެ.

ޓްރޫޑޯ ވިދާޅުވީ، އީރާނުގެ ހަރުކަށި ވެރިކަމާ ދެކޮޅަށް ކެނެޑާއިން ބޭނުންކުރެވޭނެ އެންމެ ބާރުގަދަ ހަތިޔާރު ބޭނުންކުރައްވާފައިވާކަމަށެވެ. މިގޮތުން އައި.އާރް.ޖީ.ސީގެ 50 އިންސައްތަ، ނުވަތަ އެންމެ އިސް ދިހަ ހާހެއްހާ ލީޑަރުން ކެނެޑާއަށް އެތެރެވުމާއި، ކެނެޑާއިން ލިބޭނެ ހުރިހާ ފުރުސަތެއް ބަންދުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ އެމީހުންގެ މުޅި އުމުރަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް ޓްރޫޑޯ ވިދާޅުވިއެވެ.

ކެނެޑާއިން އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އަޅާފައިމިވަނީ، ޔޫކްރެއިން އިންޓަރނޭޝަނަލް އެއާލައިންސްގެ ބޯޓެއް ތެހެރާނުން ފުރިތަނާ އައި.އާރު.ޖީ.ސީން ހަމަލާ ދީ ބޯޓް ވައްޓާލުމުން، އޭގައިތިބި 176 މީހުން މަރުވި ހާދިސާ މއަށް އެއްހާސް ދުވަސް ފުރުނު މުނާސަބަތާވެސް ދިމާކޮށެވެ. އެފަހަރުގެ ބޯޓުވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކެނެޑާގެ 57 ރައްޔިތުންވެސް ހިމެނެއެވެ.

ޓްރޫޑޯގެ ފަހުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ޕްރައިމިނިސްޓަރ ކްރިސްޓިއާ ފްރީލަންޑް ވަނީ، އީރާނުގެ ސަރުކާރަކީ ވަރަށްވެސް ހަރުކަށި، އަނިޔާވެރި، އަދި ރައްޔިތުން ފިއްތާފައި ބައިތިއްބާ ސަރުކާރެއްކަމަށް ސިފަކުރައްވާފައެވެ. އަދި އައި.އާރް.ޖީ.ސީއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަ ކުރައްވާފައި ވެއެވެ. އަދި ކެނެޑާއިން އީރާނުގެ ވެރިންނާއެކު އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް ނުކުރާނެކަމަށް ވިދާޅުވިއެވެ.

ބުރުގާ އަޅާފައި ހުރީ ރަގަޅަށް ނޫންކަމަށް ބުނެ 22 އަހަރުގެ ޒުވާން އަންހެންކުއްޖަކު ހައްޔަރުކުރުމަށްފަހު ކުރި އަނިޔާގައި އޭނާ މަރުވުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް އަންހެނުންނާއި އަންހެން ކުދިން ފެށި މުޒާހަރާތައް ދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. ގިނަ އަދަދެއްގެ ހައި ސްކޫލް ކުދިން އަންނަނީ އިހްތިޖާޖްކުރުމުގެ ގޮތުން ބުރުގާނާޅައި ނުކުމެ، އަދި ބުރުގާ އަންދައި އަދި އިސްތަށިގަނޑު ކޮށާލުންފަދަ ކަންތައް އާންމު ތަންތަނުގައި ކުރަމުންނެވެ. މި އިހްތިޖާޖްތައް މަތިރިކުރުމަށް ކަމަށް ބުނެ އީރާން ސަރުކާރުން އަންނަނީ އެކަށީގެންނުވާ ބާރުގެ ބޭނުން ކުރަމުންނެވެ.

ސަރުކާރުން ބުނަނީ، ހައްޔަރު ކުރެވުނު ޒުވާނާ، އަމީނީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް މިވާހަކަ އެއްވެސް ބަޔަކު ގަބޫލެއްނުކުރެއެވެ. އަމީނީގެ އާއިލާއިންވެސް ބުނެފައިވަނީ އެމީހުންގެ ދަރިފުޅު މަރާލާފައިވާކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖުލައި 2019

ކޮންގޯގެ ރައްޔިތުން ހައްޖުވުމަށް މައްކާއަށް އެތެރެވުން ސައުދީން މަނާ ކޮށްފި

27 ޖުލައި 2019
ކޮންގޯގެ ރައްޔިތުން ހައްޖުވުމަށް މައްކާއަށް އެތެރެވުން ސައުދީން މަނާ ކޮށްފި
13 ޖެނުއަރީ 2019

ރަހަފް ރެފިއުޖީއެއްގެ ގޮތުގައި ކެނެޑާއަށް އެތެރެވެއްޖެ

13 ޖެނުއަރީ 2019
ރަހަފް ރެފިއުޖީއެއްގެ ގޮތުގައި ކެނެޑާއަށް އެތެރެވެއްޖެ
25 އޯގަސްޓު 2018

ދައުލަތުގެ އިސްވެރިން ފަސްޓް ކުލާހުގައި ދަތުރުކުރުން ޕާކިސްތާނުގެ ކެބިނެޓުން މަނާކޮށްފި

25 އޯގަސްޓު 2018
ދައުލަތުގެ އިސްވެރިން ފަސްޓް ކުލާހުގައި ދަތުރުކުރުން ޕާކިސްތާނުގެ ކެބިނެޓުން މަނާކޮށްފި
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
10 އެޕްރީލު 2017

ބެރިއަރ ރީފްގެ ތިންބައިކުޅަ އެއްބައި މުރަކަ ހުދުވެއްޖެ:ސައިސްވެރިން

10 އެޕްރީލު 2017
ބެރިއަރ ރީފްގެ ތިންބައިކުޅަ އެއްބައި މުރަކަ ހުދުވެއްޖެ:ސައިސްވެރިން
16 މާރިޗު 2017

މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި

16 މާރިޗު 2017
މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް