Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ އެކްސޮން އިން ރަޝިއާގައި ކުރިއަށްގެންދިޔަ ޕްރޮޖެކ

އެކްސޮން އިން ރަޝިއާގައި ކުރިއަށްގެންދިޔަ ގޭސް އަދި ތެލުގެ ޕްރޮޖެކްޓު އެހެން ބަޔަކާ ހަވާލުކުރަން ޕުޓިން ނިންމަވައިފި

8 އޮކްޓޯބަރު 2022 | ހޮނިހިރު 06:12

މިމަޝްރޫއުގެ 30 އިންސައްތަ ހިއްސާ އޮތީ އެކްސޮން ކުންފުނީގެ ނަމުގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 06:12
އެކްސޮން މޮބައިލް ކޯޕް އިން ރަޝިއާގެ އިރުމަތީ ސަރަހައްދުގައި ކުރިއަށްގެންދަމުން ސަޚަލިން-1 އޮއިލް އެންޑް ގޭސް ޕްރޮޖެކްޓް އެހެން ބަޔަކާ ހަވާލުކުރަން ރަޝިއާގެ ރައީސް ޕުޓިން ނިންމެވުން

އެކްސޮން މޮބައިލް ކޯޕް އިން ރަޝިއާގެ އިރުމަތީ ސަރަހައްދުގައި ކުރިއަށްގެންދަމުން ސަޚަލިން-1 އޮއިލް އެންޑް ގޭސް ޕްރޮޖެކްޓް އެހެން ބަޔަކާ ހަވާލުކުރަން ރަޝިއާގެ ރައީސް ޕުޓިން ނިންމެވުން

ތެލާ ގޭހުގެ ވިޔަފާރި ކުރާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުނި އެކްސޮން މޮބައިލް ކޯޕް އިން ރަޝިއާގެ އިރުމަތީ ސަރަހައްދުގައި ކުރިއަށްގެންދަމުން ދިޔަ އެކްސްއޮމް.އެން ސަޚަލިން-1 އޮއިލް އެންޑް ގޭސް ޕްރޮޖެކްޓް އެހެން ބަޔަކާ ހަވާލުކުރަން ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ނިންމަވައިފިއެވެ.

އެކްސޮން ކުންފުނިން ރަޝިއާގައި ކުރިއަށްގެންދަމުންދިޔަ ތެލާ ގޭހުގެ މަޝްރޫއު އެހެން ބަޔަކާ ހަވާލުކުރަން ނިންމައި އެކަން ޕުޓިން އިއުލާނުކުރައްވާފައި ވަނީ ހުކުރު ދުވަހުއެވެ.

ޕުޓިންގެ މިއަމަލަކީ މީގެ ކުރިން ރަޝިގާއި ހަކަތައިގެ ވިޔަފާރިކުރަމުންދިޔަ އެހެން ކުންފުނިތައްވެސް ސަރުކާރާއި އެމަނިކުފާނުގެ ބާރުގެ ދަށަށް ގެންދިއުމަށް ބޭނުންކުރި އުކުޅު ކަމަށް ހުޅަނގުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

އެކްސޮން ކުންފުނިން ރަޝިއާގައި ކުރިއަށްގެންދަމުންދިޔަ ތެލާ ގޭހުގެ މަޝްރޫއު އެހެން ބަޔަކާ ހަވާލުކުރަން ނިންމައި ޕުޓިން އިއުލާނުކުރެއްވި އަމުރުގެ ދަށުން އެމަޝްރޫއުގެ ހިއްސާދާރުންނަށް ބޭރު ގައުމުތަކުުގެ ކުންފުނިތަކަށް ވެވޭނެކަން ނުވަތަ ނޫންކަން ނިންމުމުގެ ބާރު ރަޝިއާ ސަރުކާރަށް ލިބިގެންދާނެއެވެ.

މިމަޝްރޫއުގެ 30 އިންސައްތަ ހިއްސާ އޮތީ އެކްސޮން ކުންފުނީގެ ނަމުގައެވެ. މަޝްރޫއުގެ އިތުރު ހިއްސާދާރުންގެ ތެރޭގައި ރަޝިއާގެ ކުންފުނި ރޮސްނެފްގެ އިތުރުން އިންޑިއާގެ އޯ.އެން.ޖީ.ސީ ވިޑެޝް އަދި ޖަޕާންގެ ސޮޑެކޯ ކުންފުނި ހިމެނެއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ސަޚަލިން-1 ޕްރޮޖެކްޓުން ދުވާލަކު 220،000 ފީފާގެ ތެޔޮ އުފައްދަމުން ދިޔައެވެ. ނަމަވެސް ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާއެކު މިމަޝްރޫއުގެ ދަށުން ދުވާލަކު އުފައްދަމުންދިޔަ ތެޔޮ ފީފާގެ އަދަދު ޖުލައި މަހު ވަނީ 10،000 ފީފާއަށް ދަށްވެފައެވެ.

ފެބްރުއަރީ މަހު ރަޝީއާއިން ޔޫކްރެއިންނަށް އަރައި ދޭންފެށި ހަމަލާތަކާއެކު ރަޝިއާ ދެކޮޅަށް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށުމާއެކު މާޗު މަހުން ފެށިގެން އެކްސޮން އިން ވަނީ ސަޚަލިން-1 ޕްރޮޖެކްޓުގެ އެކުންފުނީގެ މަސްއޫލިއްޔަތުތައް އެކުންފުނީގެ ޕާޓްނަރު ކުންފުންޏަކާ ހަވާލުކުރެވޭތޯ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން ރައީސްގެ އަމުރު އިއުލާނުކުރެއްވުމުގެ ކުރިން އެކި ފަހަރުމަތިން މަޝްރޫއާ ގުޅިގެން ރަޝިއާ ސަރުކާރާ އެކްސޮން ކުންފުންޏާ ދެމެދު ދެބަސްވުންތައް ކުރިމަތިވެ އިންޓަނޭޝަނަލް އަރބިޓްރޭޝަނަށް މައްސަލަ ގެންދާނެ ކަމުގެ އިންޒާރު އެކްސޮން އިން ވަނީ ދީފައެވެ.

ހުކުރު ދުވަހު ޕުޓިން އިއުލާނުކުރެއްވި އަމުރާ ގުޅިގެން އެކްސޮން ކުންފުނީގެ ފަރާތުން އަދި ބަހެއް ލިބިފައެއް ނުވެއެވެ. އަދި ޖަޕާންގެ ސޮޑެކޯ ކުންފުނިންވެސް މިކަމާ ގުޅިގެން ސީދާ ބަހެއް އަދި ލިބިފައި ނެތްނަމަވެސް އެކަމާ ގުޅިގެން އެއްކުރަންޖެހޭ މައުލޫމާތުތައް އެއްކޮށް މަޝްވަރާތައް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިއަހަރުގެ ޖޫން މަހުން ފެށިގެން ޖަޕާނުން ވަނީ ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލާފައެވެ.

އެކްސޮން އިން ވަނީ އެކުންފުނިން ރަޝިއާގައި ކުރިއަށްގެންދަމުންދިޔަ މަސައްކަތްތަކުން 4.6 ބިލިއަން ޑޮލަރުގެ އިމްޕެއަރމެންޓް ޗާޖެއް، އޭޕްރިލް މަހު ނަގާފައެވެ. އަދި ސަޚަލިން-1 ޕްރޮޖެކްޓުގެ މަސައްކަތް އެހެން ކުންފުންޏަކަށް ބަދަލުކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެކްސޮން އިން ވަނީ އެކުންފުނިން ރަޝިއާގައި އުފައްދަމުންދިޔަ ސަޕްލައި މަދުކޮށް ކުންފުނީގެ ސްޓާފުން އެހެން ގައުމުތަކަށް ބަދަލުވެސް ކޮށްފައެވެ.

އޮގަސްޓް މަހު ޕުޓިން އިއުލާނުކުރެއްވި އަމުރަކާއެކު ފަސޭހައިން މަޝްރޫއު ހުއްޓާލާފައި ދިއުމުގެ ފުރުސަތު އެކްސޮން އަށް ގެއްލިގެންދިޔައެވެ. މިއާއެކު އަރބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުގެކުރިން "ނޯޓް އޮފް ޑިފެރެންސް" އެއް އެކުންފުނިން އާންމުކުރިއެވެ.

ހުކުރު ދުވަހު ޕުޓިން އިއުލާނުކުރެއްވި އަމުރުގައި ވަނީ ސަޚަލިން-1 ޕްރޮޖެކްޓުގެ މަސައްކަތްތަކާ ހަވާލުވެ މަޝްރޫއު ކުރިއަށްގެންދިއުމަށް ރަޝިއާގެ އަމިއްލަ ކުންފުންޏެއް އުފައްދަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. މިކުންފުނި ވާނީ ރަޝިއާގެ ރޮސްނެފް ކުންފުނީގެ ދަށުން ހިންގޭ ސަބްސިޑަރީ ކުންފުންޏަކަށް ކަމަށްވެސް އަމުރުގައިވެއެވެ.

މީގެ އިތުރުން އައު ކުންފުނި އުފެއްދުމާއެކު މަޝްރޫއުގެ ހިއްސާދާރުންނަށް ވާން ބޭނުންވާ ބޭރުގެ ކުންފުނިތަކަށް އެކަމަށް އެދި ރަޝިއާ ސަރުކާރުގައި އެދުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އަމުރުގައިވެއެވެ.

މިޖުލައި މަހު ޕުޓިން ވަނީ ހަމަ މިގޮތަށް ރަޝިއާގައި ކުރިއަންގެންދިޔަ އިތުރު ތެލުގެ މަޝްރޫއެއް ކަމަށްވާ ސަޚިލަން-2 ޕްރޮޖެކްޓުވެސް ސަރުކާރުގެ ބާރުގެ ދަށަށް ގެންދަވާފައެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2018

ރަޝިއާގައި ރަން ނަގާ މިންވަރު ދެ ގުނަ އިތުރު ކުރަނީ

04 ޖޫން 2018
ރަޝިއާގައި ރަން ނަގާ މިންވަރު ދެ ގުނަ އިތުރު ކުރަނީ
08 އެޕްރީލު 2018

ސީރިޔާ ހަނގުރާމަ: ގޭސް ބޭނުންކޮށްގެން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި 70 މަރު

08 އެޕްރީލު 2018
ސީރިޔާ ހަނގުރާމަ: ގޭސް ބޭނުންކޮށްގެން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި 70 މަރު
30 މާރިޗު 2018

އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައި، ރަޝިއާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓެއް ބަންދުކޮށްފި

30 މާރިޗު 2018
އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައި، ރަޝިއާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓެއް ބަންދުކޮށްފި
01 މާރިޗު 2018

ރަޝިއާގައި ފަގީރުކަން އޮތް މިންވަރު ދެބައިކުޅައެއްބަޔަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ދަށްކުރާނަން: ރައީސް ޕޫޓިން

01 މާރިޗު 2018
ރަޝިއާގައި ފަގީރުކަން އޮތް މިންވަރު ދެބައިކުޅައެއްބަޔަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ދަށްކުރާނަން: ރައީސް ޕޫޓިން
06 ނޮވެމްބަރު 2017

ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް

06 ނޮވެމްބަރު 2017
ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް
04 ނޮވެމްބަރު 2017

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ
04 އޮކްޓޯބަރު 2017

އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި
11 އޯގަސްޓު 2017

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް

11 އޯގަސްޓު 2017
ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް
31 ޖުލައި 2017

ރަޝިއާގައި ތިބޭ އެމެރިކާގެ 755 ޑިޕްލޮމެޓިކް މުވައްޒަފަކު ރަޝިއާ ދޫކޮށްދާން އަންގައިފި

31 ޖުލައި 2017
ރަޝިއާގައި ތިބޭ އެމެރިކާގެ 755 ޑިޕްލޮމެޓިކް މުވައްޒަފަކު ރަޝިއާ ދޫކޮށްދާން އަންގައިފި
20 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ

20 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް