Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ދެ ލައްކައަށްވުރެ ގިނަ ޕައުންޑުން މެންޗެސްޓަރ ސިޓީ ޖޫރިމަނާ ކޮށްފި

އެފްއޭ އިން ހުކުރު ދުވަހު އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނީ، ސިޓީ 260،000 (ދެ ލައްކަ ފަސްދޮޅަށް ހާސް) ޕައުންޑުން ޖޫރިމަނާކޮށް، އިންޒާރު ދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޮކްޓޯބަރު 2022 | ހޮނިހިރު 02:47
ސިޓީން ކުޅުނު މެޗުގައި ސަޕޯޓަރުން ދަނޑަށް އަރަނީ

ސިޓީން ކުޅުނު މެޗުގައި ސަޕޯޓަރުން ދަނޑަށް އަރަނީ

ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ސިޓީ ޖޫރިމަނާ ކޮށްފައިވަނީ ނިމުނު ސީޒަންގެ ލީގު ފަހު މެޗުގައި ހިނގައިދިޔަ ކަމަކާ ގުޅިގެންނެވެ. އެ މެޗުގައި ސިޓީން ވަނީ ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ސިޓީގެ އެ ކާމިޔާބާ ގުޅިގެން ޓީމުގެ ސަޕޯޓަރުންތައް ވަނީ ދަނޑަށް އަރައިގަނެ، އުފާ ފާޅުކޮށްފައެވެ. އެއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސިޓީން ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

އެކަމާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ މައްސަލަ ބެލުމަށްފަހު ސިޓީ ޖޫރިމަނާ ކޮށްފައެވެ. އެއީ އެފްއޭ ގެ ގަވާއިދުގެ އީ 20 ވަނަ ރޫލާ ސިޓީން ޚިލާފުވެފައިވާތީއެވެ. އެކަން ހާމަކޮށް އެފްއޭ އިން ހުކުރު ދުވަހު އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނީ، ސިޓީ 260،000 (ދެ ލައްކަ ފަސްދޮޅަށް ހާސް) ޕައުންޑުން ޖޫރިމަނާކޮށް، އިންޒާރު ދީފައިވާ ކަމަށެވެ.

އެ ސްޓޭޓުމަންޓުގައި ބުނީ އެ މައްސަލަ ބަލާފައިވަނީ މިނިވަން ކޮމެޓީއަކުން ކަމަށެވެ. އަދި މެޗުގެ ފަހު ކަށިގަނޑަށް ފަހު ހިނގައިދިޔަ ކަމަކީ ޤަވާއިދާއި ޚިލާފު ކަމަކަށްވާތީ، އެ ޓީމު ޖޫރިމަނާ ކުރަން ނިންމީ ކަމަށެވެ.

ނިމުނު ސީޒަންގެ ޕްރިމިއާ ލީގު ސިޓީން ކާމިޔާބުކުރީ ފަހު މެޗުން މޮޅުވެގެންނެވެ. އެ މެޗުގައި ސިޓީ ބަލިވިނަމަ، ލީގު ޗެމްޕިއަންކަން ލިބެން އޮތީ ވާދަވެރި ލިވަޕޫލަށެވެ. ފަހު މެޗުގައި އެސްޓަން ވިލާ އަތުން ބަލިވާން ދަނިކޮށް، ސިޓީން ވަނީ ފަސް މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައި، ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް