Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕް

"އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިންގ ޓީމާ، ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައިފި

8 އޮކްޓޯބަރު 2022 | ހޮނިހިރު 02:05

މިމަހުގެ 9 ވަނަ ދުވަހު މިސްރަށް ފުރުމަށް ހަމަޖެހިފައިވާ ޝޫޓިންގ ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 02:05
އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕް ގައި ބައިވެރިވާ ޝޫޓިންގ ޓީމާ، ޑިފެންސް މިނިސްޓަރު ބައްދަލުކުރެއްވުން

އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕް ގައި ބައިވެރިވާ ޝޫޓިންގ ޓީމާ، ޑިފެންސް މިނިސްޓަރު ބައްދަލުކުރެއްވުން

މިސްރުގެ ކައިރޯގައި މި މަހުގެ 12 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ފެޑެރޭޝަން (އައިއެސްއެސްއެފް) ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޝޫޓިންގ ޓީމާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެ ދެ ބޭފުޅުން ޝޫޓިންގ ޓީމަށް ހިތްވަރުދެއްވައި ރަނގަޅު ކާމިޔާބީއަކަށް އެދިވަޑައިގެންނެވިއެވެ. އަދި، ޝޫޓިންގ ޓީމްގެ ފަރިތަކުރުންތަކަށް ރޭންޖެއްގެ ދަތިކަން ހުރުމާއެކު އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގައި ޝޫޓިންގ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިމަހުގެ 9 ވަނަ ދުވަހު މިސްރަށް ފުރުމަށް ހަމަޖެހިފައިވާ ޝޫޓިންގ ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުންނެވެ.

އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަން ޝިޕްގައި ބައިވެރިވާ ޝޫޓަރުންނަކީ  ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން (ސ.ނ 5909) އާއި، ލާންސް ކޯޕްރަލް ޒިޔާން ޒިޔާއު (ސ.ނ 7810) ގެ އިތުރުން ލާންސް ކޯޕްރަލް އާސިފާ ޖައުފަރު (ސ.ނ 6990) އެވެ. ސްޓާފް ސާޖަންޓް ޝަރަފިއްޔާއާއި ލާންސް ކޯޕްރަލް އާސިފާ އެ މުބާރާތުގައި ވާދަކުރަނީ އަންހެނުންގެ 10 މީޓަރ އެއަރ ރައިފަލް އިވެންޓުގައެވެ. މީގެ އިތުރުން ލާންސް ކޯޕްރަލް ޒިޔާން ބައިވެރިވަނީ 10 މީޓަރ އެއަރ ޕިސްޓަލް އިވެންޓުގައެވެ. މި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ވޮރަންޓް އޮފިސަރ 1 ޙަސަން ޢަބްދުލްޣަފޫރު (ސ.ނ 5062) އެވެ. އަދި ކޯޗެއްގެ ގޮތުގައި ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު ސިރާޖް (ސ.ނ 4472) ވެސް މި ޓީމުގައި ހިމެނިލައްވައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޑިފެންސްއާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި އެ އެސޯސިއޭޝަންގެ ނާޢިބް ރައީސް ކާނަލް ޒުބައިރު އަޙްމަދު މަނިކާއި ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓަރީ ޖެނެރަލް ކާނަލް އަޙްމަދު ޝާމިންގެ އިތުރުން މިލިޓަރީ ސަރވިސް ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދާއި "އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަން ޝިޕް" ގައި ބައިވެރިވާ ޝޫޓިންގ ޓީމް ބައިވެރިވެލެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް