Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓު 2023

މި މަހުގެ ނިޔަލަށް ބަޖެޓުގެ މަސައްކަތް ނިންމާ މަޖިލީހަށް ހުށަހަޅަނީ

2022 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 36.9 ބިލިއަން ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2022 | ހުކުރު 07:59
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މި މަހުގެ 31 ވަނަ ދުވަހު ބަޖެޓު ބަޔާން އިއްވަވާނެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މި މަހުގެ 31 ވަނަ ދުވަހު ބަޖެޓު ބަޔާން އިއްވަވާނެ

މި ހިނގަމުންދާ އޮކްޓޯބަރު މަހުގެ ނިޔަލަށް 2023 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓު ނިންމާ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 31 ވަނަ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހަޅާނެ ކަމަށާއި، އެދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، 2023 ވަނަ އަހަރުގެ ބަޖެޓު ސްޕީޗް ވެސް ދެއްވާނެ ކަމަށެވެ. ބަޖެޓް އާމުކުރެވޭނީ 31 އޮކްޓޯބަރު ގައި ކަމަށާއި، ހުރިހާ އޮފީސްތަކަކާއި ބައްދަލުކޮށް، ހުރިހާ އޮފީސްތަކެއްގެ ބަޖެޓު އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ކުރަމުން އަންނަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަޕްޑޭޓްތައް ބެލުމާއި، އެކަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ބަޖެޓަށް ހިމަނާނެ މަޝްރޫއުތަކާއި، ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި، މުޅި ޖުމްލަކޮށް ފިސްކަލް ސްޓްރެޓަޖީއާއި އެއްގޮތަށް ކޮންސްލިޑޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި ކުރާ މަޝްވަރާތައް ނިމިގެން އަންނާނެ ކަމަށާއި، ބަޖެޓު ފޮތް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2022 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 36.9 ބިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ހިނގާނެކަމަށް ލަފާކުރާ ބަޖެޓާ އަޅައިބަލާއިރު 0.5 އިންސައްތަ ދަށް އަދަދެކެވެ. މެދުރާސްތާއަށް ބަލައިލާއިރު 2023 ވަނަ އަހަރުގެ ބަޖެޓު 11.1 އިންސައްތައިން އިތުރުވާނެކަމަށް ލަފާކުރެވޭއިރު 2024 ވަނަ އަހަރު 2.4 އިންސައްތައިން ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ.

2022 ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ފިސްކަލް އަދި ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް 3 ކަމެއް ހުށަހަޅާފައިވެއެވެ. އެއީ 2023 ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުމާއި، 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން އަދި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުމެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް އިސްކަމެއް ދޭނެއެވެ. އަދި ބަޖެޓު އެކުލަވާލައި ތަންފީޒުކުރަމުންދާނީ ދަރަނި އަދި ނަޖެޓު ޑެފިސިޓް ދައްކުރުމުގެ އަމާޒުތައް ހާސިލުކުރެވޭނެ މަގުންނެވެ. މި ސްޓްރެޓެޖީއާއެކު، ދައުލަތުގެ ސީދާ ދަރަނި 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ތިރިކުރެވޭނެއެވެ.

އަންނަ އަހަރަށް ލިބޭ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ އަދަދު ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 27.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 24 ބިލިއަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރު ރައްޔިތުންނަށް ދެވޭ އާންމު ހިދުމަތަށް 25.8 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމަށް 15.1 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާ އިރު ޖުމްލަ ހަރަދުތަކަށް 40.9 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަންދާޒާކުރެވޭ ގޮތުގައި ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ކުރިންހުރި މިންވަރަށް ރުޖޫއަވެވޭނީ 2022 ވަނަ އަހަރު ނުވަތަ 2023 ވަނަ އަހަރުގައެވެ. ދި 2022 ވަނަ އަހަރުވެސް ފާއިތުވި އަހަރުތަކުގައި އާންމުގޮތެއްގައި ޖީޑީޕީ ކުރިއަރާ މިންވަރަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ. މިގޮތުން މިހާރު އަންދާޒާކުރެވޭ ގޮތުގައި 12 އިންސައްތައިން ރިއަލް ޖީޑީޕީ ކުރިއަރާނެއެވެ. އަދި 2023 ވަނަ އަހަރުގައި 7.4 އިންސައްތަ އަދި 2024 ވަނަ އަހަރުގައި 5.7 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު