Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކައުންސިލް ފޮރ ވިމެން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 14:03
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލް ޙާލާ މުޙައްމަދު ޖާބިރް އަލްއަންޞާރީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އަންހެނުންނަށް ބޭނުންވާ ކަންކަމުގައާއި، އަންހެނުންގެ ފުރިހަމަ ޤާބިލުކަން ބޭރަށް އަންގައިދިނުމުގައާއި، އެމީހުންގެ ފަރާތުން ފުޅާ ދާއިރާއެއްގައި މުޖުތަމަޢަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ މަގުތައް ހޯދައިދުނުމުގައި ސުޕްރީމް ކައުންސިލުން އަދާކުރަމުންދާ ދައުރާމެދު ހިތްޕުޅުހަމަޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހާމަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، އެކަމަނާއަކީވެސް މި ދާއިރާއަށް ނުހަނު ޝައުޤުވެރިކަން ހުންނަ ބޭފުޅެއްކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ، އަންހެންކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެއް އަމާޒަކަށް މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ފާޅުކުރައްވާފައެވެ.

"ސުޕްރީމް ކައުންސިލް ފޮރ ވިމެން" ކައުންސިލް ވުޖޫދުވީ 22 އޮގަސްޓް 2001 ވަނަ އަހަރުއެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ހަރ ރޯޔަލް ހައިނެސް ޕްރިންސެސް ސަބީކާ ބިންތު އިބްރާހީމް އަލްޚަލީފާއެވެ.

އަދި، މި ކައުންސިލްގައި އަންހެނުންގެ ކަންކަމާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށާއި، ޢާންމުންގެ ތެރެއިން އަންހެނުން ތަމްޘީލުކުރުމަށް، ތަޖުރިބާ ލިބިފައިވާ 16 އަންހެން މެންބަރުންނަށްވުރެ މަދު ނޫން ޢަދަދަކަށް މެންބަރުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު