Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ބަޙްރައިނަށް ކުރައްވާ ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ ވަލީ އަޙްދު އަދި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

6 އޮކްޓޯބަރު 2022 | ބުރާސްފަތި 13:54

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 13:54
ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ ވަލީ އަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ ވަލީ އަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ ބަޙްރައިންގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ބަޙްރައިންގެ ވަލީޢަހްދު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ރާއްޖެއާއި ބަޙްރައިންގެ ދޭދޭ ގުޅުން ވަރުގަދަކުރުމާއި، ތަރައްޤީގެ ރޮނގުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިން (ޚާއްޞަކޮށް ފަރުތައް ދިރުވައި އާލާކުރުމާ ގުޅޭގޮތުން) ވަނީ މަޝްވަރާކުރައްފާއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ދެބޭފުޅުން ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޙްރައިންގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ބަޙްރައިންގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ވަލީއަޙްދު ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް ޞާލިޙުގެ މި ދަތުރުފުޅުގެ ކުރިން، ދިވެހިރާއްޖޭގެ އެއްވެސް ވެރިއަކު ބަޙްރައިންނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެއްނުވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖޫން 2017

ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

25 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި
24 ޖޫން 2017

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

24 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި
21 ޖޫން 2017

ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙްދަށް ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

21 ޖޫން 2017
ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙްދަށް ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
24 މާރިޗު 2017

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް