Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

6 އޮކްޓޯބަރު 2022 | ބުރާސްފަތި 03:14

ސެޕްޓެމްބަރު މަހު އައިސްފައިވަނީ 114،984 ފަތުރުވެރިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 03:14
ފަތުރުވެރިން

ފަތުރުވެރިން

އަހަަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު 4 ގެ ނިޔަލަށް މިއަހަރު 1،213،103 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖެ އައިސްފައިވަނީ 114،984 ފަތުރުވެރިން ކަމަށެވެ.

އޮކްޓޯބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހު 19،485 ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އޮކްޓޯބަރު 1 ގައި 4،703 ފަތުރުވެރިން އައިސްފައިވާއިރު، އޮކްޓޯބަރު 2 ގައި 5،417 ފަތުރުވެރިން އަދި 3 ގައި 4،786 ފަތުރުވެރިން އައިސްފައިވެއެވެ. އޮކްޓޯބަރު 4 ގައި 4،579 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

އަހަރުގެ މިހާތަނަށް އެވަރޭޖުކޮށް ކޮންމެ ދުވަހަކުވެސް 4،379 ފަތުރުވެރިން އަންނަ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި އާންމުގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން އައި ފަތުރުވެރިން 14.2 އިންސައްތަ ހިއްސާކުރެއެވެ. ދެވަނައިގައި ރަޝިއާ ހިމެނޭއިރު އެގައުމުން އައި ފަތުރުވެރިން 12 އިންސައްތަ ހިއްސާކުރެއެވެ. އަދި ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު އެގައުމުން 11 އިންސައްތަ ހިއްސާކުރެއެވެ.

މިވަގުތު ރާއްޖޭގައި އޮޕަރޭޓުކުރާ ޓޫރިސްޓު ފެސިލިޓީތަކުގެ ގޮތުގައި 1،185 ފެސިލިޓީއެއް ހިމެނެއެވެ. އަދި ޖުމްލަ ވެޑް ކެޕޭސިޓީއަކީ 58،493 ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް އިންޑަސްޓްރީންނާއި، ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް