Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސިނގިރޭޓު ފިލްޓަރު

ސިނގިރޭޓު ބަޓު: ބައެއްގެ ނާތަހުޒީބު އަމަލުން، މުރާލި ބައެއްގެ ޖީބަށް ތަނަވަސްކަން

މި އަހަރުގެ މަރޗް 31ގެ ނިޔަލަށް އެމީހުން ވަނީ 1.2 ބިލިއަން ސިނގިރޭޓް ބަޓް ރީސައިކަލް ކޮށްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 އޮކްޓޯބަރު 2022 | ބުދަ 06:53
ސިނގިރޭޓުގެ ސަބަބުން، ކަމާ ނުބެހޭ ބައެއްގެ ޖީބު ތަނަވަސްވެ، ދިރިއުޅުން ކޮޅަށް ޖެހެނަސް، ދުންފަތުގެ އިސްތިއުމާލު ކުރުމަށް އެއްވެސް ހާލެއްގައި ހިތްވަރު ދެވިގެން ނުވާނެ

ސިނގިރޭޓުގެ ސަބަބުން، ކަމާ ނުބެހޭ ބައެއްގެ ޖީބު ތަނަވަސްވެ، ދިރިއުޅުން ކޮޅަށް ޖެހެނަސް، ދުންފަތުގެ އިސްތިއުމާލު ކުރުމަށް އެއްވެސް ހާލެއްގައި ހިތްވަރު ދެވިގެން ނުވާނެ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އަންދާޒާތައް ބުނާ ގޮތުން، އަވަށްޓެރި އިންޑިއާގައި ދިރިއުޅޭ ސިނގިރޭޓު ބޯ މީހުންގެ ޢަދަދު، ގާތްގަނޑަކަށް، 267 މިލިއަނަށް އަރައެވެ. ވެރި ރަށް ނިއުދިއްލީގެ މަގުތަކަށް ބަލާލި ކަމުގައި ވި ނަމަވެސް، ތަފާތު އެކި ޒާތްޒާތުގެ ކުނިބުންޏާ އެކުވެފައިވާ ސިނގިރޭޓް ބަޓް ނުވަތަ ފިލްޓަރުތައް ފެނުމަކީ އާންމު ކަމެކެވެ.

ވިޔަފާރިވެރިޔާ ނަމާން ގުޕްތާއަށް މި ކުންޏަކީ ހަޒާނާއެކެވެ. ކުނިބުނި ބޭނުންކޮށްގެން އޭނާ ދަނީ ކުޑަކުދިން ކުޅޭ ޒާތުގެ ކުޅޭ ސާމާނާއި އެނޫންވެސް ތަކެތި އުފައްދަމުންނެވެ.

ގުޕްތާގެ ކުންފުނި، ކޯޑް އެފަރޓްއިން ކޮންމެ ދުވަހަކުވެސް އެތައް ހާސް ކިލޯގްރާމްއެއްގެ ސިނގިރޭޓް ފިލްޓަރު އެއްކުރެއެވެ. އެއީ މުޅިންވެސް މަގުތައް މަތިން ހޮވާ ފިލްޓަރެވެ. ގުޕްތާގެ ކާރުޚާނާ ހިންގަނީ އުތުރުގެ ސިޓީއެއް ކަމަށް ވާ ނޮއިޑާގައެވެ.

ބަޔަކު ބޮއެ އުކާލާފައި ހުންނަ ސިނގިރޭޓް ބުރިތައް ބޭނުންކޮށްގެން އެ ކާރުޚާނާގައި ނުއުފައްދާ އެއްޗެއް ނެތޭވެސް ދެންނެވިދާނެއެވެ.

ގުޕްތާ ހުރީ، އޭނާގެ ވިޔަފާރި އަދިވެސް އިތުރަށް ފުޅާ ކުރުމުގެ ޢަޒުމުގައެވެ.

ކާރުޚާނާގެ ބޭރުގައި އޮންނަ ހުސްބިމުގައި ކޯނިކޯންޏަށް އަންހެނުންގެ ގުރޫޕުތައް އަވަދިނެތި އުޅޭތީ ފެނެއެވެ. އެކަކު އަނެކަކާ ހީނ ސަމާސާކޮށް އޮލަވާހަކަތަކުގައި ވަގުތުތައް ހޭދަ ކުރަމުން ދަނީ، ސިނގިރޭޓް ފިލްޓަރުގައިވާ ކަރުދާހާއި ދުންފަތް ވަކިކޮށް، ސާފު ކުރުމުގެ ބުރު  މަސައްކަތުގައި މަޝްހޫލުވެ ތިބެގެންނެވެ.

ޕޫނަމް ފަދަ މީހުންނަށް، ގުޕްތާގެ ވިޔަފާރިން ކުރާ ފައިދާ ކިތަންމެ ހާވެސް ބޮޑެވެ. އެއް ގޮތަށް ވުރެ ގިނަ ގޮތުން ފައިދާ ކުރެއެވެ. ސިނގިރޭޓްގެ ސަބަބުން، ކަމާ ނުބެހޭ ބައެއްގެ ޖީބު ތަނަވަސްވެ، ދިރިއުޅުން ކޮޅަށް ޖެހެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމަށް އެއްވެސް ހާލެއްގައި ހިތްވަރު ދެވިގެން ނުވާނެއެވެ.

ސިނގިރޭޓް ބަޓް

އިތުރަށް ކިޔާލަން

27 ޖުލައި 2020

ސުޝާންތުގެ އެންމެ ފަހު ފިލްމް "ދިލް ބޭޗާރާ" އަށް ގިނަ ބައެއްގެ ތަރުހީބު!

27 ޖުލައި 2020
ސުޝާންތުގެ އެންމެ ފަހު ފިލްމް "ދިލް ބޭޗާރާ" އަށް ގިނަ ބައެއްގެ ތަރުހީބު!
27 މެއި 2020

އަލީ ރަމީޒުގެ ލަވަ ތަކަކީ ކޮޕީއެއް ކަމަށް ބުނެ 'ޒަކިއްޓެ' ކުރި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެ

27 މެއި 2020
އަލީ ރަމީޒުގެ ލަވަ ތަކަކީ ކޮޕީއެއް ކަމަށް ބުނެ 'ޒަކިއްޓެ' ކުރި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެ
29 އެޕްރީލު 2020

އާއިލާތަކަށް އެހީވުމަށް ސަލަމާން ޚާން ފެށި ކެންޕޭންއަށް ގިނަ ބައެއްގެ އެހީތެރިކަން!

29 އެޕްރީލު 2020
އާއިލާތަކަށް އެހީވުމަށް ސަލަމާން ޚާން ފެށި ކެންޕޭންއަށް ގިނަ ބައެއްގެ އެހީތެރިކަން!
29 ފެބުރުއަރީ 2020

ކުރިން ދުވާލަކު 40 ސިނގިރޭޓު ބޮން، މިހާރު އެއްކޮށް ހުއްޓާލައިފިން: ލޭޑީ ގާގާ

29 ފެބުރުއަރީ 2020
ކުރިން ދުވާލަކު 40 ސިނގިރޭޓު ބޮން، މިހާރު އެއްކޮށް ހުއްޓާލައިފިން: ލޭޑީ ގާގާ
04 ޖެނުއަރީ 2020

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ސާރާގެ އިންސްޓަރގްރާމަށް އެތައް ބައެއްގެ ލޯތައް

04 ޖެނުއަރީ 2020
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ސާރާގެ އިންސްޓަރގްރާމަށް އެތައް ބައެއްގެ ލޯތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު