Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަމުގެ ގާލާ އީވްނިންގ

އެކި ދާއިރާތަކުން 77 ފަރާތަކަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް

ރައީސް ނަޝީދާއި ގާސިމް އިބްރާހިމަށް ވެސް އެވޯޑް ލިބިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 10:02
ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ގާލާ އީވްނިންގައި ރައީސް ސާލިހު (ކ) ގާސިމް އިބްރާހިމް (މ) އަދި ރައީސް ނަޝީދު (ވ)

ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ގާލާ އީވްނިންގައި ރައީސް ސާލިހު (ކ) ގާސިމް އިބްރާހިމް (މ) އަދި ރައީސް ނަޝީދު (ވ)

ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން 77 ފަރާތަކަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް އަދި ރާއްޖެގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ގާލާ އިވްނިންގައި މި އެވޯޑްތައް ދީފައިވަނީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނަށެވެ.

Advertisement - newsAdvertisement

މި އެވޯޑްތައް ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

އެވޯޑް ފޮރ ދަ ވެލިއުބަލް ކޮންޓްރިބިއުޝަން އިން ދަ އިންސެޕްޝަން އޮފް ޓުއަރިޒަމް، ރައީސް ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނަށް އެރުވުނެވެ.

ރައީސް އިބްރާހިމް ނާސިރަކީ ފަތުރުވެރިކަން ފައްޓަވައިދެއްވުމުގައި 1972 ވަނަ އަހަރު އެންމެ މުހިންމު ނިންމެވުން ނިންމެވި ޝަހުސިއްޔަތެވެ. މިއަދުގެ މި ފަތުރުވެރިކަމަށް ލިބޭ މަންފާއަކީ އެމަނިކުފާނުގެ ސިޔާސަތުގެ ނަތީޖާއެވެ. މި އެވޯޑް ވަނީ އެމަނިކުފާނުގެ އާއިލާއާއި ހަވާލުކުރައްވާފައެވެ.

އެވޯޑް ފޮރ ދަ ވެލިއުބަލް ކޮންޓްރިބިއުޝަން އިން އެސްޓަބްލިޝިންގ މޯލްޑިވްސް އޭސް އަ ގްލޯބަލް ބްރޭންޑް، ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމަށް އެރުވިއެވެ. ރައީސް މައުމޫން ވަނީ ދުނިޔޭގެ މަޝްހޫރު ގްލޯބަލް ބްރޭންޑަކަށް ރާއްޖެވުމުގައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާދެއްވާ އިންޑަސްޓްރީ ކުރިއަރައިދެއްވުމަށް ބޮޑު އެއްބާރުލުމެއް ދެއްވާފައެވެ.

އެވޯޑް ފޮރ ދަ ވެލިއުބަލް ކޮންޓްރިބިއުޝަން އިން ދަ އިންސެޕްޝަން އޮފް ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް އިންދަ މޯލްޑިވްސް، ރައީސް މުހައްމަދު ނަޝީދަށް އެރުވުނެވެ. ރައީސް ނަޝީދު ވަނީ 2010 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ގެސްޓް ހައުސް ވިޔަފާރި އައު ހަރުފަތަކަށް ގެންދަވާ މި ސިޔާސަތުގެ ދަށުން ފަތުރުވެރިންނަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ.

އެވޯޑް ފޮރ ދަ އެގްޒެމްޕްލެރީ ކޮންޓްރިބިއުޝަންސް ޓު މޯލްޑިވްސް ޓުއަރިޒަމް، އަލްމަރުހޫމް ކަނޑި އިސްމާއިލް މަނިކަށް އެރުވުނެވެ. އަދި އެވޯޑް ފޮރ ދަ އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން ޓު ދަ މޯލްޑިވްސް ޓުއަރިޒަމް، އަލްމަރުހޫމާ އުއްމިއްޔާ ނަސީރަށް އެރުވުނެވެ. މީގެ އިތުރުން އަލްމަރުހޫމް ޒާހިރު އާދަމަށާއި، އަލްމަރުހޫމް އިބްރާހިމް ވާފިރަށް ވެސް މި އެވޯޑް އެރުވުނެވެ.

ސިނާއަތުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުގެ ތެރެއިން އެވޯޑް ފޮރ ދަ އެގްޒެމްޕްލެރީ ކޮންޓްރިބިއުޝަންސް ޓު މޯލްޑިވްސް ޓުއަރިޒަމް ގާސިމް އިބްރާހިމް އަދި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށް އެރުވުނެވެ.

އެވޯޑް ފޮރ ދަ އައުޓް ސްޓޭންޑިންގ ކޮންޓްރިބިއުޝަންސް ޓު މޯލްޑިވްސް ޓުއަރިޒަމް، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމަށް އެރުވުނެވެ. ނައިބް ރައީސްގެ އުމުރުފުޅުން 17 އަހަރުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެވަޑައިގެން 27 އަހަރު ވަންދެން ދިވެހި ޒުވާނުން ބިނާކުރުމަށާއި، މުވައްޒަފުންގެ ދުޅަހެޔޮކަމަށް އަދި ތަރައްގީއަށް އެކިއެކި މަސައްކަތް ވަނީ ކޮށްދެއްވާފައެވެ. މިގޮތުން 2015 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ ހިދުމަތްތައް ފާހަގަކޮށް ސްޕެޝަލް ރިކޮގްނިޝަން އެވޯޑެއް ވެސް ނައިބް ރައީސަށް ވަނީ ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދާއި، އަބްދުﷲ ޖާބިރު ފަދަ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ބޭފުޅުންނަށް ވެސް ވަނީ އެވޯޑް ދެއްވާފައެވެ.

ގާލާ އީވްނިންގައި އެކި ގޮތްގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ޚިދުމަތްކޮށްދެއްވާފައިވާ 77 ފަރާތަކަށްވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވާފައެވެ. މީގެތެރޭގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކާއި ކޮމިއުނިކޭޝަން ހިދުމަތްތައް ދީފައިވާ ފަރާތްތައް ހިމެނެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްމުޙައްމަދު މޫސާ (އުއްޗު)

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު