Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޒްހާންގެ މަރު

އަޒްހާންގެ ފޯނު ފެނިއްޖެ، މަރާލި ކަމަށް ބެލެވޭ ހެއްކެއް ނެތް: ފުލުހުން

އަޒްހާން ފެނިފައިވަނީ ނިރޮޅުމަގު ހުޅަނގު ފަރާތުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 އޮކްޓޯބަރު 2022 | އަންގާރަ 00:19
އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް އާދީއްތަ ދުވަހު ފެނުނު މުހައްމަދު އަޒްހާންގެ ފޯނު ފެނިފައިވާ ކަމަށާއި އޭނާ މަރާލީ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަޒްހާންގެ މަރާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ފުލުުހުން ނެރުނު ބަޔާނެއްގައި ބުނީ 18 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާން ގެއްލިގެން އުޅޭ ކަމަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ 19 ސެޕްޓެމްބަރު 2022 ގައި ކަމަށެވެ. މައްސަލަ ހުށަހަޅުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން މާލެ އާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް އެ މައުލޫމާތު ހިއްސާކުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން އަޒްހާން ގެންގުޅޭ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ. އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހާ ހަމައަށް ވެސް އަޒްހާނުގެ ޚަބަރެއް ވެފައި ނުވާތީ އާއިލާގެ ހުއްދައާއެކު އޭނާ ހޯދަން އިއުލާން ކުރިކަމަށާއި އޭނާ އާ އެންމެފަހުން ބައްދަލުވި ކަމަށް ފާހަގަކުރެވުނު މީހުންނާ ސުވާލުކޮށް، ފުލުހުންނާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތައް ބަލާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިޔާ ފްލެޓް ކައިރިން ޓެކްސީއެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓްހައުސްއަކަށް އަޒްހާން ގޮސްފައިވާކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

އަދި އެ ގެސްޓްހައުސްއާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖުތައް ނަގައި އެނަލައިޒްކޮށް، ތަހުޤީޤަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކް ސަރަހައްދާއި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދު ފާސްކުރި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒުހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައިވަނީ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދާ ދިމާ ނިރޮޅުމަގުގެ ހުޅަނގު ފަރާތުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވާކަމަށް ފުލުހުން ބުނެއެވެ. އެއާއެކު، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ބަދަލުކޮށް މިހާރު ވަނީ ތަޙުޤީޤު ފަށާފައެވެ. އަދި އޭނާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

ތަހުގީގުގެ ތެރެއިން އޭނާގެ ފޯނު ހޯދާފައިވާއިރު، މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ތަހުގީގުގައި ކުރަމުންއައި މަސައްކަތްތައް ކޮންމެ ދުވަހަކު އާއިލާއާ ހިއްސާ ކުރަމުން ދިޔަ ކަމަށެވެ.

މުހައްމަދު އަޒްހާންމަރުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު