Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަމުގެ ސިނާއަތް

ލޯކަލް ޓުއަރިޒަމް އިން ރިސޯޓްތަކަށް ގެއްލުންވާނެ ކަމަކަށް ނުބެލެވޭ: އަފީފް

ރާއްޖެ އަކީ ވަން އައިލެންޑް ވަން ރިސޯޓް ހިމެނޭ ގޮތަށް އޮތް އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ވަރަށް މުހިންމު ބާރެއް: އަފީފް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2022 | ހޯމަ 11:28
ހުސެއިން އަފީފް

ހުސެއިން އަފީފް

ލޯކަލް ޓުއަރިޒަމް އިން ރިސޯޓްތަކަށް ގެއްލުންވާނެ ކަމަކަށް ނުބެލެވޭ ކަމަށް މަޓީގެ ނައިބުރައީސް އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ޗަމްޕާ ޙުސައިން ޢަފީފު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި މެދު ކުރެވޭ ތަސައްވުރާއި މެދު ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ރާއްޖޭގައި ހުރި ޕްރޮޑަކްޓް ރަނގަޅުވެފައި ކޮންމެ މީހަކަށް ވެސް ރާއްޖެ އައުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ. ރާއްޖޭގައި ރިސޯޓްތައް އިތުރުވެ، ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި އާއި ހޯމް ސްޓޭގެ ޚިދުމަތް ފެށުމަކީ ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބުނު ރަނގަޅު ކުރިއެރުމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެކަންތައްތައް ރަނގަޅަށް ކުރިއަށް ގެންގޮސް، ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކޮށްދީފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ރަނގަޅަށް ކުރިއަރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އެކަމުގެ ސަބަބުން ރިސޯޓްތަކަށް ގެއްލުންވެދާނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖެ އަކީ ވަން އައިލެންޑް ވަން ރިސޯޓް ހިމެނޭ ގޮތަށް އޮތް އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ވަރަށް މުހިންމު ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސުނާމީ ކާރިސާ ދިމާވި އިރުވެސް އެ ހާލަތުން އެހާ އަވަހަށް ރާއްޖޭގެ ފަތުރުވެރިކަމަށް އަރައިގަނެވުނީ ރާއްޖޭގެ ރަނގަޅަށް ހުރި ރަށްރަށުން ސުނާމީގެ ސަބަބުން ލިބުނު ގެއްލުން ފެންނަން ނެތުމުން ކަަމަށާއި ލަންކާ ފަދަ އެހެން ގައުމުތަކުގައި ފަތުރުވެރިކަން ކުރިއަރުވަން އޭރު އުނދަނގޫވީ ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތައް ވަށައިގެން ފެންނަން ހުރުމުން ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ. އެކަންކަމަށް ބަލާއިރު ގެސްޓް ހައުސްގެ ސަބަބުން ރިސޯޓްތަކަށް ވެސް ގެއްލުން ނުކުރާނެ ކަަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަފީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޕްރޮޑަކްޓް ރަނގަޅުވެ އިގްތިސާދު ކުރިއަރާ ވަރަކަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އަފީފް ވިދާޅުވިއެވެ. އެންމެ މުހިންމުކަމަކީ ލިބޭ ފައިސާ ރަނގަޅަށް މެނޭޖްކުރުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަން ފެށުނު އިރު ކާބޯތަކެތި ހޯދުމަކީ ވެސް ވަރަށް ދަތިކަމެއް ކަަމަށާއި އެހެންނަމަވެސް ފަތުރުވެރިކަމުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑު ބަދަލެއް އައި ކަމަށް އޭނާ ވިދާޅުވިއެވެ. އަފީފް ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި އެކު މަޑުމަޑުން ރާއްޖެ، ދުނިޔެ އަށް ހުޅުވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ މަސައްކަތް ފުރަތަމަ ފެށި އިރު ވެސް ގިނަ ގޮންޖެހުންތަކާއި ދިމާވި ކަމަށް އަފީފް ފާހަގަކުރެއްވިއެވެ. އެގޮތުން ފަންޑު ހޯދުމުގެ މަސައްކަތަކީ އޭރު ވެސް މިހާރު ވެސް އޮތް ވަރަށް ބޮޑު ދައްޗެއްކަން އަފީފް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ލޯނު ނަގާ މީހުން ލޯނު ނުދައްކާ ނަމަ ބޭންކްތަކުން ލޯނު ދިނުމަށް ޖެހިލުންވާކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވީ ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށް އަފީފް ވަނީ ފާހަގަކުރައްވާފައެވެ.

ޗަމްޕާ އަހުމަދު އަފީފު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ކޮވިޑް-19ގެ ތެރޭގައި ރައީސް ދެއްކެވި ނަމޫނާއަށް ޗަމްޕާ ހުސެއިން އަފީފުގެ ތައުރީފް

ކޮވިޑް-19ގެ ތެރޭގައި ރައީސް ދެއްކެވި ނަމޫނާއަށް ޗަމްޕާ ހުސެއިން އަފީފުގެ ތައުރީފް

18 ޖުލައި 2022
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު