Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން ފުޅާކުރުން

ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ - ނަސީމް

އާރުޓީއެލްގެ ސަބަބުން އިގްތިސާދީ އެހެނިހެން ކަންކަމަށް މަގުފަހިވެގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2022 | ހޯމަ 09:49
ހެލްތު މިނިސްޓަރު އަދި ފަތުރުވެރިކަމުގެ އެއް ބާނީ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު އަދި ފަތުރުވެރިކަމުގެ އެއް ބާނީ އަހުމަދު ނަސީމް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް، ފަތުރުވެރިކަމުގެ ބާނީ އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖެ ޓީވިއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރާ ކަމަކީ އިންފްރާސްޓްރަކްޗަރ ހަމަޖައްސައިދެއްވުން ކަމަށެވެ. އަދި ހިދުމަތް ދެވޭނީ އެ އިންފްރާސްޓްރަކްޗަރ ބޭނުން ކުރައްވައިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާރުޓީއެލްއަކީ އެކަމުގެ މިސާލެއް ކަމަށާއި، އެއީ ފައިދާ ނުވާނެ ހިދުމަތެއް ނަމަވެސް، އެކަމުގެ ސަބަބުން އިގްތިސާދީ އެހެނިހެން ކަންކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެ ނެތިއްޔާ ނުވާނެ ކަމަށާއި، ރަނގަޅު ކޮލިޓީ ޓްރާންސްޕޯޓު ސިސްޓަމެއް ރާއްޖޭގައި ގާއިމްކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ތަރައްގީގެ މައިބަދަ ކަމަށާއި، އެކަމަކީ ހުރިހާ ފަރާތްތަކެއްގެ ޝާމިލްވުން ހިމެނިގެންދާކަމެއް ކަމަށެވެ.

އާރުޓީއެލް ފަދަ އިންވެސްޓްމަންޓަކީ އޭގެ ޒާތުގައި އެއިން ފައިދާ ނުވި ނަމަވެސް އޭގެ ސަބަބުން އިގްތިސާދަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމުގެ ސްޓްރެޓެޖީއެއް ސަރުކާރުގައި އެބައޮތް ކަމަށާއި، މިކަން ކުރެވެނީ އެހެންވެގެން ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއަށް ބަލާލާއިރުގައި ވެސް ސަރުކާރުން ޓަރޝިއަރީ ހޮސްޕިޓަލްތައް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ދެން އޮތް މަސައްކަތަކީ ހިދުމަތް ރަނގަޅު ކުރުން ކަމަށާއި، ކަންދިމާކުރި ގޮތުން ކޮވިޑް އައިސްގެން އިގްތިސާދީ ދަތިތަކެއް ދިމާވި ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާއެކު ރާއްޖެގެ ފަތުރުވެރިކަމަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. ބޯޑަރު ބަންދުކުރުމަށްފަހު އަލުން ޖުލައި 15 ގައި ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލެވުނު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ދުރުވިސްނޭ ގޮތަކަށް ރޭވިގެން ކުރެވުނު ކަމެއް ކަމަށެވެ.

ކޮވިޑް މެނޭޖްކުރުމާއި އިގްތިސާދު ނެގެހެއްޓުމުގެ މޭސްތިރިޔަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހުދު އޭނާ ވެސް ހުންނެވީ ބިރުން ކަމަށާއި، ނަމަވެސް ރައީސް އެޅުއްވި ފިޔަވަޅުތަކަކީ އަޅުގަނޑުމެންގެ މާހައުލަށް ބަލާފައި އެޅުއްވި ފިޔަވަޅުތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ކަންކަން ހިނގާފައިވަނީ ދުރުވިސްނޭ ރަނގަޅު ސިޔާސަތެއްގެ ދަށުން ކަމަށެވެ. ސިއްހީ ވުޒާރާއިން މަސައްކަތް ކުރެއްވީ ރައީސް އެންގެވިގޮތަށް އެކަންކަން ކުރެއްވުމަށް ކަމަށާއި، އެކަން ކާމިޔާބުވެ ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ރާއްޖެއަކީ ލާމަސީލު މިސާލެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމަށް މިހާރު މަސައްކަތް ކުރަމުން އެދަނީ ރަނގަޅަށް ކަމަށެވެ. އެއަރޕޯޓް ހެދުމާއި، ޓްރާންސްޕޯޓުގެ ވިއުގަ ގުޅުވާލުމާއި ސީޕްލޭންގެ މަސައްކަތް ފެށުން މިއީ ވަރަށް ބޮޑު ކަންކަން ކަމަށެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލްގައުމީ ފަތުރުވެރިކަމުގެ ދުވަސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

18 ޑިސެމްބަރު 2022
ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

06 ޑިސެމްބަރު 2022
ގައުމީ ޔުނިވަރސިޓީގެ "ޓޫރިޒަމް ޖުބްލީ ވޯކް" ބާއްވައިފި

ގައުމީ ޔުނިވަރސިޓީގެ "ޓޫރިޒަމް ޖުބްލީ ވޯކް" ބާއްވައިފި

19 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު