Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ކިހިނެއް؟" ކެމްޕޭން

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

ކޮވިޑަށްފަހު އިތުރުވެފައިވާ އެންމެ ބޮޑު ސިއްޙީ މައްސަލައަކީ ނަފްސާނީ ބަލިތައް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2022 | އަންގާރަ 02:08
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދައިން ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ހޯމަ ދުވަހުގެ ރޭ ފެށި "ކިހިނެއް؟" ކެމްޕޭން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ސިއްޙީ ގޮތުން ދުޅަހެޔޮވުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދުޅަހެޔޮވުން ކަމަށާއި ސިއްހަތަކީ އަސާސީ ޙައްގަކަށްވާއިރު އެ ޙައްގު ކަށަވަރު ކުރެވޭނީ ވެސް ނަފްސާނީ ދުޅަހެޔޮކަމުގެ ޙައްގު ކަށަވަރު ކުރެވިގެން ކަމަށެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ރިޕޯޓާ ހަވާލާދީ ނަސީމް ވިދާޅުވީ ކޮވިޑަށްފަހު އިތުރުވެފައިވާ އެންމެ ބޮޑު ސިއްޙީ މައްސަލައަކީ ނަފްސާނީ ބަލިތައް ކަމަށެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި އެކަމަށް ހާއްސަ އިސްކަމެއް ދީގެން ޑަބްލިއުއެޗްއޯއިން މަސައްކަތްތައް ފަށާފައިވާއިރު މި ސަރުކާރުން އޭގެ ކުރިންވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ކުރެވެނީ ސަރުކާރުގެ އެންމެ އިސް ދަފުގައި ވިލަރެސް ކުރެވިގެން ކަމަށާއި އަތޮޅުތެރޭގައި އެ މަސައްކަތް ފުޅާކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ މަސްތުވާތަކެއްްޗާ ގުޅިފައިވާ ތަފާތު އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ ގޮތުން ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުން ފަދަ ކަންކަން ކުރަމުން އަންނައިރު އޭގެ ސަބަބުން ވެސް ނަފްސާނީ މައްސަލަތައް ދިމާވާ ކަމަށާއި އެކަންކަން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ނަފްސާނީ ސިއްޙަތާ މެދު މީހުން ދެކޭ ގޮތާއި މައުލޫމާތު ހުރި މިންވަރާއި ތަފާތު ކުރުން އިތުރު ކަމާއި ހޭލުންތެރިކަން ކުޑަ މިންވަރު ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން "ކިހިނެއް؟" ކެމްޕޭނުގެ ސަބަބުން އެ މައުލޫމާތުތައް އިތުރަށް ހާމަކޮށް ރައްޔިތުން ހޭލުންތެރިކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ޚިދުމަތް ދޭން ތިބި މީހުންގެ އަދަދު މަދުކަން ނަސީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ބަދަލު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްނަފްސާނީ ދުޅަހެޔޮކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު