Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން

މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް

މާމެންދޫގައި ނުނިމި ހުރި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ މިނިސްޓްރީން ހަވާލުކުރި ފަރާތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ނޮވެމްބަރު 2022 | ބުދަ 09:01
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގއ. މާމެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓު ނުނިމި ގިނަ ދުވަސްވުމުގެ ސަބަބުން ޕްރޮޖެކްޓު ހަވާލުކުރެވުނު ފަރާތުގެ ކޮންޓްރެކްޓު ޓަރމިނޭޓުކޮށް، އެތަނުގައި ނުނިމި ހުރި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ މިނިސްޓްރީން ހަވާލުކުރި ފަރާތުން ކަމަށެވެ.

އަދި އެކްސްޓެންޝަން އިމާރާތުގެ ނުނިމި ހުރި މަސައްކަތާއި ލެބޯޓަރީ ގާއިމްކުރުމަށް އަޅަންޖެހޭ އިމާރާތް އެޅުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކުރެވި މި 2 ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނިލަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް ނުނިމި ގިނަ ދުވަސްވުމުގެ ސަބަބުން ޕްރޮޖެކްޓު ޓަރމިނޭޓުކޮށް އެތަނުގައި ނުނިމި ހުރި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ފަރާތުން ކަމަށެވެ.

ނަމަވެސް އެކްސްޓެންޝަން އިމާރާތުގެ ނުނިމި ހުރި މަސައްކަތާއި ލެބޯޓަރީ ގާއިމްކުރުމަށް އަޅަންޖެހޭ އިމާރާތް އެޅުމަށް 2 ފަހަރު އިއުލާންކޮށްގެން ވެސް ހުށަހަޅާފައިވާ ބިޑްތައް މާބޮޑަށް އަގުބޮޑުވެފައިވާތީ އަލުން އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް އަށް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްގއ. ނިލަންދޫގއ. މާމެންދޫހެލްތު މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
28 ސެޕްޓެމްބަރު 2025

އުދައްޔު މަރާލި މައްސަލައިގައި ޝަމީމު އައި މާޒިން މެރުމަށް ހުކުމްކޮށްފި

28 ސެޕްޓެމްބަރު 2025
އުދައްޔު މަރާލި މައްސަލައިގައި ޝަމީމު އައި މާޒިން މެރުމަށް ހުކުމްކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު