Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިނިސްޓަރ ނަސީމްގެ ލުއި ފަރާތް

މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން

ނަސީމަކީ ގަސް އިންދުމަށް ލޯބިކުރައްވާ ބޭފުޅެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 10:42
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

މިވަގުތު ހެލްތު މިނިސްޓަރގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމަކީ މި ގައުމަށް ޚިދުމަތްކޮށްދެއްވުމުގައި އެމަނިކުފާނުގެ މުޅި އުމުރު ހޭދަކުރައްވަމުންގެންދަވާ ބޭބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޅަ އުމުން ފެށިގެން އެކި ދާއިރާތަކުން ޚިދުމަތްކޮށްދެއްވައި, ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ މި ބޭފުޅާއަކީ ރައްޖެއަށް ފަތުރުވެރިކަން ތައާރަފުކޮށްދެއްވި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަދި މިހާރު ނަސީމަކީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވިފައިވާ ބޭފުޅެއްވެސް މެއެވެ. އަބަދުވެސް ދެކެވެނީ ނަސީމް މި ގައުމަށާއި, ގައުމުގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ ވާހަކައެވެ. އެހެންނަމަވެސް މިފަހަރު މި ވާހަކަތަކާ ދުރަށް ޖެހިލައި, ތަންކޮޅެއް ލުއި ކޮށްލާނަމެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީފެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ނަސީމް ވަނީ އެމަނިކުފާނުގެ ހަޔާތުގެ އެތައް ވާހަކަތަކެއް ހިއްސާކޮށްދެއްވާފައެވެ. އަމިއްލަފުޅު ބައެއް ކަންކަންވެސް ހިމެނޭހެންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ ގަސް އިންދުމަށް އެމަނިކުފާނު ލޯބިކުރައްވާ މިންވަރު ހާމަކުރައްވާފައެވެ. ނަސީމް ވަނީ މާލޭގައި ތަރައްގީކޮށްފައިވާ ލޮނިޒިޔާރަތް ބަގީޗާގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. އާންމުގޮތެއްގައިވެސް ގަސް އިންދާ އުޅުއްވާކަމަށާއި, މިއީވެސް ވަރަށް ޝައުގުވެރިކަމާއެކު ކުރެއްވި މަސައްކަތެއް ކަމަށް ނަސީމް ވިދާޅުވިއެވެ. ގަސްތަކުން ވަރަށް ބޮޑު ހިތްފަސޭހަކަމެއް ލިބިލައްވާ ކަމަށާއި, އެންމެ ބޮޑު އުފަލެއް ލިބިލައްވަނީ މަލަކާ ދިމާލަށް ބަލާލެއްވުމުން ކަމަށް ނަސީމް ވިިދާޅުވިއެވެ.

ނަސީމްއަކީ ރާއްޖޭގެ މުޅި ސިއްހީ ދާއިރާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ބޭފުޅާއަށްވާއިރު ކޮންމެ ދުވަހަކުވެސް ފަތިހު 4:30 ގައި އޭނާގެ ދުވަސް ފަށާކަމަށް ނަސީމް ވިދާޅުވިއެވެ. އަދި 8 ނުޖަހަނީސް އޮފީހަށް ވަޑައިގަންނަވާ ކަމަށާއި, އަދި އެހެން މުވައްޒަފުން އޮފީހަށް ދިއުމުގެ ކުރިން ދުވަހުގެ ކަންކަން ރާއްވަވާ ހައްދަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ގިނަ މަސްއޫލިއްޔަތުތަކަކާއެކު ބިޒީ ދިރިއުޅުމެއް އުޅުއްވިނަމަވެސް ލަވަ އަޑުއެހުމާއި ފިލްމު ބެލުން ފަދަ ކަންކަން ކުރައްވާކަމަށް ނަސީމް ވިދާޅުވިއެވެ. ޒަމާނީ ލަވަތަކަށްވުރެ ކުރީގެ ލަވަތައް މާ ކަމުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުޅިވަރުތަކުގައި އެހާ ބޮޑަށް ބައިވެރިވެވަޑައިނުގެންނެވިޔަސް ކުރިން ވަރަށް ގިނަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފައިވާނެކަމަށް ނަސީމް ވިދާޅުވިއެވެ. މި ހުރިހާ ކުޅިވަރެއްގެ ތެރެއިންވެސް ވޮލީއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކަން ނަސީމް ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމެެއްގެ އިތުރުން ނަސީމް ވަނީ އޭނާ ގައުމަށް ކޮދެއްވާފައިވާ ޚިދުމަތްތައް މި ސަރުކާރުން ބަލައިގެންފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް ޝުކުރު އަދާކުރައްވާފައެވެ. ބަޔަކު ކުރާ މަސައްކަތެއް ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ. މިއީ ޒުވާނުންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށާއި, ނަސީމަށްވެސް ގިނަ މަސައްކަތްތައް ކުރެވިފައިވަނީ ޒުވާން ދައުރުގައި ކަމަށް ވިދާޅުވިއެވެ.

ނަސީމް ވަނީ ޒުވާނުން ނިކުމެ ގައުމު ކުރިއަރުވަން މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޒުވާނުންނަށް ނަސީމް ވަނީ މެސެޖެއްވެސް ދެއްވާފައެވެ. "ހުރިހާ ޒުވާނުންވެސް ކަންތައްތައް ރަނގަޅުކުރުމަށް ފިކުރު ކުރާށޭ. އައު ގޮތްގޮތް ނެރޭށޭ. އޭރުންނޭ ކުރިއެރުން ލިބޭނީ" ނަސީމް ވިދާޅުވެފައި ވެއެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2023

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!
07 އެޕްރީލު 2023

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި
18 ޑިސެމްބަރު 2022

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

18 ޑިސެމްބަރު 2022
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި
06 ޑިސެމްބަރު 2022

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

06 ޑިސެމްބަރު 2022
ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް
08 ނޮވެމްބަރު 2022

އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް

08 ނޮވެމްބަރު 2022
އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު