Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް

ގައުމީ ޔުނިވަރސިޓީގެ "ޓޫރިޒަމް ޖުބްލީ ވޯކް" ބާއްވައިފި

މިއީ ފަތުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2022 | ހޮނިހިރު 13:59
ޓޫރިޒަމް ޖުބްލީ ވޯކް

ޓޫރިޒަމް ޖުބްލީ ވޯކް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ "ޓޫރިޒަމް ޖުބްލީ ވޯކް" ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެގޮތުން، ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް (އެފްއެޗްޓީއެސް)އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ.

Advertisement - newsAdvertisement

މި ހަރަކާތުގައި އެ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންނާއި މުސްކުޅި ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންވެސް ބައިވެރިވިއެވެ.

އެފްއެޗްޓީއެސްއިން މައުލޫމާތުދޭގޮތުގައި "ޓޫރިޒަމް ޖުބްލީ ވޯކް"ގެ ނަމުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި 300އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވިއެވެ. އަދި މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށްވެސް އެ ފެކަލްޓީން ބުނެއެވެ.

މި ހިނގާލުން ފެށީ ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުންނެވެ. ހިނގާލުމުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު ހިނގާލުން ނިންމާލާފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް، ޔޫތު ސެންޓަރާ ހަމައަށެވެ.

ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު ވިދާޅުވިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އެ ޔުނިވަރސިޓީން މިފަދަ ހަރަކާތެއް ބޭއްވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި އެންމެ ދިގު މުއްދަތަކަށް މަސައްކަތްކުރަމުން އަންނަ އިންސްޓިޓިއުޓަށް އެ ޔުނިވަރސިޓީ ވާތީކަމަށެވެ. އަދި އެފްއެޗްޓީއެސްއިން ކިޔަވާ ކޯސްތަކަކީ އިންޓަރނޭޝަނަލީ އެކްރެޑިޓެޑް ކޯސްތަކަށް ހެދުމަށް މިހާރު މަސައްކަތް ކުރަމުން އަންކަން ފާހަގަކޮށް ރާއްޖޭގެ ސްކޫލްތަކުގެ ހުރިހާ ދަރިވަރުން އެ ފެކަލްޓީއާ ގުޅުމަށް ދައުވަތުދެއްވިއެވެ.

މި ހިނގާލުން ޝަރަފުވެރިކޮށްދެއްވައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ސްކޫލް ދަރިވަރުންނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ހިތްވަރުދެއްވާފައެވެ. އަދި މިހާރު އެ ދާއިރާއަށް ނުކުންނަ ދަރިވަރުންނަށް ބަލައި، އެ ދާއިރާ ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބު ދާއިރާއަކަށް ވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި މި ހިނގާލުމުގައި، ގައުމީ ޔުނިވަރސިޓީން ކިޔަވައިގެން މިއަދު ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު މަގާމުތަކުގައި ތިބި ފަރާތްތަކުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ހިތްވަރުދީ އެ ފަރާތްތަކުގެ ތަޖުރިބާތައް ބައިވެރިންނާ ހިއްސާކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަންޓޫރިޒަމް މިނިސްޓްރީޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު