Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިންގަޔަށް ނާރާ ބަލިތައް

އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއް ގެންނަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2022 | އަންގާރަ 02:06
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ގައިންގަޔަށް ނާރާ ބަލިތައް މިހާރު ހުރި ނިސްބަތުން، މަދުވެގެން 3 ބައިކުޅަ 1 ބައި ދަށްކުރުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު މިފަދައިން ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކުގެ މަޢުލޫމާތު ހާމަކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލު ކުރުމަށް ކަނޑައަޅާފައިވާ ޚާއްޞަ މަސައްކަތްތައް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލު ކުރުމަށް ކެމްޕޭނެއް އިއުލާނުކޮށް، އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މިނިސްޓަރު ވަނީ މި ކެމްޕޭން އަދި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށާއި އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މި ޕްލޭނަކީ ފަރުދުންނާއި ޖަމާއަތްތަކާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ވަށާޖެހޭގޮތަކަށް އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޕްލޭނެއްކަން މިނިސްޓަރު ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރިގޮތް ދެނެގަތުމަށްޓަކައި އެމްއެންޔޫ އިން ކޮށްފައިވާ ސާވޭ އަށް އަލިއަޅުވާލައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެވޭނީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ވަރަށް ބޮޑު ބަދަލެއް ގެނެސްގެންކަން ހާމަވެގެން ގޮސްފައިވާކަމަށެވެ. ރަނގަޅު ކެއުން ކެއުމާއި، ހެލިފެލިވެ އުޅުމާއި، ނުރަނގަޅު އާދަތަކުން ދުރުވެ، ތިމާގެ އަމިއްލަ ސިއްހީ ހާލަތު ޔަގީންކޮށް ދެނެގަތުން މުހިންމުކަމުގައި މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.

އަދި މިއީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އަދާކޮށްދޭންޖެހޭ ޒިންމާ އެއް ކަމަށާއި، ކޮންމެ މީހަކު ވެސް މި ޒިންމާ އަދާކޮށް، ތިމާ ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިވެ، ތިމާގެ ބެލުމުގެ ދަށުގައި ތިބޭ އެހެން މީހުންނަށް ރަނގަޅު ނަމޫނާ ދައްކާ، ޅަދަރިން ޞިއްޙީ ރަނގަޅު އާދަތަކަށް އަހުލުވެރި ކުރުވަންޖެހޭކަމުގައި މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު