Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމްރާ ވިސާ

އުމްރާ ވިސާ ތިންމަހަށް ދޭން ސައުދީ ސަރުކާރުން ނިންމައިފި

ސައުދީން މިކަން އިއުލާނުކޮށްފައި ވަނީ މުސްލިމުންގެ އާބާދީ ގިނަ އުޒްބަކިސްތާނުގެ ރައީސާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 އޮކްޓޯބަރު 2022 | ހޯމަ 08:45
ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ ޑރ ތައުފީގު އަލް ރާބިޔާ

ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ ޑރ ތައުފީގު އަލް ރާބިޔާ

ކުރިން އެއް މަސްދުވަހަށް ދެމުން އައި އުމްރާ ވިސާ ކުރިޔަށް އޮތް ތާނގައި ކޮންމެ ގައުމެއްގެ ކޮންމެ މީހަކަށްވެސް ތިން މަސް ދުވަހަށް ދޭން ސައުދީ ސަރުކާރުން ނިންމައިފި އެވެ. މިކަން އިއުލާން ކުރައްވާފައިވަނީ ސައުދީ މިނިސްޓްރ އޮފް ހައްޖު އެންޑް އުމްރާ ޑރ ތައުފީގު އަލް ރާބިޔާ އުސްބަކިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ރައީސް ޝައުކަތު މީރްޒީޔޮޔޭވް އާއެކު އާދީއްތަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިދަތުރުފުޅުގައި ޒަމާންވީ ރަހުމަތްތެރި ދެގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އާއި އުޒްބަކިސްތާނާ ދެމެދު ވަނީ އެކި ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމުގެ އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ތެރެއިން ގިނަ އެއްބަސްވުންތަކަކީ ހައްޖާއި އުމްރާގެ ތެރެއިން އެއްބާރުލުން އިތުރު ކުރުމަށް ވެވުނު އެއްބަސްވުންތަކެވެ.

ސައުދީ މިނިސްޓަރު އޮފް ހައްޖު ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް19 އަށް ފަހު ބޯޑަރު ހުޅުވާލުމުން އެންމެ ފަހު ހައްޖުގައި ވެސް އުޒްބަކިސްތާންގެ 12ހާސް މީހުން ހައްޖުވެފައިވެއެވެ. އަދި ފާއިތުވި ދެމަސް ދުވަހު އެކަނި ވެސް އުޒްބަކިސްތާންގެ 36ހާސް މީހުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ.

ސައުދީ މިނިސްޓްރ އޮފް ހައްޖު އެންޑް އުމްރާ ޑރ ތައުފީގު އަލް ރާބިޔާ އުޒްބަކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ހައްޖާއި އުމްރާވެރިންނަށް ދެވޭ ބައެއް ޚިދުމަތްތައް އޮޓޮމޭޓުކޮށް ވިސާ އަވަހަށް ލިބޭނެގޮތް ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން އެދެގައުމު ދެމެދު އިތުރު ފްލައިޓުތައް ހަމަޖެއްސުމާއި ބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރެވުނެވެ.  

ހައްޖު އެންޑް އުމްރާ މިނިސްޓަރދުނިޔެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

05 ފެބުރުއަރީ 2025
އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު