Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން

ހަނިމާދޫ އެއާޕޯޓާއި އެކު، ޖާބިރު ބޮޑު ތިލަދުންމަތީގައި އިތުރު 4000 އެނދު ތަރައްޤީކުރުމުގެ ފޮނި އުންމީދުގައި

ހަނިމާދޫ އެއާޕޯޓާއި އެކު ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 އޮކްޓޯބަރު 2022 | އާދީއްތަ 14:29
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ބޮޑުތިލަދުންމަތީގައި 4000 އެނދު ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް ބޮޑުތިލަދުންމަތީގެ ރިސޯޓް ދާއިރާ އަށް އެންމެ ބޮޑަށް އިންވެސްޓްކުރައްވާފައިވާ، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ފަތުރުވެރިކަމުގެ 8000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ ހއ. އުތީމު އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ހަނިމާދޫ ވެގެންދާނީ، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑުބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް ކަމަށެވެ. މިފަހަރު، އެންމެ ފަހުކަމެއްގެ ގޮތުގާ ނޫނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ނަންބޯޑު ހަރެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސްގެ އެ ވާހަކަފުޅުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރާނީ ސަރުކާރުން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އިންވެސްޓަރުންގެ ބައިވެރިވުން ހޯއްދަވާނެ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެން ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މައި އެއާޕޯޓުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެކަނި އޮތުން ކަމަށެވެ. އެހެންކަމުން ހަނިމާދޫ އެއާޕޯޓް ތަރައްގީވުމުން އިންވެސްޓަރުން އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ އެ ސަރަހައްދުގައި 4 ރަށް ހިމެނޭ ހެން ފަތުރުވެރިކަމަށް ވީހާވެސް ގިނަ އެނދު ތަރައްގީކުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. އެ ސަރަހައްދުގައި ބިމުގެ ގޮތުން ބަލާ އިރު އެންމެ ބޮޑު ރަށްތަކުގައި ފަތުރުވެރިކަމަށް އިންވެސްޓްކޮށްފައި ވަނީ އެމަނިކުފާނު ކަމަށް ވާއިރު އެ ރަށްތަކުގައި ތަރައްގީ ކުރާ ވަސީލަތްތަކުގެ ތެރޭގައި ޓަވަރުތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ 8000 އެނަދަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފީސިބްލްކޮށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު އަދަދު ކަމަށް ވެސް ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަން ކުރިއެރުވޭނީ އިތުރު އެނދުތައް ތަރައްޤީކޮށްގެން ކަމަށް ވާއިރު އެ މަރުހަލާގައި ސަރުކާރުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއި އެކު އެ މަސައްކަތް ކުރެވިއްްޖެ ނަމަ ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަށް ވަރަށް ރަނގަޅު ކުރިއެރުމެއް އަންނާނެކަން ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީ އާއި އެކު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކުރަން ނިންމާފައި ވަނީ ސަތޭކަ ތިރީސް ހަ މިލިއަން ހަ ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ އަށްޑިހަ ހަ އެމެރިކާ ޑޮލަރު، ސާޅީސް ހަތަރު ސެންޓް އަށެވެ. ( 136,625,386.44 )

އަބްދުﷲ ޖާބިރުހަނިމާދޫ އެއަރޕޯޓް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
09 ނޮވެމްބަރު 2025

ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

09 ނޮވެމްބަރު 2025
ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި
31 އޮކްޓޯބަރު 2025

ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް

31 އޮކްޓޯބަރު 2025
ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް
13 އޮކްޓޯބަރު 2024

"މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ނުފަށާ، ރައްޔިތުން އެދުނު ކަންކަން އަދި ނުވޭ"

13 އޮކްޓޯބަރު 2024
"މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ނުފަށާ، ރައްޔިތުން އެދުނު ކަންކަން އަދި ނުވޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު