Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސ ހުޅުދޫ ބަނދަރު

ސ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 93 އިންސައްތަ ނިންމާލައިފި

މި މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.3 މިލިއަން ރުފިޔާއަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2022 | އާދީއްތަ 07:16
މި މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.3 މިލިއަން ރުފިޔާއަށް

މި މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.3 މިލިއަން ރުފިޔާއަށް

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 93 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 742 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެ އިތުރުން 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތް 2020 ވަނަ އަހަރު ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.3 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއު ފެށުމުގެ ކުރިން އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރިކަމުގެ ލިޔުމާ ޚިލާފަށް މަސައްކަތްކުރަމުން އަންނާތީ، ހުޅުދޫ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތެއް ހުއްޓާލުމަށް އީޕީއޭއިން މީގެ ކުރިން އެންގިއެވެ. ނަމަވެސް އެމްޓީސީސީން މިވަނީ އެ މަސައްކަތް މިހާރު އަނެއްކާވެސް ކުރިއަށްދާކަން ހާމަކޮށްފައެވެ.

ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، ހާބަރ-ބްރިޖްގެ ކޮލަމްގެ މަސައްކަތްތައް ވަނީ ނިމިފައިކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުޅުދޫއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
25 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލްގައި އޮންނަން ފޭދޫ އިން ނިންމިއިރު، މީދޫ އާއި ހުޅުދޫ އިން ނިންމީ ވަކި ކައުންސިލެއް އޮންނަން

25 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލްގައި އޮންނަން ފޭދޫ އިން ނިންމިއިރު، މީދޫ އާއި ހުޅުދޫ އިން ނިންމީ ވަކި ކައުންސިލެއް އޮންނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު