Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"އޮޕްޓިމަސް" ރޮބޮޓް

ރޮބޮޓް "އޮޕްޓިމަސް" ކިހާ ވަރަކުން ދާނެބާ؟

މަސްކު ބުނާ ގޮތުގައި އޮޕްޓިމަސް ފަދަ ރޮބޮޓްތަކަކީ ފޫހި ވަޒީފާތަކާއި ނުރައްކާ ބޮޑު ވަޒީފާތައް އަދާ ކުރާނެ ރޮބޮޓްތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2022 | އާދީއްތަ 06:55
އިންސާނެއްގެ ސޫރަ އަސްލަކަށް ބަލައިގެން، އިންސާނުން ކޮށް އުޅޭ ކަންކަން އެކަހަލަ ގޮތަކަށް ކުރާ ފަދަ ރޮބޮޓް އުފައްދާނެ ކަމަށް މަސްކު އިއުލާން ކުރީ 2021 ވަނަ އަހަރު

އިންސާނެއްގެ ސޫރަ އަސްލަކަށް ބަލައިގެން، އިންސާނުން ކޮށް އުޅޭ ކަންކަން އެކަހަލަ ގޮތަކަށް ކުރާ ފަދަ ރޮބޮޓް އުފައްދާނެ ކަމަށް މަސްކު އިއުލާން ކުރީ 2021 ވަނަ އަހަރު

ދުނިޔޭގެ އެންމެ މުއްސަނދި، މަހުޖަނުގެ މަޤާމުގައި މިވަގުތު ހުރި އީލޯން މަސްކުގެ ޓެސްލާ ކުންފުނިން، އިންސާނެއްގެ ސޫރަ އަސްލަކަށް ބަލައިގެން ފަރުމާ ކުރި "އޮޕްޓިމަސް" ރޮބޮޓް ދައްކާލައިފިއެވެ.

މަސްކު ބުނާ ގޮތުގައި ރޮބޮޓް ވިޔަފާރިއަކީ، އޭނާގެ ކުންފުނީގެ ކާރު ވިޔަފާރިއަށް ވުރެ އަގު ހުރި ވިޔަފާރިއަކަށް ވާނެއެވެ. ޑްރައިވަރަކާ ނުލާ، އޭގެ ޒާތުގައި އަމިއްލަށް ދުއްވޭ ކާރުތައް، ޒަމާނީ ފެންވަރަށް އުފެއްދުމަކީ ތަކުރާރުކޮށް މަސްކު ވަމުންދާ ވަޢުދެކެވެ. ނަމަވެސް އެ ވަޢުދުތައް އަދި ވަނީ މުޅިން ފުދޭ ގޮތް ނުވެފައެވެ.

ޓެސްލާ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގެ ބައިވެރިންނަށް "އޮޕްޓިމަސް" ރޮބޮޓް ވަނީ ދައްކާލާފައެވެ. އެގޮތުން ސްޓޭޖް މަތީގައި އޮޕްޓިމަސް ވަނީ ކޮޅުކޮޅަށް ހިނގާ، ބައިވެރިންނަށް ހަނާ އަޅާ ހަދާފައެވެ. ފޮށިގަނޑެއް އުފުލައިގެން ހިނގުމުގެ އިތުރުން، ގަސްތަކަށް ފެން ދިނުމާއި ދަގަނޑުތަކެއް އުފުލާ ހަދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އިވެންޓްގައި ވަނީ ދައްކާލާފައެވެ.

އިންސާނެއްގެ ސޫރަ އަސްލަކަށް ބަލައިގެން މިހާތަނަށް އުފައްދާފައިވާ އެހެން ރޮބޮޓްތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން މަސްކު ބުނީ އެ ރޮބޮޓްތަކުގައި "ސިކުނޑިއެއް" ނުހުންނަ ކަމަށެވެ. އަދި އެއީ އަމިއްލަ ޒާތުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމުގެ ތޫނުފިލިކަން ލިބިގެންވާ ރޮބޮޓްތަކެއް ނޫން ކަމަށާ، އެއީ އިންތިހާ އަގު ބޮޑު، އަދި އުފައްދަ ނިސްބަތްވެސް އިންތިހާއަށް މަދު ރޮބޮޓްތަކެއް ކަމަށެވެ.

އެއާ ޚިލާފަށް، އޮޕްޓިމަސްއަކީ "ނުހަނު ޤާބިލު ރޮބޮޓް" އެއް ކަމަށާ، އޮޕްޓިމަސްގެ ގިނަ ޢަދަދެއްގެ ޔުނިޓްތަކެއް އުފައްދާނެ ކަމަށާ، ހަމަ އެއާއެކު، އޮޕްޓިމަސްގެ އަގު، ކާރެއްގެ އަގަށް ވުރެ ހެޔޮ ވާނެ ކަންވެސް މަސްކު ވަނީ ފާހަގަ ކޮށްފައެވެ.

މަސްކުގެ އާ އުފެއްދުންތައް ދައްކާލުމަށް ކުރިއަށް ގެންދާ އިވެންޓްތަކަށް އެކި ފަހަރު ލިބެނީ އެކި ކަހަލަ ތަރުހީބެވެ. އާންމު ގޮތެއްގައި ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، އަލަށް އުފެއްދި ކާރަކަށް ދަގަނޑު ބޯޅައެއް އެއްލައިގެން ކުރި ޓެސްޓުގައި، ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ހާދިޘާ ހަނދާން ނައްތާލެވޭކަށް ނެތެވެ.

ރޮބޮޓް ޓެސްޓު ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ، އުއްމީދު ކޮށްގެން ނުހުންނަ ހާލަތެއް މެދުވެރިވުމުން ރޮބޮޓް މަސައްކަތް ކުރާ ގޮތެވެ. 

އިންސާނެއްގެ ސޫރަ އަސްލަކަށް ބަލައިގެން، އިންސާނުން ކޮށް އުޅޭ ކަންކަން އެކަހަލަ ގޮތަކަށް ކުރާ ފަދަ ރޮބޮޓް އުފައްދާނެ ކަމަށް މަސްކު އިއުލާން ކުރީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ޓެސްލާ ކުންފުނީގެ އޭއައި ދުވަސް އާންމުކޮށް ފާހަގަ ކުރަނީ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް ވީ ނަމަވެސް، މި އަހަރުގެ އިވެންޓް ސެޕްޓެމްބަރު 30 ވަނަ ދުވަހަށް ފަސް ކުރީ އޮޕްޓިމަސްގެ ހަރަކާތްތައް އެންމެ ފައްކާ ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މަސްކު ބުނާ ގޮތުގައި އޮޕްޓިމަސް ފަދަ ރޮބޮޓްތަކަކީ ފޫހި ވަޒީފާތަކާއި ނުރައްކާ ބޮޑު ވަޒީފާތައް އަދާ ކުރާނެ ރޮބޮޓްތަކެކެވެ. އެގޮތުން ޓެސްލާ ކުންފުނީގެ ކާރު އުފައްދާ ކާރުޚާނާތަކުގައި އެއްތަނުން އަނެއް ތަނަށް އެކި ކަހަލަ ބައިތައް އުފުލުމާއި، ބޯލްޓް ބާރު ކުރުން ކަހަލަ ވަޒީފާތައް އަދާ ކުރާނެ ކަމަށް މަސްކު ބުނެއެވެ.

މިއީ ރޮބޮޓުންގެ މުސްތަޤުބަލު ނޫން ކަމަށާ، ކުރިއަށް އޮތް ތަނުގައި، އާންމު ގެތަކުންވެސް ރޮބޮޓް ފެނިގެންދާނެ ކަމަށް މަސްކު ބުނެއެވެ. އެގޮތުން ރޭގަނޑު ކެއުން ތައްޔާރު ކޮށްދިނުމާއި، ގަސްގަހާ ގެއްސާއި ވިނަދަނޑުތައް ބެލެހެއްޓުމުގެ އިތުރުން އެކުވެރިއެއްގެ ގޮތުގައިވެސް ރޮބޮޓުން ހަރަކާތްތެރިވާ މަންޒަރު ފެނިގެންދާނެ ކަމަށް މަސްކު ބުނެއެވެ.

އޮޕްޓިމަސް ރޮބޮޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް، ރޮބޮޓް އަތަކާއެކު އައު އުންމީދެއް!

މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް، ރޮބޮޓް އަތަކާއެކު އައު އުންމީދެއް!

19 ޑިސެމްބަރު 2023
އޭޝިއާގައި ހުރި އެންމެ ދިގު ގަހުގެ ޢުމުރުން ކިހާ ދުވަހެއް ވެދާނެ؟

އޭޝިއާގައި ހުރި އެންމެ ދިގު ގަހުގެ ޢުމުރުން ކިހާ ދުވަހެއް ވެދާނެ؟

17 އޯގަސްޓު 2023
ޕާކިސްތާނުގެ "މިނީ ބްރެޒީލް" ގެ ޢުއްމީދު، ޙަޤީޤަތަކަށް ވެދާނެބާ؟

ޕާކިސްތާނުގެ "މިނީ ބްރެޒީލް" ގެ ޢުއްމީދު، ޙަޤީޤަތަކަށް ވެދާނެބާ؟

05 ޑިސެމްބަރު 2022
ޑޫޑްލްކޮށްގެން ކިހާ ހިސާބަކަށް ދެވިދާނެ؟

ޑޫޑްލްކޮށްގެން ކިހާ ހިސާބަކަށް ދެވިދާނެ؟

19 އޯގަސްޓު 2022
"ފެހި ކޮންކްރީޓް" ހަކަތައިގެ ހޭދައަށް ލުޔެއް ލިބިދާނެބާ؟

"ފެހި ކޮންކްރީޓް" ހަކަތައިގެ ހޭދައަށް ލުޔެއް ލިބިދާނެބާ؟

26 ޖޫން 2022

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު