Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު

80 އިންސައްތަ ކަސްޓަމަރުން ޚިދުމަތް ހޯދަނީ ތަނަކަށް ނުގޮސް: ދިރާގު

1 އޮކްޓޯބަރު 2022 | ހޮނިހިރު 16:59

ދިރާގުން އަންނަނީ އެ ކުންފުނީގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އޮކްޓޯބަރު 2022 | ހޮނިހިރު 16:59
ދިރާގުގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ

ދިރާގުގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ

ދިރާގުގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ލިބޭނެގޮތް ހަދަމުން އަންނަ ކަމަށާއި އެގޮތުން، މިހާރު އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ތަނަކަށް ނުގޮސް ޚިދުމަތް ހޯދާ ކަސްޓަމަރުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ ވިދާޅުވީ ކަސްޓަމަރުން ބޭނުންވަނީ މާބޮޑު ތަކުލީފެއް ނުއުފުލައި ޚިދުމަތް ލިބޭ ގޮތެއް ކަމަށާއި ދިރާގުން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން، ދިރާގުގެ ގާތްގަނޑަކަށް 80 އިންސައްތަ ކަސްޓަމަރުން ޚިދުމަތް ހޯދަނީ އިތުރު ތަނަކަށް ނުގޮސް ކަމަށާއި އެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްއޫދު ވިދާޅުވީ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ކެނޑިނޭޅި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަހަރު ސޮއި ކުރެވުނު ސީމީވީ 6 ސަބްމެރިން ކޭބަލް އެއްބަސްވުމުގެ ދަށުން އެ ކޭބަލާ ރާއްޖެ ގުޅުވާލުމުން ދިރާގުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި މި ސަބްމެރިން ކޭބަލަކީ ދުނިޔޭގެ 13 ގްލޯބަލް ޓެލެކޮމް އަދި ޓެކް ކުންފުންޏަކާ ސީދާ ގުޅުވާދޭނެ ކޭބަލެކެވެ. މި އަހަރު ކުރީކޮޅު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އެ ކޭބަލުގެ ޒަރީއާއިން ދެކުނު އޭޝިއާ އާއި ޔޫރަޕު ސަރަހައްދުގައި ހިމެނޭ އެ ކުންފުނިތަކުގެ މައި އިންޓަރނެޓު އެކްސްޗޭންޖު ޕޮއިންޓުތަކަށާއި ޑޭޓާ ސެންޓަރުތަކަށް އެކްސެސް ވެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން ރާއްޖެއާ ގުޅާދޭން މަސައްކަތް ކުރާ ސަބްމެރިން ކޭބަލްއަކީ 19،200 ކިލޯމީޓަރުގެ ކޭބަލެއް ކަމަށެވެ. މި ކޭބަލްގެ ޒަރީއާއިން ދެކުނު އިރުމަތީ އޭޝިއާ އާއި ޔޫރަޕްއާއި ހުޅަނގުގެ 11 ގައުމެއްގެ ގްލޯބަލް ހަބުތަކާ ރާއްޖެ ގުޅުވައިދޭނެއެވެ.

ދިރާގުން ވަނީ މި މަސައްކަތް ފެށުމަށް ބޭނުންވާ ލޭންޑިންގ ސްޓޭޝަން އެޅުމަށް ހުޅުމާލެއިން ބިމެއް ވެސް ހޯދައިފައެވެ. ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް އަޅާ މި ކޭބަލް ސިސްޓަމްގެ މަސައްކަތް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.

މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމަންޓް އެކެވެ. ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަރނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން ފައިވް-ޖީ ފަދަ އަލަށް ތައާރަފުވާ ޓެކްނޮލޮޖީތަކާއި އާރޓިފިޝަލް އިންޓެލިޖެންސްއާއި އޭއާރުގެ ކުރިއެރުންތައް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

ދިރާގު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް