Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ދެން ބޭނުންވަނީ އާރުޓީއެލްގެ އެއަރލައިނެއް؟

އެއަލަރިނެއް އުފައްދަން އަދި އެމްޓީސީސީން ނުވިސްނާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2022 | ހޮނިހިރު 11:33
އާރުޓީއެލްގެ އެއަރލައިނެއް ތައާރަފު ކުރުމަށް އެދި މީހަކު ހަދާފައިވާ ޑިޒައިނެއް

އާރުޓީއެލްގެ އެއަރލައިނެއް ތައާރަފު ކުރުމަށް އެދި މީހަކު ހަދާފައިވާ ޑިޒައިނެއް

ދަތުރުފަތުރުގެ ލުއިތައް ހޯދައިދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ޚިދުމަތް ވެގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ޚިދުމަތަކަށެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންއަންނައިރު މިހާތަނަށް އާރުޓީއެލްގެ ދަށުން ދޭން ފަށާފައިވަނީ ބަހުގެ ޚިދުމަތާއި ހައި ސްޕީޑް ފެރީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ފެށި ފަހުން ލޯންޗް ފެރީ އާއި ބަހުގައި ދަތުރުފަތުރު ކުރުމުގައި ހުރި ފަސޭހަ ކަމާއި އެ ޚިދުމަތުގެ ފުރިހަމަ ވާހަކަ ނުދައްކާ މީހަކު ނެތެވެ.

އާރުޓީއެލް ވެގެންދިޔައީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޚިދުމަތަކަށެވެ. ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ބިން ބޮޑު ރަށްތަކުގައި ފަސޭހަ ކަމާއެކު ދަތުރުފަތުރުކޮށް އުޅެވޭ ގޮތެއް ހޯދައިދޭން ކޮންމެ ސަރުކާރެއްގައި ވެސް ރައްޔިތުން އައީ އެދެމުންނެވެ. ނަމަވެސް މިއަހަރާ ހަމައަށް އެކަން ވެފައި އޮތީ ނާދިރު ކަމަކަށެވެ. މިއަހަރު ފެށި އާރުޓީއެލްގެ ޚިދުމަތާއެކު ކުޑަ އަގެއްގައި ވެސް ދަތުރުފަތުރު ކުރެވޭނެ ކަން ރައްޔިތުންނަށް މިވަނީ ހާމަކޮށްދީފައެވެ.

މިއަދު އާރުޓީއެލްގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ހޯދާ ކޮންމެ މީހަކު ވެސް ދައްކަނީ އެ ފެރީތަކުގައި ދަތުރު ކުރަން ފަސޭހަ ވާހަކައެވެ. ކުޑަ އަގުގައި ލަގްޒަރީ ޚިދުމަތެއް ލިބޭ ވާހަކައެެވެ. ކުރިން 3000 ރުފިޔާ ޚަރަދު ކުރަން ޖެހުނު ދަތުރުތަކަށް މިހާރު 300 އަށްވުރެ ކުޑަ އަގެއް ޚަރަދު ކުރަން ޖެހުމުން ޖީބަށް ލުއިވެފައިވާ ވާހަކައެވެ. އާރުޓީއެލް ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުންވެސް ދައްކަނީ ހަމަ މިވާހަކަތަކެވެ. ބަހުގެ ފެންވަރު ރަނގަޅު ވާހަކައެވެ. ކުރިން 25 ރުފިޔާ ދީފައި ކުރި ދަތުރަށް މިއަދު 10 ރުފިޔާއަށްވުރެ ކުޑަ އަގެއް ކުރެވޭ ވާހަކައެވެ.

މި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން މިހާރު ދިވެހިން އެދެނީ މިހާރު ރާއްޖޭގައި ދަތުރުފަތުރުގެ ދާއިރާއިން އަގުބޮޑުކަމަށް ބެލެވޭ ޚިދުމަތް ކަމަށްވާ އެއަރލައިންގެ ޚިދުމަތް ވެސް އާރުޓީއެލްގެ ދަށުން ފެށުމަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ޚިޔާލު ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ވަނީ މި ޚިދުމަތް ފެށުމަށް އެދި އެ ޚިދުމަތުގައި އާރުޓީއެލްގެ އެއަރލައިނެއް އުފައްދާނަމަ އެ ފްލައިޓުތަކުގެ ބޭރު ހުންނާނެ ގޮތުގެ އަރޓްވޯކެއް ވެސް ހިއްސާ ކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އާރުޓީއެލް އިން އެއަރލައިނުގެ ޚިދުމަތް ރާއްޖޭގައި ފަށައިފިނަމަ މިހާރު އަގުތައް ހުރި ވަރަށްވުރެ ކުޑަކުރެވޭނެއެވެ. އެއީ އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކަކީ ވެސް އަގު ކުޑަނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް ކަމަށް ގަބޫލުކޮށްގެން ތިއްބާ އެ ޚިދުމަތްތައް ހެޔޮ އަގެއްގައި ދޭން ފެށުމުންނެވެ. އަދި އަގާ އެކު ޚިދުމަތުގެ ފެންވަރުވެސް ފުރިހަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏަކަށްވާތީ ޕޮލިސީގައިވާ ގޮތުން އެއަރލައިންގެ ޚިދުމަތް ދޭން އޮތީ ޤައުމީ އެއަރލައިނަށް ކަމަށެވެ. އަދި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކަނޑާއި އެއްގަމު ދަތުރުފަތުރުގެ މަސައްކަތް ކަމުން އެ ކުންފުނީގެ މިހާރު ވިސްނުން ހުރީ އެ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ޕަބްލިކް ކުންފުންޏަކަށްވާއިރު އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހިއްސާދާރުން ބޭނުންވާ ކަމަށާއި އެހެންވެ ޕޮލިސީއަށް އަންނަ ބަދަލުތަކާއެކު އިތުރު ޚިދުމަތްތައް ވެސް އެ ކުންފުނިން ދޭން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އާރުޓީއެލް ޚިދުމަތް ތައާރަފު ކުރުމުގެ މަގުސަދަކަށްވެސް ވީ ރައްޔިތުން ބޭނުންވާ ދަތުރުފަތުރުގެ ޚިދުމަތް ދެވެން އޮތް އެންމެ ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މިހާރު ހއ. ހދ. އަދި ށ. އަތޮޅުގައ ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާފައިވާއިރު އެމްޓީސީސީން މި ދަތުރުތަކުގައި ބޭނުން ކުރަނީ އެންމެ ޒަމާނީ ފެންވަރުގެ ލޯންޗު ފެރީއެވެ. މި ފެރީތައް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު އަރައި ފޭބޭގޮތަށެވެ.

މި ފެރީގައި ދަތުރު ކުރާ ފަރާތްތަކުން އެ ދަތުރުތައް ސިފަ ކުރަނީ "ފަރސްޓް ކްލާސް" ދަތުރުތައް ގޮތަށެވެ.

އާރުޓީއެލް ހައި ސްޕީޑް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ހަލުވި ކަމާއެކު އެމްޓީސީސީން ކުރަމުން އަންނައިރު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.

އާރްޓީއެލް ފީޗަރ ރިޕޯޓްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު