Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދު

އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާނަމަ ހޮނިހިރު ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ

ފުލުހުން ވަނީ ނަންބަރު ބޯޑުތައް ބަދަލުކުރަން ދެ ހަފުތާގެ މުއްދަތެއް ދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2022 | ހުކުރު 08:53
މަގެއްގައި ވެހިކަލްތައް ޕާކުކޮށްފައި

މަގެއްގައި ވެހިކަލްތައް ޕާކުކޮށްފައި

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު ޤަވާއިދާ އެއްގޮތަށް ރަނގަޅު ނުކުރާ ފަރާތްތަކާމެދު ހޮނިހިރު ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ނަންބަރު ބޯޑު ރަނގަޅު ކުރުމަށް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި 1 އޮކްޓޯބަރުން ފެށިގެން ނަންބަރު ބޯޑުތައް ބަދަލު ނުކުރާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނީ އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދާ އެއްގޮތަށް ބަހައްޓަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވަނިކޮށެވެ. އެ މިނިސްޓްރީން 19 ސެޕްޓެމްބަރު 2022 ގައި ނެރުނު އިއުލާނުގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ “އެއްގަމު ދަތުރު ފަތުރު ގާނޫނު” ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ގަވާއިދު “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު” ގައި ބުނެފައިވާ ގޮތަށް ނޫން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ އުޅަނދުތަކުގެ ނަންބަރު ބޯޑު އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ބޭނުން ކުރުމަށް ވަނީ އަންގާފައެވެ.

“އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު”ގައި ބުނެފައިވާ ގޮތުގައި ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ޖެހޭނީ “އޭރިއަލް ބޯލްޑް” ފޮންޓުން ކަމަށެވެ. އަދި އަކުރުތަކުގެ ސައިޒު ހުންނަންވާނީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ކަމަށާއި މިއާއި ޚިލާފަށް ނަންބަރު ބޯޑުގެ އަކުރުތައް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާ ނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީވެސް މަނާކަމެކެވެ. އަދި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މި ގަވާއިދުގައި ބުނާގޮތުން މަނާކަމެކެވެ.

ގަވާއިދުގައި އިތުރަށް ބުނެފައި ވަނީ ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދު ފަހަރުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުން ކަމަށެވެ. އަދި ކޮޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ހުންނަން ޖެހޭއިރު މިދެބާވަތުގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.

މި ގަވާއިދާ އެއްގޮތަށް ނަންބަރު ބޯޑުތައް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާއިރު ފުލުހުން ވަނީ އެ ބަދަލު ގެންނަން ދެ ހަފުތާގެ މުއްދަތެއް ދީފައެވެ. މި މުއްދަތުގައި ނަންބަރު ބޯޑުތައް ގަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް ފާހަގަކޮށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމޯލްޑިވްސް ޕޮލިސް ސަރވިސްވެހިކަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު